އެމްޑީޕީ ކޮންގްރެސް: އިސްލާހުތައް ހުށަހެޅުމާއި ވޯޓުލުމުގެ ސެޝަންތައް ފެށިއްޖެ

Oct 3, 2026, 9:26 AM
އެމްޑީޕީ ކޮންގްރެސް އޮކްޓޯބަރު 3، 2026 -- ފޮޓޯ: އަދަދު

އެމްޑީޕީ ކޮންގްރެސް އޮކްޓޯބަރު 3، 2026 -- ފޮޓޯ: އަދަދު

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސްގައި، ޕާޓީގެ ކަންކަން ފާސް ކުރުމާއި އަސާސީ ގަވާއިދު އިސްލާހު ކުރުމާއި ވޯޓުލުމުގެ ސެޝަން މިއަދު ފަށައިފި އެވެ. 

މިއީ އެމްޑީޕީ ކޮންގްރެސްގެ ތިން ވަނަ ދުވަހެވެ. މިއަދުގެ ފުރަތަމަ ސެޝަނުގައި އޮތީ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމާއި އިސްލާހުތަކަށް ބަހުސަށް ހުށަހެޅުމެވެ. 

މިއަދުގެ ދެ ވަނަ ސެޝަނުގައި އޮތީ ބޮޑު ބަދަލުގެ ގަރާރު ހުށަހެޅުމާއި ގަރާރަށް ބަހުސަށް ހުށަހެޅުމެވެ. އަދި ތިން ވަނަ ސެޝަނުގައި އޮންނާނީ ލާމަރުކަޒީ ގަރާރު ހުށަހެޅުމާއި އެ ގަރާރަށް ބަހުސް ކުރުމެވެ. 

އެ ތިން ސެޝަނަށް ފަހު އޮންނާނީ ވޯޓަށް އެހުމެވެ. އޭގެ ފަހުން އިންވެސްޓް ފޯރަމުން ހޯދުނު އިންވެސްޓްމަންޓް އެގްރިމެންޓުތަކުގައި ވޯޓަށް އެހުމަށްފަހު ރޭގަނޑު އޮންނާނީ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތެވެ. 

ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހަޅާފައިވާ ބައެއް އިސްލާހުތަކުގެ ތެރޭގައި ރައީސް އާއި ނައިބު ރައީސްގެ މަގާމު އުވާލައި، ޕާޓީގެ އެންމެ އިސް މަގާމަކީ ޗެއާޕާސަންއަށް ހެދުން ހިމެނެ އެވެ. 

ދެން އެންމެ ބޮޑު ކަމަކަށް އޮންނާނީ ބޮޑު ބަދަލު ގަރާރަށް ވޯޓަށް އެހުމެވެ. ބޮޑު ބަދަލު ގަރާރަކީ ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމް ބަދަލު ކުރަން މަސައްކަތް ކުރާނެ މެނިފެސްޓޯއެކެވެ. އެ މެނިފެސްޓޯ ހުށަހެޅުއްވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ. 

އޭގެ އިތުރުން، އިއްޔެ ބޭއްވި އިންވެސްޓް ފޯރަމަކީ ސިޔާސީ ޕާޓީއަކުން ބޭއްވި އެފަދަ ފުރަތަމަ ފޯރަމެވެ. އެ ފޯރަމުގައި ރަށްރަށުން ވަނީ ބިޒްނަސް ޕްރޮޕޯސަލްތަކެއް ހުށަހަޅައިފަ އެވެ. އެއިން ބައެއް ޕްރޮޕޯސަލްތަކަށް އިންވެސްޓަރުން ލިބޭނެ ކަމަށް ބެލެވެ އެވެ. 

އެމްޑީޕީގެ ކޮންގްރެސް މިއަދު ފެށީ 368 މަންދޫބުންނާއެކު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox