ޔަޒްމީދަށް އިންޓަވިއުއިން ލިބުނީ ތިން ވަނަ، އޭނާ އައްޔަން ކުރަން ރައީސް އޮފީހުން ނުފޫޒު ފޯރުވި

ޕެންޝަން އޮފީހުގެ ސީއީއޯ، ޔަޒްމީދު މުހައްމަދު: ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގައި ޖޭއެސްސީ މެންބަރެއްގެ ގޮތުގައި އޭނާ އިސްދައުރެއް އަދާކުރި -- ޕެންޝަން އޮފީސް

ޕެންޝަން އޮފީހުގެ ސީއީއޯ، ޔަޒްމީދު މުހައްމަދު: ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގައި ޖޭއެސްސީ މެންބަރެއްގެ ގޮތުގައި އޭނާ އިސްދައުރެއް އަދާކުރި -- ޕެންޝަން އޮފީސް

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށް ކުރިއަށް ގެންދިޔަ އިންޓަވިއުއިން އެއްވަނަ ލިބުނީ އެ މަގާމަށް އައްޔަނުކުރި ޔަޒްމީދު މުހައްމަދުއަށް ނޫންކަން އެނގިއްޖެ އެވެ.

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށް ކުރިއަށް ގެންދިޔަ އިންޓަވިއުއިން އެއްވަނަ ލިބުނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންކަމަށް މި ސަރުކާރުން ހަމަޖެއްސުމަށްފަހު، ފަހުން ވަކިކުރި އަހުމަދު ޒުހޫރުއަށް ކަމަށް އިތުބާރުހިފޭ މަސްދަރުތަކުން އަދަދު އަށް ކަށަވަރުކޮށްދިނެވެ.

އެނގިފައިވާ ގޮތުގައި ޔަޒްމީދަށް އިންޓަވިއުއިން ލިބުނީ ތިން ވަނަ އެވެ. އޭނާއަކީ ފަންޑެއް ހިންގުމުގެ ތަޖުރިބާ އާއި މާލީ ދާއިރާގެ ބޮޑު ތަޖުރިބާއެއް ނެތި އެ މަގާމަށް އައި ފުރަތަމަ ބޭފުޅާ އެވެ. 

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އިންޓަވިއުއިން އެއް ވަނަ ލިބުނު ޒުހޫރު އައްޔަނުކުރުމުގެ ބަދަލުގައި، ޕީއެންސީ ޓިކެޓުގައި މަޖިލީހަށް ވާދަކުރި ޔަޒްމީދު މުހައްމަދު އައްޔަނުކުރަން ޕެންޝަން ބޯޑުން ނިންމީ ރައީސް އޮފީހުން ނުފޫޒު ފޯރުވައިގެން ކަމަށް އެ މަސްދަރުތަކުން ބުންޏެވެ.

"އެއްވަނަ ލިބުނީ ޔަޒްމީދުއަކަށް ނޫން، ޒުހޫރުއަށް. ޔަޒްމީދުއަށް ދިނީ ރައީސް އޮފީހުން ޕްރެޝަރުކޮށްގެން،" ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހަށް މައުލޫމާތު ދިން ކަމުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް، ޕީއެންސީ ޓިކެޓުގައި މަޖިލީހަށް ވާދަކުރި ޔަޒްމީދު އައްޔަނުކޮށްފި

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް، ޖޭއެސްސީގެ ކުރީގެ ނައިބު ރައީސް ޔަޒްމީދު މުހައްމަދު ފަސް އަހަރުގެ މުއްދަތަކަށް އައްޔަނުކޮށްފިއެވެ. އަންނަ އާދީއްތަ ދުވަހު މަގާމާ ހަވާލުވެވަޑައިގަންނަވާ ޔަޒްމީދަކީ މީގެ ކުރިން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތުތަކެއް ކުރެވިފައިވާ ބޭފުޅެކެވެ.

ޒުހޫރަކީ މިނިސްޓަރުކަމާއި ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ކަމުގެ އިތުރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ޕީޕީއެމްގެ ކުރީ ސަރުކާރުގައި ވެސް ގިނަ މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ.

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމާ ޔަޒްމީދު ހަވާލުވާނީ އަންނަ އާދީއްތަ ދުވަހު އެވެ. ޕެންޝަން ބޯޑުން އޭނާ އެ މަގާމަށް އައްޔަނުކުރަން ނިންމީ ފަސް އަހަރުދުވަހުގެ މުއްދަތަކަށެވެ.

ޔަޒްމީދު މީގެ ކުރިން ހުރީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްގެ މަގާމުގަ އެވެ. އެ މަގާމުގައި އޭނާ ހުރިއިރު، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުތަކެއް އޭނާގެ މައްޗަށް ކުރެވުނެވެ.

އެގޮތުން، ކ. މާފުށީ ކޯޓުގައި ހިނގި މުއްދަތުގެ މަޖިލީހަކާއި، ފެމިލީ ކޯޓުގައި މި އަހަރު ހިނގި މައްސަލައަކާއި، ގއ. ވިލިނގިލީ މެޖިސްޓްރޭޓު ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅޭ ގޮތުން ފަނޑިޔާރުންނަށް ގުޅައި "މަތިން އަންގައިގެން" ކަމަށް ބުނެ ވަކި ގޮތަކަށް އަމަލުކުރަން އެދިފައިވާ ކަމަށް އަދަދު ނޫހާ މައުލޫމާތު ހިއްސާކުރި މަސްދަރުތަކުން މީގެ ކުރިން މައުލޫމާތު ދީފަ އެވެ.

ޖޭއެސްސީއަށް މުއިއްޒު ކަނޑައަޅާފައި ހުންނެވި މެންބަރު ޔަޒްމީދު އިސްތިއުފާ ދީފި

ޖޭއެސްސީގެ ނައިބު ރައީސް ޔަޒްމީދު މުހައްމަދު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، އޭނާ އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ޔަޒްމީދުގެ މައްޗަށް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުތަކެއް ކުރެވިފައިވާއިރު، އޭނާ އެ މަގާމަށް އައްޔަނުކުރެއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ޔަޒްމީދު މުހައްމަދު ޖޭއެސްސީގެ މެންބަރުކަމަށް އައްޔަނުކުރީ ފެބްރުއަރީ 23، 2025، ގަ އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައި ހުންނެވި ގާނޫނީ ވަކީލު މުހައްމަދު ސަމީރު އެ މަގާމުން ވަކިކުރުމަށްފަހު އެވެ.

ފަނޑިޔާރުގޭގެ ކަންކަން މަތިކޮށްފައިވާ ޖޭއެސްސީގެ ނައިބު ރައީސްކަން ޔަޒްމީދުއަށް ލިބުނީ ނައިބު ރައީސްކަމުގައި ހުންނެވި ހައިކޯޓުގެ ފަނޑިޔާރު، މުހައްމަދު ނިޔާޒު އިސްތިއުފާ ދެއްވުމުންނެވެ.

ޔަޒްމީދު އެ ކޮމިޝަނަށް އައްޔަނުކުރީ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅޭ ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނިކޮށެވެ. 

އެ މައްސަލަ ބަލަދަމުން ދަނިކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށް މަގާމުން ވަކިކުރުމަށް ޖޭއެސްސީން ހިންގި ޣައިރު ގާނޫނީ ތަހުގީގު ކޮމިޓީގައި ވެސް ޔަޒްމީދު އިސް ދައުރެއް އަދާކުރެއްވި އެވެ. 

ޖޭއެސްސީގެ ނައިބުރައީސްކަމުން އޭނާ އިސްތިއުފާދެއްވީ މެއި 18، ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox