ޑްރޮޕް-ނީ ޑިވިޝަންގައި ކުޑަ އައްޔަ ދުނިޔޭގެ 12 ވަނަ އަށް

Sep 21, 2022, 9:10 AM
ޑްރޮޕް-ނީ ޑިވިޝަންގައި ކުޑަ އައްޔަ ދުނިޔޭގެ 12 ވަނަ އަށް

އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ދުނިޔޭގެ ރޭންކިންގައި ޑްރޮޕް-ނީ ކެޓަގަރީގެ މި އަހަރު 12 ވަނަ ބޮޑީބޯޑަރުގެ މަގާމު ރާއްޖޭގެ އެއް ވަނަ ބޮޑީބޯޑަރު އަލީ ހުޝްރުވާން (ކުޑަ އައްޔަ) އަށް ލިބިއްޖެ އެވެ.

އިއްޔެ ނެރުނު ރޭންކިންގައި ކުޑަ އައްޔަ ދުނިޔޭގެ 12 ވަނައިގައި އޮތްއިރު، އެއީ މި އަހަރަށް ފައިނަލް ރޭންކިން އެވެ. މިއީ ރާއްޖޭގެ ގިނަ މުބާރާތްތަކުގެ ޗެމްޕިއަންކަން ހޯދާފައިވާ ކުޑަ އައްޔަގެ ދިގު ކެރިއަރުގައި ހާއްސަ ކާމިޔާބީ އެކެވެ. އަދި ރާއްޖޭގެ ކުޅިވަރުގައި ވެސް އެ ކާމިޔާބީ ފާހަގަކުރަން ޖެހެ އެވެ.

ކުޑަ އައްޔަ އަށް ދުނިޔޭގެ ރޭންކިންގެ މި ވަރުގެ ބޮޑު ކުރިއެރުމެއް ލިބިފައިމިވަނީ މިދިޔަ މަހު މާލޭގައި ކުރިއަށްދިޔަ އައިބީސީ ވިޒިޓް މޯލްޑިވްސް ޕްރޯ 2022 މުބާރާތުގައި ސެމީ ފައިނަލުގައި ވާދަކޮށްގެންނެވެ. ކުޑަ އައްޔަ އަކީ ރާއްޖޭގެ ތާރީހުގައި ވެސް އައިބީސީ މުބާރާތެއްގެ ސީނިއާ ކެޓަގަރީގެ ގަދަ ހަތަރެއްގައި ހިމެނުނު ފުރަތަމަ ބޮޑީބޯޑަރެވެ.

Advertisement

މޯލްޑިވްސް ޕްރޯގައި ކުޑަ އައްޔަ ވަނީ އޭރު ދުނިޔޭގެ ދެ ވަނައިގައި އޮތް ޓަނާ މެކްޑެނިއަލް ވެސް ބަލިކޮށްފަ އެވެ.

މި އަހަރުގެ އައިބީސީ ޓުއާގައި ޑްރޮޕް-ނީ ޑިވިޝަން ނިމުނުއިރު، ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތީ 4000 ޕޮއިންޓާ އެކު ހަވާއީގެ ޑޭވް ހުބާޑް އެވެ. މިއީ އޭނާ އަށް ދުނިޔޭގެ ޗެމްޕިއަންކަން ލިބުނު ނުވަ ވަނަ ފަހަރެވެ. އޭނާ އެ ކާމިޔާބީ ހޯދީ މި މަހު ޕޯޗުގަލްގެ ސިންޓްރާގައި ކުރިއަށްދިޔަ އައިބީސީ ސިންޓްރާ ޕްރޯގެ ޑްރޮޕް-ނީ ޗެމްޕިއަންކަން ހޯދައިގެންނެވެ.

ދެ ވަަނައިގައި އޮތް ފްރާންސްގެ އަމައުރީ ލެވާން އަށް 3720 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި ދެ ބޮޑީބޯޑަރަކު އެބައޮތެވެ. އެއީ 2680 ޕޮއިންޓް ހޯދާފައިވާ ދެކުނު އެފްރިކާގެ އައިން ކޭމްޕްބަލް އާއި ރީޔޫނިއަންގެ ފަބިއަން ތަޒާ އެވެ.

ފަސް ވަނައިގައި ހަވާއީގެ ސެމީ މޮރެޓީނޯ އަށް ވަނީ 2320 ޕޮއިންޓް ލިބިފަ އެވެ. ހަ ވަނައިގައި އޮތް އިޒްރޭލުގެ ހެން ހައީމް ވަތޫރީގެ 2070 ޕޮއިންޓް އޮތްއިރު، ހަތް ވަނައިގައި އޮތް ކަވިކާ ރޯރްކަމާއި އަށް 1860 ޕޮއިންޓް ވަނީ ލިބިފަ އެވެ. އަށް ވަނައިގައި އޮތް އެމެެރިކާގެ މެކް ކްރިލީގެ 1830 ޕޮއިންޓް އޮތްއިރު، ނުވަ ވަނައިގައި އޮތް ހަވާއީގެ ކެލެން ޔަމަސާކީ އާއި އެކުއެޑޯގެ ޖެރިކޯ ރޮސޭރޯ އަށް ވަނީ 1720 ޕޮއިންޓް ލިބިފަ އެވެ. އޭގެ ފަހަތުން، 12 ވަނައިގައި ރާއްޖޭގެ ކުޑަ އައްޔަ އޮތީ 1460 ޕޮއިންޓް ހޯދައިގެންނެވެ. ދެން ރޭންކް ކޮށްފައިވާ ހަވާއީގެ ޕޮހާކަކުއެެއާ ކެކައުއާލުއާ އަށް ވަނީ 1400 ޕޮއިންޓް ލިބިފަ އެވެ.

މި ފަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯ ފެށުމުގެ ކުރިން، ކުޑަ އައްޔަ ބުނީ މިއީ އޭނާގެ ކެރިއަރުގެ އެންމެ ބޮޑު ޗެލެންްޖް ކަމަށެެވެ. އެ ޗެލެންޖްގެ ދެ ޑިވިޝަނެއްގައި ވާދަކޮށް، ކުޑަ އައްޔަ ވަނީ ޑްރޮޕް-ނީ ޑިވިޝަންގެ ގަދަ ހަތަރަކުން ޖާގަ ހޯދައި، ކެރިއަރުގެ މުހިންމު ހިސާބަކަށް ވާސިލްވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox