ގައުމީ ތަރައްގީގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ނެކްސިއާއަށް ދިނީ 17.9 މިލިއަން ރުފިޔާއަށް

 20 އަހަރާ ހަދާ ގައުމީ ތަރައްގީގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ނެކްސިއާގެ މުވައްޒަފުން ސަރުކާރުގެ ވުޒާރާ އަކާއި ބައްދަލުކުރަނީ --- ފޮޓޯ: ނެކްސިއާ ފޭސްބުކް

20 އަހަރާ ހަދާ ގައުމީ ތަރައްގީގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ނެކްސިއާގެ މުވައްޒަފުން ސަރުކާރުގެ ވުޒާރާ އަކާއި ބައްދަލުކުރަނީ --- ފޮޓޯ: ނެކްސިއާ ފޭސްބުކް

ކުރިއަށް އޮތް 20 އަހަރަށް ހަދާ ގައުމީ ތަރައްގީގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ އަމަލީ މަސައްކަތް ނެކްސިއާ މޯލްޑިވްސް ކިޔާ ކުންފުންޏަކާ ހަވާލުކުރީ 17.9 މިލިއަން ރުފިޔާއަށް ކަން އެނގިއްޖެ އެވެ.

ނެކްސިއާ މޯލްޑިވްސްއަކީ އެޗްޑީއެފްސީގެ ކުރީގެ ބޯޑު މެންބަރު ހާމިދު ސޯދިގު އަދި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްގެ ކުރީގެ ބޯޑު ޑައިރެކްޓަރު ފަރީހާ ޝަރީފުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެކެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރި އަގު މިއަދާ ހަމައަށް ސަރުކާރުން އޮތީ ސިއްރުކޮށްފަ އެވެ.

މިކަން ހާމަވީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ގާނޫނީ ވަކީލު އަހުމަދު މައުރޫފް ހުށަހެޅުމުން ފިނޭންސުން ދިން ޓެންޑާ އެވޯޑު ލިޔުމުންނެވެ.

Advertisement

އެ ލިޔުމުގައިވާ ގޮތުން ނެކްސިއާއަށް މި މަސައްކަތް ހަވާލުކުރީ ޖޫން 25، ގަ އެވެ. އެ މަސައްކަތުގެ ޖުމްލަ އަދަދަކީ 17,940,096ރ. އެވެ. މަސައްކަތް ހަވާލުކުރީ އެއް އަހަރުގެ މުއްދަތަކަށެވެ.

ގައުމީ ތަރައްގީގެ މާސްޓާ ޕްލޭނެއް ހަަދާނެ ކަމަށް މުއިއްޒު އިއުލާން ކުރެއްވީ ސެޕްޓެމްބަރު 17، 2024، ގަ އެވެ. އެ ދުވަހު އެމަނިކުފާނު ވިދާޅުވީ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަވާނެ ކަމަށެވެ. މާސްޓާ ޕްލޭން ހެދުމަށް މުއިއްޒު ދެއްވި ތާރީހަށް އެ ޕްލޭން ހެދޭނެ ކަމަކަށް ނުފެނެ އެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެެރޭގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭ ގޮތަށް އަދި ހުރިހާ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އެކިއެކި ސްޓޭކް ހޯލްޑަރުންނާއި އެކިއެކި އެކްސްޕާޓުންނާއި ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް ވަރަށް ފުރިހަމަ ބައިވެރިވުމާއި މަޝްވަރާއާ އެކީ ގައުމީ ތަރައްގީގެ މާސްޓާ ޕްލޭނެއް ކުރިއަށް އޮތް 20 އަހަރު ދުވަހަށް އިރާދަކުރެއްވިއްޔާ ތަރައްގީ ކުރުމުގެ މަސައްކަތް މި ފަށަނީ،" ރައީސް ވިދާޅުވި އެވެ.

ގައުމީ ތަރައްގީގެ މާސްޓާ ޕްލޭނެއް ހަދާނެ ކަމަށް މުއިއްޒު އިއުލާނު ކުރެއްވި ނަމަވެސް އެ ޕްލޭނަށް މަޑުނުކޮށް މުއިއްޒު ދަނީ ވަރަށް ގިނަ ކަންކަން އިއުލާނު ކުރައްވަމުންނެވެ. އެ ޕްލޭނުގައި ނުހިމެނޭ އެންމެ ބޮޑު އެއް ކަމަކީ ފުށިދިއްގަރުފަޅު ހިއްކުމެވެ.

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox