ރައީސްގެ މާސްޓަޕްލޭން އެކުލަވާލުމުގެ މަސައްކަތް ފެށުމަށް އަންނަ ހަފުތާގައި އަގު ބޮޑު ހަފުލާއެއް

ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަނީ: މި މާސްޓާޕްލޭނަށް ގާނޫނީ ބާރުވެރިކަން ދޭނެ ކަމަށް ރައީސް ވިދާޅުވެފައިވޭ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަނީ: މި މާސްޓާޕްލޭނަށް ގާނޫނީ ބާރުވެރިކަން ދޭނެ ކަމަށް ރައީސް ވިދާޅުވެފައިވޭ -- ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް 20 އަހަރު ދުވަހަށް ތައްޔާރުކުރާ ގައުމީ މާސްޓަޕްލޭންގެ މަސައްކަތް ރަސްމީކޮށް ފެށުމަށް އަގު ބޮޑު ރަސްމިއްޔާތެއް އަންނަ ހަފުތާގައި ބާއްވަން ނިންމައިފި އެވެ.

މާލީ ދަތިކަން އިންތިހާއަށް ކުރިމަތިވެ، މުވައްޒަފުން މަދުކޮށް، މުސާރަތައް އުނިކުރަން ނިންމާފައިވާ ދަނޑިވަޅުގައި މާސްޓަޕްލޭން އެކުލަވާލުމުގެ ރަސްމިއްޔާތު ބާއްވަން ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާ ހަރަދުވާ ކަމަށް "އަދަދު" ނޫހަށް އެނގިފައިވެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ މާސްޓަޕްލޭންގެ މަސައްކަތް ރަސްމީކޮށް ފެށުން ކުލަގަދަ ގޮތެއްގައި ބާއްވަނީ ނޮވެމްބަރު 6 ވަނަ ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގައި ކަމަށެވެ. އިތުރު މައުލޫމާތެއް އެ މިނިސްޓްރީން އަދި ނުދެ އެވެ. ނަމަވެސް އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ ވެރިން ބައިވެރިވާ ކަމުގެ މައުލޫމާތު ލިބިފައި ވެ އެވެ.

Advertisement

ވިހި އަހަރު ދުވަހުގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާ މެދު ސެޕްޓެމްބަރު 16 ގައި ކެބިނެޓުގައި މަޝްވަރާކޮށް، އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކެއް އެކުލަވައިލި އެވެ. އެ ދުވަހު ކެބިނެޓުން ނިންމީ، މާސްޓަޕްލޭނާ ގުޅޭ އަމަލީ މަސައްކަތް ނޮވެންބަރު މަހު ފަށައި 12 މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި މަޝްރޫއުގެ މައި އިދާރާއަކަށް ހައުސިން މިނިސްޓްރީ ހަމަޖައްސާފައިވާއިރު، މަސައްކަތްތައް ކުރިއަށް ދާ ގޮތުގެ އެންމެ ފަހުގެ އަދާހަމަ، ކޮންމެ ދެ ހަފުތާއަކުން އެއް ހަފުތާގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހިއްސާކުރާނެ އެވެ. އަދި ކޮންމެ ދެ މަހަކުން ކެބިނެޓަށް މައުލޫމާތު ދޭނެ އެވެ.

މާސްޓަޕްލޭން ހެދުމުގެ މަސައްކަތް ފެށުމުގެ ކުރިން، ސަރުކާރުގެ ތަސައްވުރު ރައްޔިތުންނަށް އަންގައިދިނުމަށްޓަކައި ގިނަ ބަޔަކު ބައިވެރިވާ ގޮތަށް، ބޮޑު މަހާސިންތާއެއް ބާއްވަން ކެބިނެޓުން ނިންމާފައިވެ އެވެ. ނަމަވެސް އެކަމަށް ކަނޑަައަޅާފައިވާ ތާރީހެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

ކެބިނެޓުން ނިންމާފައިވާ ގޮތުން ގައުމީ ތަރައްގީގެ މައިގަނޑު އަސާސަކީ ލޮލަށް ފެންނަ ތަރައްގީ އާއި، ގައުމިއްޔަތުގެ އެންމެހައި ބަހާތައް ހިމެނޭހެން ގައުމިއްޔަތު ދިރުވައި، އާލާކޮށްދޭ އިންސާނީ ތަރައްގީކަމަށްވުމާއެކު، މި ދެ ބާވަތުގެ ތަރައްގީ ހާސިލުވާނެ ގޮތަށް މި ޕްލޭން އެކުލަވައިލުމެވެ.

ޕްލޭންގައި ހިމެނޭ މައިގަނޑު އަސާސްތައް، ގާނޫނުއަސާސީގައި ހިމަނައި އެކަމަށް ހާއްސަ ގާނޫނެއް ހެދުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ކެބިނެޓުގެ ނިންމުމުގައި ބުނެފައި ވަނީ މާސްޓަޕްލޭން އެކުލަވާލަން މިހާރު ހަމަޖެހިފައިވާ ފައިސާގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތައް ބައިވެރިކޮށްގެން، އެ ކުންފުނިތަކުން ކުރާ މަސައްކަތެއްގެ ބާވަތުން ދެވެން ހުރި އެހީތެރި ކަމެއް، އެ ކުންފުނިތަކުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ހަމަޖެއްސޭތޯ ބެލުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox