ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޑިރެކްޓަރު ޝާނާ ރައީސް އޮފީހަށް

ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރި ދުވަސްވަރު ޝާނާ އެ ސައިޓުގައި ހަރަކާތްތެރިވާ މަންޒަރު: ޝާނާ ސަރުކާރުގައި މަސައްކަތް ކުރައްވާތާ 18 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ -- ފޮޓޯ: އޮސްޓްރޭލިއަން އެވޯޑްސް

ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރި ދުވަސްވަރު ޝާނާ އެ ސައިޓުގައި ހަރަކާތްތެރިވާ މަންޒަރު: ޝާނާ ސަރުކާރުގައި މަސައްކަތް ކުރައްވާތާ 18 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ -- ފޮޓޯ: އޮސްޓްރޭލިއަން އެވޯޑްސް

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލަކަށް ހުންނެވި އަދި ގިނަ އަހަރުތަކެއް ވަންދެން އެ މިނިސްޓްރީގައި މަސައްކަތް ކުރައްވާފައިވާ ފާތިމަތު ޝާނާ ފާރޫގު ރައީސް އޮފީހުގެ ސިޔާސީ މަގާމަކަށް ވަޑައިގަންނަވައިފި އެވެ.

"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާނާ ވަނީ ރައީސް އޮފީހުގެ މަސައްކަތަށް މިއަދު ނިކުމެވެޑައިގެންފަ އެވެ. ނަމަވެސް، އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ، ހަވާލުވެވަޑައިގަތީ ސީދާ ކޮން މަގާމަކާ ކަން އަދި ކަށަވަރެއް ނުކުރެވުނެވެ. މި މައުލޫމާތު ހިއްސާކޮށްދޭން މެސެޖުގެ ޒަރިއްޔާއިން އޭނާ އަރިހު ވާނީ އެދިފަ އެވެ.

އާންމުންނަށާއި ނޫސްވެރިންނަށް ޝާނާ އެނގެނީ މިނިސްޓްރީގެ ފަރާތުން ތަރައްގީގެ މަޝްރޫއުތަކުގައި ސޮއިކުރައްވާ ބޭފުޅާގެ ގޮތުގަ އެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރުން ފެށިގެން އެކި މަޝްރޫއުތައް ހިންގުމުގެ އެއްބަސްވުންތަކުގައި ދައުލަތުގެ ފަރާތުން އޭނާ ސޮއިކުރައްވާފައިވެ އެވެ.

ކޮންސްޓްރަކްޝަން މެނޭޖުމަންޓާއި ކޮންސްޓްރަކްޝަން ލޯއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ޝާނާގެ ލިންކްޑްއިން ޕްރޮފައިލްގައިވާ ގޮތުގައި އޭނާ ސަރުކާރާ ގުޅުނީ އޭރުގެ ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ޕްރޮޖެކްޓު ކޯޑިނޭޓަރެއްގެ ގޮތުގައި ޖުލައި، 2006 ގަ އެވެ. އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލަކަށް އިސްކުރީ އޮގަސްޓު، 2015 ގަ އެވެ.

ރައީސް އޮފީހުގެ ސިޔާސީ މަގާމަކަށް ޝާނާ ވަޑައިގެންނެވިއިރު، ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސިޔާސީ މަގާމުތަކަށް ކުރާ ހަރަދު ކުޑަކުރުމުގެ މަސައްކަތް ފަށާފައިވާ ކަން އިއުލާންކުރައްވާފަ އެވެ. މިގޮތުން ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ 228 މީހަކު ވަޒީފާއިން ވަކިކުރާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

ރައީސް އޮފީހުން އެންމެ ފަހުން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، ސެޕްޓެމްބަރު މަސް ފެށުނުއިރު އެ އޮފީހުގައި 345 މުވައްޒަފުން އެބަތިއްބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox