ފުރިހަމައަށް ޖަވާބުދާރީވާން ބޭނުން، ވަކީލަކު ހޯދަން އެކަށީގެންވާ ވަގުތެއް ނުދިން: ޝަހްޒާން

May 12, 2026, 4:32 PM
ޝަހުޒާން ކޯޓަށް ހާޒިރުވުން

ޝަހުޒާން ކޯޓަށް ހާޒިރުވުން

ރައީސް އޮފީހުގައި މަސައްކަތް ކުރި އަންހެން މުވައްޒަފަކަށް ރައީސް މުހައްމަދު މުއިއްޒު ޖިންސީ ފުރައްސާރަ ކުރި ކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން ސުވާލުކުރުމުން، އެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން ބޭރުކޮށްލި މުހައްމަދު ޝަހުޒާނަށް ގާނޫނީ އެހީތެރިކަން ހޯދުމަށް އެކަށީގެންވާ ވަގުތު ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

ޝަހުޒާން ކޯޓަށް ހާޒިރުވާން އެންގީ އަދަދު ނޫހުން ތައްޔާރުކުރި "އައިޝާ" ޑޮކިއުމެންޓްރީ މައްސަލައިގައި އެ ކޯޓުން ނެރެފައިވާ އަމުރާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ.

އެ ކޯޓުން ވަނީ އެ ޑޮކިއުމެންޓްރީ ދައުރުކުރުމާއި، އޭގައި ހުރި ވާހަކަތައް ނުސީދާ ގޮތުންނާއި ސީދާ ގޮތުން ދެއްކުން މަނާކޮށް ހުރިހާ ރައްޔިތުންގެ މައްޗަށް އަނގަބަންދުކުރުމުގެ އަމުރެއް ނުވަތަ ގެގް އޯޑަރެއް ނެރެފަ އެވެ.

އެ މައްސަލާގައި މިއަދު މެންދުރު 13:00 ގައި ޝަހުޒާން ކޯޓަށް ހާޒިރުވި އެވެ. 

"އަޅުގަނޑު ދެންނެވިން އަޅުގަނޑަށް ކޯޓު އަމުރު ލިބުނީ ރޭގައި ވަރަށް ފަސްވެފައި ހުއްޓައޭ. އެހެންވީމާ އެކަށީގެންވާ ވަރުގެ ވަގުތެއް އަޅުގަނޑަށް ނުލިބެއޭ މައްސަލައާ ގުޅޭ ގޮތުން ގާނޫނީ ވަކީލަކާ މަޝްވަރާ ކުރަން،" ކޯޓު ކައިރީގައި ހުރި ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ޝަހުޒާން ވިދާޅުވި އެވެ. 

"އަޅުގަނޑު ދެންނެވިން މި މައްސަލައިގައި ވަރަށް ފުރިހަމައަށް ޖަވާބުދާރީވާން ބޭނުންވެއޭ ކޯޓަށް އަޅުގަނޑަށް ކުރެވޭ ތުހުމަތާ ގުޅޭ ގޮތުން. އެހެންވީމަ ދިފާއު ތައްޔާރު ކުރުމަށާއި ވަކީލުންނާ މަޝްވަރާ ކުރުމަށްޓަކައި އެކަށީގެންވާ ވަގުތު އަޅުގަނޑަށް ދެއްވުމަށް. އަޅުގަނޑު އެދުނީ މުއްދަތެއްގެ ގޮތުގައި 10 ދުވަސް އަޅުގަނޑަށް ދެއްވުމަށް."

 އެހެން ނަމަވެސް، މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ބެންޗުން ނިންމީ ޝަހުޒާނަށް ވަކީލެއް އައްޔަނުކުރަން އެންމެ ދެ ގަޑިއިރު ދިނުމަށެވެ. 

މިއަދު ހެނދުނު 11:00 ގައި އަދަދުގެ ލީވާން އަލީ ނާސިރު ވެސް ކޯޓަށް ހާޒިރުކުރި އެވެ. ލިޔުނު ހަބަރަކާ ގުޅިގެން ކޯޓަށް ހާޒިރުކުރި ލީވާނަށް ވެސް ދިނީ ވަކީލެއް އައްޔަނުކުރަން ދެ ގަޑިއިރެވެ. 

އަަދަދުގެ ވެރިންނާއި ނޫސްވެރިން ހިމެނޭހެން ހަތަރު މީހެއްގެ މައްސަލަތައް ކޯޓުގައި އޮތްއިރު، މި މައްސަލައިގައި މި ނޫހުގެ އޮފީސް ރެއިޑްކޮށް، އިލެކްޓްރޯނިކްސްތައް ވަނީ ގެންގޮސްފަ އެވެ. އަދި ފިޔާޒާއި ހަސަންގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox