އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: ރެޕޯ ހީޓުތައް ކާމިޔާބުކޮށް ރާއްޖޭގެ ސާފަރުން ތިން ވަނަ ބުރަށް

މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ތެރެއިން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ތެރެއިން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

ރާއްޖޭގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ރި ކޮލިފައިންގް ރައުންޑްގައި (ރައުންޑް 2) ގައި ވާދަކޮށް ރާއްޖޭގެ އެތުލީޓުން މެންސް އޯޕަން ކެޓަގަރީގެ ތިން ވަނަ ބުރުން ޖާގަ ހޯދިއިރު, އަންހެން ރައުންޑް 1 ގައި ވާދަކޮށް ރާއްޖޭގެ މަރިޔަމް ރާހިލް ނަސީމް (އާޔާ) ތިން ވަނަ ބުރަށް ދަތުރުކޮށްފި އެވެ.

ކ. ތުލުސްދޫގައި މިއަދު ކުރިއަށްދިޔަ ހީޓުތަކުގެ ތެރެއިން ފުރަތަމަ ކުރިއަށް ދިޔައީ އަންހެން އޯޕަން ރައުންޑްގެ ހީޓުތަކެވެ. އާޔާ ވާދަކުރީ ހީޓް ހަތަރެއްގަ އެވެ. ބޯ ވިއްސާރައިގައި މިއަދުގެ ހީޓުތައް ކުރިއަށް ދިޔައިރު, އާޔާ ތިންވަނަ ބުރަށް ދަތުރުކުރީ މި ހީޓުން ދެވަނަ ހޯދައިގެންނެވެ. އާޔާ އާއެކު, މި ހީޓުގައި ދެން ވާދަކުރީ ޗައިނާގެ ސިގީ ޔަންގް އާއި ޔަސަމަން ހޮސެއިން އެވެ.

މި ހީޓުގެ އެއްވަނަ އަށް ދިޔައީ ޗައިނާގެ ސިގީ ޔަންގް އެވެ. އޭނާ ވަނީ 9.27 ސްކޯކޮށްފަ އެވެ. ސިގީ އެންމެ މަތިން ސްކޯކުރީ ތިންވަނަ އަދި ހަތަރުވަނަ ރާޅުގަ އެވެ. އެއީ 4.70 އަދި 4.57 އެވެ. ހީޓުގެ ދެވަނަ އާޔާ ހޯދީ 3.16 ސްކޯކޮށްގެންނެވެ. އާޔާގެ އެންމެ މަތިން ސްކޯކުރީ ދެވަނަ އަދި ހަތަރުވަނަ ރާޅުގަ އެވެ. އެއީ 1.73 އަދި 1.43 އެވެ.

މިއަދު ދެން ކުރިއަށްދިޔައީ, މެންސް އޯޕަންގެ ރި ކޮލިފައިން ރައުންޑް ނުވަތަ ރެޕޯ ރައުންޑްގެ ހީޓުތަކެވެ. ރެޕޯ ބުރުގެ ފުރަތަމަ ހީޓުގައި ވާދަކުރި ރާއްޖޭގެ އިސްމާއިލް ރަޝީދު (ސްމައިލީ) ވަނީ ހީޓުން އެއްވަނަ ހޯދާ ތިންވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. މި ހީޓުގެ އެއްވަނަ ސްމައިލީ ހޯދީ 11.33 ސްކޯކޮށްގެންނެވެ. ސްމައިލީ އެންމެ ރަނގަޅަށް ސްކޯކުރީ 2 އަދި 4 ވަނަ ރާޅުގަ އެވެ. ދެވަނަ ރާޅުން ސްމައިލީ 5.33 ސްކޯކުރިއިރު, ހަތަރުވަނަ ރާޅުން 6.00 ސްކޯކުރި އެވެ. މި ހީޓުގެ ދެވަނަ އަށް ކުވައިތުގެ އީސާ އަލް އީސާ ދިޔައީ, 5.94 ސްކޯކޮށްގެންނެވެ. އަދި ތިންވަނަ އަށް ދިޔަ, ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ މުހައްމަދު ސުލްތާން އަށް ލިބުނީ 4.87 ގެ ސްކޯއެކެވެ.

ރާއްޖޭގެ ސްމައިލީ ރާޅާއެޅި ހީޓުގެ ތެރެއިން -- ފޮޓޯ: އަތޫފް އާތިފް / އަދަދު
ރާއްޖޭގެ ސްމައިލީ ރާޅާއެޅި ހީޓުގެ ތެރެއިން -- ފޮޓޯ: އަތޫފް އާތިފް / އަދަދު

ރާއްޖޭގެ ސްމައިލީ ރާޅާއެޅި ހީޓުގެ ތެރެއިން -- ފޮޓޯ: އަތޫފް އާތިފް / އަދަދު

ރާއްޖޭގެ ކެޕްޓަން އަހުމަދު އާގިލް (އައްމަޑޭ) ވާދަކުރީ ހީޓް 3 ގަ އެވެ. މި ހީޓުގެ އެއް ވަނަ އައްމަޑޭ ހޯދީ 10.16 ސްކޯ ކޮށްގެންނެވެ. އައްމަޑޭ އާއެކު މި ހީޓުގައި ދެން ވާދަކުރީ އާނިގް ކައިލާނީ ބިން ރަހުމަތު އަދި އަފްގާނިސްތާނުގެ ކައިސް ހަސަން އެވެ. މި ހީޓުގައި ކައިސް ހަސަން އަށް ރާޅެއްގައި އެޅިފައިނުވެ އެވެ. މި ހީޓުގެ އެއް ވަނަ އައްމަޑޭ ހޯދިއިރު, އޭނާ އެންމެ މަތިން ސްކޯކުރި ދެ ރާޅަކީ 3 އަދި 5 ވަނަ ރާޅެވެ. ތިން ވަނަ ރާޅުގައި 4.83 ސްކޯކުރިއިރު, ފަސް ވަނަ ރާޅުގައި 5.33 ސްކޯކުރި އެވެ. ދެ ވަނަ އަށް ދިޔަ އާނިގް އަށް ލިބުނީ 5.00 ގެ ސްކޯއެކެވެ.

ކެޕްޓަން އައްމަޑޭ ވަނީ އޭނާގެ ހީޓުން އެއްވަނަ ހޯދާ ދެވަނަ ބުރަށް ދަތުރުކޮށްފަ -- ފޮޓޯ: އަތޫފް އާތިފް / އަދަދު
ކެޕްޓަން އައްމަޑޭ ވަނީ އޭނާގެ ހީޓުން އެއްވަނަ ހޯދާ ދެވަނަ ބުރަށް ދަތުރުކޮށްފަ -- ފޮޓޯ: އަތޫފް އާތިފް / އަދަދު

ކެޕްޓަން އައްމަޑޭ ވަނީ އޭނާގެ ހީޓުން އެއްވަނަ ހޯދާ ދެވަނަ ބުރަށް ދަތުރުކޮށްފަ -- ފޮޓޯ: އަތޫފް އާތިފް / އަދަދު

ރާއްޖޭގެ އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) ތިން ވަނަ ބުރުން ޖާގަ ހޯދީ ހީޓް 5 ގައި ވާދަކޮށް ހީޓުގެ އެއް ވަނަ ހޯދައިގެންނެވެ. މި ހީޓަށް އޭނާ މޫދަށް އެރުނީ ހީޓް ނިމެން ފަސް މިނެޓަށް ވެފައި ހުއްޓަ އެވެ. އެކަމަކު، ކައިރި ކައިރީގައި ތިން ރާޅު އަޅާ, އޭނާ ވަނީ އެންމެ މަތިން އެޅި ދެ ރާޅުގައި 5.00 އަދި 5.57 ސްކޯކޮށްފަ އެވެ. ދެވަނަ އަށް ދިޔަ, ޖޫލިއަން މާކް އަށް ސްކޯކުރެވުނީ 8.07 އެވެ.

މީގެ އިތުރުން މިއަދު ރާއްޖޭގެ ހަސަން ނާސިހު ހީޓް ހައެއްގައި ވާދަކުރަން އޮތް ނަމަވެސް ދެން އެ ހީޓުގައި ހިމެނޭ އަފްރިދުމް އަމޫ ހީޓުގައި ބައިވެރިނުވާން ނިންމުމުން ނާސިހު އަށް ވަނީ ތިން ވަނަ ބުރުގެ ޖާގަ އެއް ކަށަވަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox