އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް ޕަޖަރް، އަންހެން ޗެމްޕިއަނަކީ މިރާއީ

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް ޕަޖަރް، އަންހެން ޗެމްޕިއަނަކީ މިރާއީ

ރާއްޖޭގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2024 ގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން އިންޑޮނޭޝިއާގެ ޕަޖަރް އަރިޔާނާ ހޯދިއިރު، އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ޖަޕާނުގެ މިރާއީ އިކޭޑާ ހޯދައިފި އެވެ.

ކ. ތުލުސްދޫގައި މިއަދު ހަވީރު ކުރިއަށްދިޔަ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ޕަޖަރު ހޯދީ، ފައިނަލުގައި ހަމަ އެގައުމުގެ ޖޮއި ސަޓްރިއަވަން, ޖަޕާނުގެ އިކޯ ވަޓަނާބޭ އަދި ޖަޕާނުގެ ޓާކީ ކަނަޒަވާ އާ ވާދަކޮށެވެ.

ފައިނަލް ހީޓުގައި ޕަޖަރް ޖުމްލަ ހަތް ރާޅުއެޅިއިރު، އޭގެ ތެރެއިން އެންމެ މަތިން ސްކޯކުރީ ފުރަތަމަ ރާޅާ ހަ ވަނަ ރާޅުގަ އެވެ. ފުރަތަމަ ރާޅުން، 8.50 ސްކޯކުރިއިރު, ދެ ވަނަ ރާޅުގައި ވަނީ 7.00 ސްކޯކޮށްފަ އެވެ. އެއާ އެކު އޭނާ އަށް ވަނީ ޖުމްލަ މި ހީޓުގައި 15.50 ސްކޯކޮށްފަ އެވެ.

ޕަޖަރް ހީޓު ނިންމާލުމަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ: އަތޫފް އާތިފް / އަދަދު
ޕަޖަރް ހީޓު ނިންމާލުމަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ: އަތޫފް އާތިފް / އަދަދު

ޕަޖަރް ހީޓު ނިންމާލުމަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ: އަތޫފް އާތިފް / އަދަދު

ދެ ވަނަ އަށްދިޔަ ސަޓްރިއަވަން ފައިނަލް ހީޓުގައި ޖުމްލަ ތިން ރާޅުގައި އެޅިއިރު، އޭގެ ތެރެއިން އެންމެ މަތިން ސްކޯކުރި ދެ ރާޅުން އޭނާ ވަނީ 14.34 ސްކޯކޮށްފަ އެވެ.

ތިން ވަނަ އަށް ހީޓު ނިންމި, ޖަޕާނުގެ ވަޓަނާބޭ ވަނީ 11.80 ސްކޯކޮށްފަ އެވެ. ފައިނަލް ހީޓުގައި އޭނާ ޖުމްލަ ހަ ރާޅުގައި އެޅި އެވެ. ވަޓަނާބޭ މިދިޔަ އަހަރުގެ މުބާރާތް ނިންމާލީ ދެވަނައިގަ އެވެ.

މީގެ އިތުރުން، މިއަދު ހަވީރު ވަނީ އަންހެން ކެޓަގަރީގެ ފައިނަލް ހީޓު ވެސް ކުރިއަށް ގޮސްފަ އެވެ.

އަންހެން ހީޓު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދި މިރާއީ އަކީ މިދިޔަ އަހަރުގެ ފައިނަލުގައި ވާދަކޮށް ދެ ވަނަ ހޯދި އެތުލީޓެވެ. މިރާއީގެ އިތުރުން މި ހީޓުގައި ދެން ވާދަކުރީ، ޖަޕާނުގެ އަންރީ މަޓްސްނޯ، ޗައިނާގެ ސިގީ ޔަންގް އަދި އިންޑޮނޭޝިއާގެ ޓައިނާ އޭންހަލް އެވެ.

މިރާއީ ހީޓު ނިންމާލުމަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ: އަދަދު
މިރާއީ ހީޓު ނިންމާލުމަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ: އަދަދު

މިރާއީ ހީޓު ނިންމާލުމަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ: އަދަދު

މި ހީޓުގައި މިރާއީ ހަތަރު ރާޅު އެޅިއިރު, އެންމެ މަތިން ސްކޯކުރި ދެ ރާޅަކީ, ދޭއް އަދި ތިންވަނަ ރާޅެވެ. ދެވަނަ ރާޅުގައި މިރާއީ, 7.00 ސްކޯކުރިއިރު, ތިންވަނަ ރާޅުގައި 5.93 ސްކޯކުރި އެވެ. އެއާއުކު ފައިނަލް ހީޓުގައި އޭނާ ވަނީ 12.93 ސްކޯކޮށްފަ އެވެ.

ދެވަނަ އަށްދިޔަ އަންރީ އަށް ހަތަރު ރާޅުން ސްކޯކުރެވުނީ 11.83 އެވެ. އެއީ އޭނާގެ އެންމެ މަތިން ސްކޯކުރި ދެ ރާޅުގައި, 6.50 އަދި 5.33 ސްކޯކޮށްގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox