ޔޫރޯގައި އެފްރިކާ އަށް ނިސްބަތްވާ ކުޅުންތެރިން ގިނަ

Jun 19, 2024, 6:22 AM
ޔޫރޯގައި އެފްރިކާ އަށް ނިސްބަތްވާ ކުޅުންތެރިން ގިނަ

ޔޫރޯ އަކީ ޔޫރަޕްގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތެވެ. އެކަމަކު، މި މުބާރާތުގައި އެފްރިކާ ހިއްސާއެއް އެބައޮތެވެ. އެފްރިކާ އަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް އެކި ގައުމުތަކަށް ދަނީ ކުޅެމުންނެވެ. އެ ގޮތުން ސީދާ އެފްރިކާ އަށް ނިސްބަތްވާ 58 ކުޅުންތެރިން، މި މުބާރާތުގައި ވާދަކުރާ 24 ޓީމުން ފެނިގެން އެބަދެ އެވެ.

ދާހިލީ ހަމަނުޖެހުން ބޮޑު އަދި ދިރިއުޅުމުގެ ފެންވަރު ދަށްވުމުން އެފްރިކާގެ ބައެއް ގައުމުތަކުން ގިނަ އާއިލާތަކެއް ޔޫރަޕްގެ ގިނަ ޤައުމުތަކަށް ހިޖުރަކުރެ އެވެ. މިފަދަ އާއިލާތަކަށް ނިސްބަތްވާ ކުޅުންތެރިންތައް ގިނަ އެވެ.

މި އަހަރުގެ ޔޫރޯގައި ކުޅޭ އެންމެ ނަން މަޝްހޫރު އަދި މަގުބޫލު އެއް ކުޅުންތެރިޔަކީ ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ އެވެ. ރެއާލް މެޑްރިޑަށް ބަދަލުވެފައިވާ އެމްބާޕޭ އުފަންވީ ފްރާންސަށެވެ. އެހެން ނަމަވެސް، އޭނާގެ ބައްޕަ ނިސްބަތްވަނީ އަލްޖީރިއާ އަށެވެ. މަންމަ އަކީ ކެމަރޫން މީހެކެވެ. އެކަމަކު، އެމްބާޕޭ ނިންމީ އޭނާގެ އުފަން ގައުމު ކަމަށްވާ ފްރާންސަށް ކުޅުމަށެވެ.

އެމްބާޕޭގެ އިތުރުންވެސް ފްރާންސްގެ ޓީމުގައި އެފްރިކާ ނިސްބަތްވާ ކުޅުންތެރިން ގިނަ އެވެ. އޭގެ ތެރޭގައި އެންގޯލޯ ކާންޓޭ އާއި އެޑުއާޑޯ ކަމަވިންގާ އާއި އިބްރާހިމް ކޮނާޓޭ އަދި އައުރޭލިއަން ޗުއަމޭނީ ހިމެނެ އެވެ. މި ކުޅުންތެރިން ނިސްބަތްވަނީ އެންގޯލާ އާއި މާލީ އަދި ކެމަރޫނަށެވެ.

މި އަހަރުގެ ޔޫރޯގައި ސްޕެއިން ކުޅުނު ފުރަތަމަ މެޗުގައި ސްޕެއިންގެ ފުރަތަމަ 11 ގައި ކުޅެ، ޔޫރޯގެ ތާރީހުގައި ކުޅުނު އެންމެ އުމުރުން ހަގު ކުޅުންތެރިޔާގެ ރެކޯޑް ހޯދި ލަމީން ޔަމާލް ވެސް އެފްރިކާ އަށް ނިސްބަތްވެ އެވެ. ޔަމާލްގެ މަންމަ އަކީ އީކުއެޓޯރިއަލް ގިނީއަށް ނިސްބަތްވާ މީހެކެވެ. ބައްޕަ ނިސްބަތްވަނީ މޮރޮކޯ އަށެވެ.

އިންގްލެންޑް ޓީމުގައި ބުކާޔޯ ސާކާ އާއި ކޯބީ މައިނޫގެ އާއިލާއަކީ ވެސް އެފްރިކާ އަށް ނިސްބަތްވާ ބައެކެވެ. މައިނޫގެ މައިންބަފައިން ނިސްބަތްވަނީ ގާނާ އަށެވެ. ސާކާގެ މައިންބަފައިން ނިސްބަތްވަނީ ނައިޖީރިއާ އަށެވެ. މި ދެ ކުޅުންތެރިންވެސް އުފަންވީ އިންގްލެންޑް އަށެވެ.

"ވަރަށް ފަހުރުވެރިވޭ ނައިޖީރިއާ ދަރިކޮޅަށް ނިސްބަތްވާތީ. މިހާރުވެސް ނައިޖީރިއާގެ މެޗުތައް ބަލަން އަދި ސަޕޯޓްކުރަން،" ސުޕަސްޕޯޓްއާ ކުރިން ވާހަކަދައްކަމުން ސާކާ ބުންޏެވެ.

ޖަރުމަންގެ އުންމީދީ ކުޅުންތެރިޔާ ޖަމާޅް މުސިއާލާގެ ބައްޕަވެސް ނިސްބަތްވަނީ ނައިޖީރިއާއަށެވެ. ޖަމާލް ކުޑައިރު އޭނާގެ އާއިލާ އިންގްލެންޑަށް ދިރިއުޅުން ބަދަލުކުރުމުން، އޭނާ އަށް އިންގްލެންޑަށް ކުޅުމުގެ ފުރުސަތުވެސް އޮތެވެ. ޖަރުމަނާއި އިންގްލެންޑްގެ ޔޫތު ޓީމުތަކަށްވެސް މުސިއާލާ ކުޅުނެވެ.

ޔޫރޯގައި އެންމެ ފާހަގަކޮށްލެވޭ އެއް ފޯވަޑް ރޮމެއޫ ލޫކާކޫގެ މައިންބަފައިން ނިސްބަތްވަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އަށެވެ. ލުކާކޫގެ ބައްޕަ ކޮންގޯގެ ގައުމީ ޓީމަށް ކުޅުނެވެ. އެކަމަކު އޭނާގެ ދެ ދަރިންވެސް ކުޅެނީ ބެލްޖިއަމްގެ ގައުމީ ޓީމަށެވެ. ބެލްޖިއަމްގެ ޓީމުގެ ޖެރެމީ ޑޯކޫ އާއި ލޮއިސް އޮޕެންޑާ އާއި ޔޫރީ ޓިއެލްސްމަން އާޢި އަމާޑޫ އޮނާނާ އަދި ޑޯޑީ ލުކެބާކީއޯ ވެސް ނިސްބަތްވަނީ އެފްރިކާއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox