ވެލިގާ ޔޫރޯ 2024: ސްކޯ ދިމާކުރި ނަސީބުވެރިންނަށް އިނާމު ދީފި

ވެލިގާ ޔޫރޯ 2024: ސްކޯ ދިމާކުރި ނަސީބުވެރިންނަށް އިނާމު ދިނުމުގެ ތެރެއިން -- ފޯޓޯ: ވެލިގާ

ވެލިގާ ޔޫރޯ 2024: ސްކޯ ދިމާކުރި ނަސީބުވެރިންނަށް އިނާމު ދިނުމުގެ ތެރެއިން -- ފޯޓޯ: ވެލިގާ

ވެލިގާއިން ޔޫރޯ 2024 އަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ސްކޯ ޕްރިޑިކްޓާ ޗެލެންޖުގެ ނަސީބުވެރިންނާ އިނާމު ހަވާލުކޮށްފި އެވެ.

ޔޫރޯ އޮފިޝަލް ގޭމިން ޕްލެޓްފޯމުގައި ވެލިގާއިން ކުރިއަށްގެންދިޔަ އެ ޗެލެންޖުގައި ފުޓުބޯޅައަށް ޝައުގުވެރިވާ ގިނަ ބަޔަކު ބައިވެރިވި އެވެ.

އެ ޗެލެންޖުގައި 478 ޕޮއިންޓާއެކު އެންމެ ގިނަ ޕޮއިންޓް ހޯދައިގެން އެއްވަނަ ހާސިލުކުރި ނަޝީދުއަށް ވަނީ ސްޓޯން ހޮޓެލްސް ދިއްފުށީގައި ތިން ރޭ ހޭދަކުރުމުގެ ފުރުސަތު ލިބިފަ އެވެ.

Advertisement

އޭގެއިތުރުން ޗެލެންޖުގައި އެންމެ ގިނައިން ޕޮއިންޓް ހޯދި ފަސް މީހުންނަށް ވަނީ 2،500ރ. ގެ ގިފްޓް ވައުޗާއެއް ވެލިގާއިން ދީފަ އެވެ. އެ ވައުޗާ ބޭނުންކޮށްގެން ވެލިގާ ހާޑްވެއާ އަދި ބްލަންކްގެ ކޮންމެ ފިހާރައަކުން ވެސް ވައުޗާގެ އަދަދަށް ވިޔަފާރި ކުރެވޭނެ އެވެ.

2،500ރ. ގެ ގިފްޓް ވައުޗާ ލިބުނު ފަސް ނަސީބުވެރިން:

  • ޝަހީމް - 450 ޕޮއިންޓް
  • ޝުރުފާ - 448 ޕޮއިންޓް
  • މުހައްމަދު އަލިދީފީ - 436 ޕޮއިންޓް
  • އަހުމަދު ނައްފާޒް - 424 ޕޮއިންޓް
  • ސޮބާ - 422 ޕޮއިންޓް

ވެލިގާއިން އަބަދުވެސް ފުޓުބޯލަ މުބާރާތްތަކާ ދިމާކޮށް ތަފާތު އެކި ހަރަކާތްތައް ރާވައިގެން އަބަދުވެސް ހިންގަ އެވެ. އެފަދަ ހަރަކާތްތައް ހިންގުމުގެ ބޭނުމަކީ ކަސްޓަމަރުންނާ ދެމެދު އޮތް ގުޅުން އިތުރަށް އާލާކޮށް ހަރުދަނާ ކުރުން ކަމަށް ވެލިގާއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox