ރިވައިވަލް ބެޑްމިންޓަން ޗެލެންޖް 200 އަށް ވުރެ ގިނަ ކުޅުންތެރިންނާ އެކު މާދަމާ ފަށަނީ

May 19, 2024, 10:59 AM
ރިވައިވަލް ބެޑްމިންޓަން ޗެލެންޖް 200 އަށް ވުރެ ގިނަ ކުޅުންތެރިންނާ އެކު މާދަމާ ފަށަނީ

ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖް, 200 އަށްވުރެ ގިނަ ކުޅުންތެރިންނާ އެކު, މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.

މި މަހު 20-24 އަށް އޭދަފުށީ ބެޑްމިންޓަން ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި އޭދަފުށީ ކުޅުންތެރިންގެ އިތުރުން, މާލޭގެ އެކަޑަމީތަކުގެ ކުޅުންތެރިންނާއި, ޅ. ނައިފަރު, ނ. ހޮޅުދޫ, އއ. ތޮއްޑޫގެ ކުޅުންތެރިން ވާދަކުރާނެ އެވެ. އަދި މި މުބާރާތުގައި ކުރިން ގައުމީ މުބާރާތް ކުޅުން ބައެއް ކުޅުންތެރިން ފެނިގެންދާނެ އެވެ.

މީގެ އިތުރުން ރިވައިވަލް ސްޕޯޓްސް އާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން, މި ފަހަރުގެ މުބާރާތުގައި ހަތަރު އަންހެން އަދި ހަތަރު ފިރިހެން ކުޅުންތެރިންނާއެކު, ހާއްސަ ކެޓަގަރީ އެއްގެ ކުޅުން ކުރިއަށްދާނެ އެވެ.

ރިވައިވަލްގެ މި ޗެލެންޖް މުބާރާތް ކުރިއަށް ދާނީ ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެއީ ޖޫނިއާ އަދި މާސްޓާސް އެވެ. ޖޫނިއާ ބައިގައި ކުރިއަށް ދާނީ 10, 12, 14, 16 އަދި 18 އަހަރުން ދަށުގެ ކެޓަގަރީ ތަކެވެ. ދެން އޮތް، މާސްޓާސް ޑިވިޝަނުގައި ކުރިއަށް ދާނީ 35 އަދި 45 އަހަރުން މަތީގެ ކުޅުންތެރިންނަށް ހުޅުވާލައިގެން އަންހެން އަދި ފިރިހެން ސިންގަލްސް އަދި ޑަބަލްސްގެ މެޗުތަކެވެ.

ރިވައިވަލް އިން ވަނީ މި މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕަށް ފައިސާގެ އިނާމު ދިނުމަށް ނިންމާފަ އެވެ. އެގޮތުން އިނާމުތަކުގެ ޖުމްލަ 60,000 ރުފިޔާ އަށް އަރާނެ އެވެ.

މިއީ، ރިވައިވަލް އިން މި އަހަރު ބާއްވާ ތިން ވަނަ މުބާރާތެވެ. މީގެ ކުރިން އެ ކްލަބުން ވަނީ، ޖޫނިއާ އޯޕަން މުބާރާތަކާއި އިންޓަ ރިސޯޓް މުބާރާތެއް ކާމިޔާބުކަމާ އެކު ނިންމައިލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox