ބެޑްމިންޓަނުގެ އާ ޖީލެއް އުފެއްދުމަށް އެމްއައިބީން ރިވައިވަލް ސްޕޯޓްސް އަށް އެހީވަނީ

Jan 28, 2026, 9:55 AM
ބެޑްމިންޓަނުގެ އާ ޖީލެއް އުފެއްދުމަށް އެމްއައިބީން ރިވައިވަލް ސްޕޯޓްސް އަށް އެހީވަނީ

ރާއްޖޭގައި އެންމެ ޕްރޮފެޝަނަލްކޮށް ހިންގަމުން އަންނަ ބެޑްމިންޓަން ކްލަބް، ރިވައިވަލް ސްޕޯޓްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބެޑްމިންޓަންގެ މުސްތަގުބަލާ ގުޅޭ މުހިންމު އެއްްބަސްވުމެއް ގާއިމްކޮށްފި އެވެ.

އެމްއައިބީއިން ރިވައިވަލް ސްޕޯޓްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ> ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) އަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ގޮތަށް، އަދި ޖުމްލަކޮށް މުޅި ބެޑްމިންޓަން ކުރިއެރުވުމުގެ ގޮތުންނެބެ.

މި އެއްބަސްވުމުގެ ދަށުން ރިވައިވަލް ސްޕޯޓްސްގެ އެކި ހަރަކާތްތަށް އިތުރަށް ހަރުދަނާކޮށް އިތުރަށް ފުޅާކުރުމަށް އެމްއައިބީން އެހީތެރިވާނެ އެވެ. މިއީ، ރާއްޖޭގެ ލެވަލްގަޔާއި ބައިނަލްއަގުވާމީ ލެވަލްގައި ރިވައިވަލް ސްޕޯޓްސް އިން ރާއްޖެ އަށް ރަން ވަނަ ހޯދައިދޭން ކުރާ މަސައްކަތަށް ލިބުނު އިތުރު ފުރިހަމަކަމެކެވެ.

ރާއްޖޭގެ ކުޅިވަރަށް އެމްއައިބީން އަންނަނީ ޒުވާނުން ބިނާކުރުމުގެ އަހައްމިއްޔަތުކަމަށް ބަލައިގެން މުހިންމު އެހީތަކެއް ސްޕޮންސަޝިޕްގެ ސިފައިގައި ފޯރުކޮށްދެމުންނެވެ. އެ ގޮތުން، އެމްއައިބީއިން އަންނަނީ މޯލްޑިވްސް ކްރިކެޓް ބޯޑާ އެކު ވެސް ކްރިކެޓް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

މީގެ އިތުރުން، އެމްއައިބީއިން ދަނީ އިޖުތިމާއީ އެކި ކަންކަން ކުރިއަރުވާ ތިމާވެށި ހިމާޔަތް ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން، ނިމިދިޔަ އަހަރު ވެސް އެމްއައިބީ އިން ވަނީ ލ އަތޮޅުގައި އެ އަތޮޅުގައި ގުތުރަތީގޮތުން ހެދޭ އެކި ބާވަތްތަކުގެ ގަސް ހެއްދުމުގެ ޕްރޮގްރާމެއް ފަށައިފަ އެވެ.

އެމްއައިބީގެ އިތުރު މަސައްކަތްތަކަށް ބަލާއިރު، ކްރޮސް ރޯޑް މޯލްޑިވްސްއާ އެކު މުރަކަ އިންދުމުގެ ޕްރޮޖެއްޓެއް ހިންގާއިރު ސޮނެވާ ނަމޫނާ އާއި ގުޅިގެން ބ ގޮއިދޫގައި ކުނި މެނޭޖް ކުރާ ޕްރޮގްރާމެއް ވެސް ދަނީ ހިންގަމުނެވެ. މި ކަންކަމުގެ އިތުރުން ވެސް އެމްއައިބީއަކީ އިޖްތިމާއި އެކި ކަންކަމުގައި އިސް ނަގާ ބޭންކެކެވެ. ތިމާވެށި ހިމާޔަތްކުރުމާއި، ލޭ ހަދިޔާ ކުރުމާއި، ތައުލީމީ ދާއިރާއަށްވެސް އެ ބޭންކުން ގިނަ އެހީ ތަކެއް ދެ އެވެ.

ރިވައިވަލްއާ އެކު އެމްއައިބީން އެއްބަސްވުމަކަށް އައިއިރު، ބެޑްމިންޓަނަކީ ދެ ޖިންސުގެ މީހުންގެ މެދުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ޝައުގުވެރިކަމަކާ އެކު ކުޅެމުން އަންނަ ކުޅިވަރެކެވެ. ގްރޭޓާ މާލެ ސަރަަހައްދެކޭ އެއްގޮތަށް ރާއްޖޭގެ އެކި ސަރަަހައްދުތަކުގައި ފޯރިގަދަ މުބާރާތްތައް ބެޑްމިންޓަނުން ކުރިއަށްދެ އެވެ. އެ ގޮތުން، ރިވައިވަލް އަކީ އޭދަފުށީގައި މުބާރާތް ކުރިއަށްގެންދާ ކްލަބެކެވެ.

އެމްއައިބީއާ އެކު، އެއްބަސްވުމެއް ހެދި ރިވައިވަލް ސްޕޯޓްސް އަކީ ބައިނަލްއަގުވާމީ މައިދާނުގައި، ރާއްޖެ އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދެމުންނެވެ. މީގެ އިތުރުން، ބެޑްމިންޓަން އެސޯސިއޭޝަނާއި ގުޅިގެން ބޭޑްމިންޓަން ކުރިއަރުވަން ގިނަ ހަރާކާތްތަކެއް ހިންގަމުންނެވެ. އެ ގޮތުން އަމިއްލަ ކޯޓަކާ އެކު ހައި ޕާފޯމަންސް ޓީމެއް އެކުލަވާލައިގެން އެ ކުޅުންތެރިން ކުރިއަރުވައި ބައިނަލްއަގުވާމީ މުބާރާތްތަކެއްގައި ކުޅެމުން އަންނައިރު، ޔޫތު ޑިވެލޮޕްމަންޓް ހަރަކާތްތައް ވެސް ކުރިއަށްގެންދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox