ކުޅިވަރުގައި ފައިދާ އޮތީ މުޅި ރާއްޖެ ތަމްސީލުވާ ނިޒާމަކުން ކަންކަން ރޭވިގެން

ސްޕޯޓްސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ރާފިއު.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސްޕޯޓްސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ރާފިއު.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ފުޓްބޯޅަ ވެސް ހިމެނޭ ގޮތަށް ރާއްޖޭގައި ވާދަވެރިކޮށް ކުޅެވޭ ކޮންމެ ކުޅިވަރެއް ވެސް ބޭނުންވާ ކުރިއެރުންތަކާއި ކާމިޔާބު ހޯދޭނީ މުޅި ރާއްޖެ ތަމްސީލުވާ ރަނގަޅު ނިޒާމެއްގެ ތެރެއިން ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރޭވިގެން ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން، މިއަދު މެމްބަރުންގެ ސުވާލަށް ޖަވާބުދެއްވަމުން، މިނިސްޓަރު ރާފިއު ވަނީ ކުޅިވަރާ ގުޅޭ ގިނަ ކަންތައްތަކެއްގެ ހާލަތު އޮޅުންފިލުވައިދެއްވައިފަ އެވެ.

އެ ގޮތުން، މެމްބަރަކު، ރާއްޖޭގެ ފުޓްބޯޅަ މިހާރު ވެއްޓިފައި އޮތް ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް، މުސްތަގުބަލުގައި ކަންކަން ރަނގަޅުކުރަން ކުރެވޭ މަސައްކަތާ ގުޅޭ ގޮތުން ސުވާލުކުރުމުން، ރާފިއު ވަނީ ޖުމްލަކޮށް މުޅި ކުޅިވަރާ ގުޅޭ ޖަވާބެއް ދެއްވައިފަ އެވެ.

"އަޅުގަނޑުމެންގެ ސަރުކާރު ފެށިގެންދިޔައިރުގައި އެންމެ ފުރަތަމަ ވެސް ބެލީ ކުޅިވަރުތަށް، ފުޓްބޯޅަ ވެސް ހިމެނޭގޮތަށް އެންމެ ރަނގަޅަށް ދިވެހި ރާއްޖެ އަށް ފައިދާވާ ގޮތަށް، ކޮމްޕެޓިޓިވް ކުޅިވަރުތަކުން ރާއްޖެ އަށް ރީތި ވަނަތަށް ހޯދައިދެވޭނީ ކޮން ގޮތަކަށް އަޅުގަނޑުމެންގެ ކުޅިވަރުގެ ނިޒާމް ބައްޓަންކޮށްގެންތޯ. އެއީ، އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު ކަމެއް ފުޓްބޯޅަ ކުރިއަރުވަން ވެސް އެހެން ކުޅިވަރުތައް ކުރިއަރުވަން ވެސް،" ރާފިއު ވިދާޅުވި އެވެ.

ކުޅިވަރުން ބޭނުންވާ މިސްރާބަށް ދާން، މަގު ޗާޓެއް އެކުލަވާލުމުގެ މަސައްކަތުގައި ބައިނަލްއަގުވާމީ ތަޖުރިބާކާރުން ގެނެސްގެން، ސަރުކާރުން ވަނީ ލޯންގް ޓާމް ޕްލޭނެއް (ދުރުރާސްތާ ޕްލޭނެއް) ކަރުދާހާ ހަމައަށް ގެނެސްފަ އެވެ.

މި ޕްލޭންގެ ތެރެއިން، ރާއްޖޭގެ ކުޅިވަރަށް ދިމާވާ ގޮންޖެހުންތަކަށް ހައްލުތަކެއް ހޯދޭނެ ކަމަށް މިނިސްޓަރު ދެކިލައްވަ އެވެ. އެންމެ ބޮޑު ކަމަކަށް ފާހަގަކުރެވުނު، ކުޅިވަރު ތެރެއިން އަންނަ ހުއްޓުންތަކަށް ވެސް ހައްލެއް ހޯދޭނެ ކަމުގެ އުންމީދު އެބައޮތެވެ.

"އަޅުގަނޑުމެން އެކުލަވާލީ ލޯންގް ޓާމް ސްޕޯޓްސް ޑިވެލޮޕްމަންޓް ޕްލޭނެއް. އެއީ އަޅުގަނޑު ދެކޭގޮތުގައި، މިކަން ދޭތެރެ ދޭތެރެއިން މަޑުޖެހިފައި އަނެއްކާ ވެސް ކުޅިވަރުތައް އިތުރަށް ކުރިއަރައިގެން އައިސް، ދޭތެރެއަކުން މަޑުޖެހުމަށް، ހުއްޓުވުމެއް ގެނެވޭނީ ނިޒާމެއްގެ ދަށުން ކުޅިވަރު ކުރިއަރުވާނެ ޕްލޭނެއް ހެދިގެން. އެކަމަށްޓަކައި، އަޅުގަނޑުމެން ކުރަން ޖެހޭ މަސައްކަތް ކުރުމަށް އެ އޮތީ ފްރޭމްވޯކެއް ހެދިފައި، އޭގެ ތަފްސީލީ މަސައްކަތް މިހާރު ކުރަމުން މި ދަނީ،" ރާފިއު ވިދާޅުވި އެވެ.

"ދަނޑުތަށް ކޮންފެންވަރަކަށް ހަދައިގެންތޯ. ކުޅިވަރުގެ ހަބްތައް ކޮންތަންތާކުތޯ ބަހައްޓާނީ. އިންޓަނޭޝަނަލް މުބާރާތްތައް އަޅުގަނޑުމެން ކުޅެން ކިހިނެއްތޯ ހަދާނީ، ކޮން ދިމާ އަކަށްތޯ ދާނީ. އިތުރަށް، ފުޓްބޯޅަ ކުރިއަރުވަން ޓްރެއިނިންތައް ގެންދާނެ ގޮތުގެ ނިޒާމެއް، މުޅި ރާއްޖެ ހިމެނޭ ގޮތަށް އަޅުގަނޑުމެން ގެންދާނީ. މި ހުރިހާ ކަމެއް ހިމެނޭ ގޮތަށް ފްރޭމްވޯކެއް ހަދާފައި އެ އޮތީ. ދެން، އެކަން އެގްޒެކިއުޓްކުރަން. ކުރިއަށްގަންދެން ކުރަން ޖެހޭ ތަފްސީލީ މަސައްކަތްތައް ކުރިއަށްދަނީ،"

ފުޓްބޯޅައާ ގުޅޭ ގޮތުން ޖުމްލަ އެކު ޖަވާބެއް ދޭނަަމަ، ރާފިއު ވިދާޅުވީ، "ކުރު ގޮތަކަށް ދަންނަވަންޏާ ފުޓްބޯޅަ ކުރިއަރުވަން ކުރެވެން ހުރި މަސައްކަތްތައް ކުރެވޭނީ މުޅި ދިވެހި ރާއްޖެ ތަމްސީލްވާ ގޮތެއް ހިމެނިގެން" ކަމަށެވެ. އަދި އެ ފަދަ ގޮތަކަށް ކުރިއަށްގެންދެވޭނެ ނިޒާމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ވެސް ރާފިއު ވިދާޅުވި އެވެ.

މިނިސްޓަރު ރާފިއު ވިދާޅުވީ، ކޮންމެ ކުޅިވަރެއް ވެސް ކުރިއަރާނީ އެ ކުޅިވަރެއް ކުރިއެރުވުމުގެ ޒިންމާ އޮތް ބެލެނިވެރި ފަރާތް ކަމަށްވާ ގައުމީ އެސޯސިއޭޝަނާއި ދެން ހުރި ވުޒާރާތައް ގުޅިގެން މަސައްކަތް ކުރުމުން ކަމަށެވެ. އަދި ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ އެހީގައި އެކަން ކުރެވޭނެ ގޮތްތަކެއް ވެސް ފަހިކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox