ރަށްރަށުގައި ސްޕޯޓްސް މިނިސްޓްރީގެ 200 އަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން، މުސާރައަށް އަހަރަކު 46 މިލިއަން ރުފިޔާ

ރައީސް މުއިއްޒު އަދި ސްޕޯޓްސް މިނިސްޓަރު ރާފިއު. ރަށްރަށުގައި އެކަނި އެ މިނިސްޓްރީގެ 225 ސިޔާސީ މުވައްޒަފުން އެބަ ތިބި

ރައީސް މުއިއްޒު އަދި ސްޕޯޓްސް މިނިސްޓަރު ރާފިއު. ރަށްރަށުގައި އެކަނި އެ މިނިސްޓްރީގެ 225 ސިޔާސީ މުވައްޒަފުން އެބަ ތިބި

ރާއްޖޭގެ އެކި ރަށްރަށުގައި ސްޕޯޓްސް މިނިސްޓްރީން މުސާރަ ދޭ 200 އަށްވުރެ ގިނަ މީހުން ތިބިއިރު އެ މީހުންގެ މުސާރައަށް 3.8 މިލިއަން ހަރަދުވާކަން ހާމަވެއްޖެ އެވެ.

ރާއްޖޭގެ ގިނަ ސަރުކާރުތަކުގައި ޔޫތު އެންޑް ސްޕޯޓްސް އެއް މިނިސްޓްރީއެއްގެ ދަށުން ހިންގަމުންދިޔަ ނަމަވެސް މި ސަރުކާރުން ވަކި ދެ މިނިސްޓްރީއެއް އުފެއްދި އެވެ. ސްޕޯޓްސް މިނިސްޓަރަކީ އަބްދުالله ރާފިއު އެވެ.

އަދަދު ނޫހަށް ވަނީ އެ މިނިސްޓްރީން އެކި ރަށްރަށަށް ނަގާފައިވާ މުވައްޒަފުންގެ ނަމާއި، މަގާމާއި، އެ މީހުން ވަޒީފާ އަދާކުރާ ރަށްރަށުގެ ލިސްޓެއް ލިބިފަ އެވެ.

ރަށްރަށުގައި ތިބި ސްޕޯޓްސް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން

  • 1 ޑެޕިއުޓީ މިނިސްޓަރު (މަހު މުސާރަ: 31،500ރ.)
  • 45 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން (މަހު މުސާރަ: 25،000ރ.)
  • 48 ޕޮލިޓިކަލް ޑިރެކްޓަރުން (މަހު މުސާރަ: 20،000ރ.)
  • 18 އެސިސްޓަންޓް ޕޮލިޓިކަލް ޑިރެކްޓަރުން (މަހު މުސާރަ: 15،000ރ.)
  • 113 ޔޫތު އެސޯސިއޭޓުން (މަހު މުސާރަ: 13،000ރ.)

އެ ލިސްޓަށް ބަލާއިރު އެ މީހުންނަށް މުސާރަ ދިނުމަށް މަހެއްގެ މައްޗަށް ދައުލަތުގެ ބަޖެޓުން 3.85 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ. އެއީ އަހަރެއްގެ މައްޗަށް 46.2 މިލިއަން ރުފިޔާ އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރުގައި ބާކީ އޮތް 31 މަސްދުވަހު އެ 225 މުވައްޒަފުންގެ މުސާރައަށް ދައުލަތުގެ ބަޖެޓުން 119 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރަން ޖެހޭނެ އެވެ.

އަދަދުއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ތެރެއިން ބައެއް މުވައްޒަފުން ވަޒީފާއަށް ނުކުންނާނެ އޮފީހެއް ވެސް އެ ރަށްރަށުގައި ނެތެވެ. އޭގެ ތެރެއިން ބައެއް މުވައްޒަފުން ގިނަ ވަގުތު ހޭދަކުރަނީ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެމްޕޭން ހަރަކާތްތަކުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox