މާޝިއާލް އަށް ޔުނައިޓެޑްގައި އިތުރު ފުރުސަތެއް ނެތް

Apr 15, 2024, 11:01 AM
މާޝިއާލް އަށް ޔުނައިޓެޑްގައި އިތުރު ފުރުސަތެއް ނެތް

މެންޗެސްޓާ (އޭޕްރީލް 15) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންދާ ފްރާންސްގެ ފޯވަޑް އެންތަނީ މާޝިއާލްގެ ކޮންޓުރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވުމުން، އެ ކްލަބުން އޭނާ ދޫކޮށްލާނެ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

ފްރާންސްގެ މޮނާކޯ އިން 2015 ވަނަ އަހަރު ޔުނައިޓެޑަށް ބަދަލުވި މާޝިއާލް، 28، އަށް މި ސީޒަންގައި ވެސް އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެ، މާ ގިނަ މެޗެއް ނުކުޅެވުނެވެ. މި ސީޒަންގެ ޕްރިމިއާ ލީގުގައި އޭނާ ކުޅުނު 13 މެޗުން ޖެހުނީ އެންމެ ލަނޑެކެވެ.

ޔުނައިޓެޑްގެ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗުގައި ލިވަޕޫލް ކޮޅަށް ލަނޑު ޖަހައި، މާޝިއާލް، ޔުނައިޓެޑްގެ ކެރިއަރު ފެށީ އުންމީދު ބޮޑުކޮށެވެ. އެކަމަކު، އެ ކްލަބުގައި ހޭދަކުރި އަށް ސީޒަންގައި އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެ، އޭނާގެ ބޭނުން ޔުނައިޓެޑަށް އެންމެ އެކަށީގެންވާ ގޮތުގައި ނުހިފުނެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި މި ސީޒަންގެ ނިޔަލަށް މާޝިއާލްގެ ކޮންޓުރެކްޓް ހަމަވާއިރު، އިތުުރު އެއް އަހަރަށް ކޮންޓުރެކްޓް އާކުރަން އޮތް އިހުތިޔާރު ޔުނައިޓަޑުން ބޭނުމެއް ނުކުރާނެ އެވެ. އެހެންކަމުން، މާޝިއާލްގެ ކެރިއަރު ދެން ކުރިއަށް ގެންދަންޖެހޭނީ އެހެން ކްލަބެއްގަ އެވެ.

މިދިޔަ އަހަރު އިޓަލީގެ އިންޓަ މިލާނުން މާޝިއާލް އަށް ޝައުގުވެރިވިއެވެ. އެއީ ދެން ވެސް އޭނާ ގެންދަން މަސައްކަތްކޮށްފާނެ އެއް ކްލަބެވެ. އޭގެ އިތުރުން ތުުރުކީ އާއި ފްރާންސްގެ ބައެއް ކްލަބުތަކުން ވެސް އޭނާ ގެންދަން ޝައުގުވެރިވާ ކަމަށްވެ އެވެ.

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox