ތިނަދޫ-ކާޑެއްދޫ ބްރިޖުގެ ދިރާސާތައް ހަދާނެ ބަޔަކު ހޯދަނީ

ކާޑެއްދޫ އެއާޕޯޓު: ކާޑެއްދޫ އާއި ތިނަދޫގެ ދުރުމިނަކީ 4.4 ކިލޯމީޓަރު -- ފޮޓޯ: ސޯޝަލް މީޑިއާ

ކާޑެއްދޫ އެއާޕޯޓު: ކާޑެއްދޫ އާއި ތިނަދޫގެ ދުރުމިނަކީ 4.4 ކިލޯމީޓަރު -- ފޮޓޯ: ސޯޝަލް މީޑިއާ

މި ސަރުކާރުން ދެކުނުގެ އަތޮޅުތަކުގައި އަޅަން ރާވާފައިވާ ބްރިޖުތަކުގެ ތެރެއިން ގދ. ތިނަދޫ އާއި ކާޑެއްދޫ ގުޅާލާ ބްރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ސާވެ އާއި އެސެސްމަންޓާއި ފީސިބިލިޓީ ސްޓްޑީގެ ކޮންސަލްޓަންސީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިންފްރާސްޓްރަކްޗާ މިނިސްޓްރީން އިއްޔެ އިއުލާންކޮށްފި އެވެ.

ތިނަދޫ - ކާޑެއްދޫ ލިންކުގެ ނަން ދީފައިވާ މި މަޝްރޫއުގެ ކޮންސަލްޓަންޓާ އެކީ މި ޕްރޮޖެކްޓުގެ މަސައްކަތް ކުރުމަށް ބޭނުންވާ ފުޅާދާއިރާއެއްގެ ދިރާސާއެއް ކުރުމަށް ހަމަޖެހިފައިވެ އެވެ. އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުގައި މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ މަސައްކަތުގެ ކޮލިޓީ އާއި އަގަށް ރިއާޔަތްކުރާ، ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން ކޮންސަލްޓަންސީ ޕްރޮކިއުމަންޓް އުސޫލުގެ ދަށުންނެވެ.

މިކަމަށް ޝައުގުވެރިކަން ހުރި ފަރާތަކީ މަސައްކަތުގެ ތަޖުރިބާ އާއި ސީދާ ދާއިރާގެ މަސައްކަތުގެ ތަޖުރިބާ ވެސް ލިބިފައިވާ ފަރާތަކަށް ވާން ޖެހެ އެވެ. އަދި މަސަައްކަތް ކުރަން ގެންގުޅޭ ކޮންސަލްޓަންޓުންނަކީ މަސައްކަތުގައި ބައިވެރިވޭނެ ފަރާތްތަކެއްތޯ މިނިސްޓްރީން ބަލާނެ އެވެ. ހުށަހެޅުންތަކުގެ ފެންވަރު ރަނގަޅު ކުރަން ބޭނުންވާ ބަޔަކަށް އެހެން ބަޔަކާ ގުޅިގެން ޕްރޮޕޯސަލްތައް ހުށަހަޅަން ވެސް މިނިސްޓްރީން ފުރުސަތު ދީފައިވެ އެވެ.

Advertisement

ތިނަދޫ-ކާޑެއްދޫ ބްރިޖުގެ ދިރާސާތައް ހަދަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 31 ގެ 12:00 އެވެ. މިނިސްޓްރީން ބުނީ ޕްރޮޕޯސަލް ހުށަހަޅަން ދައުވަތު ދޭނީ މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ކުންފުނިތަކަށް އެކަނި ކަމަށެވެ.

ހުވަދޫ އަތޮޅު ދެކުނު ބުރީގެ ވެރިކަން ކުރާ ރަށް ތިނަދު އާއި ކާޑެއްދޫ އެއާޕޯޓާ ދެމެދުގައިވާ ދުރުމިނަކީ 4.4 ކިލޯމީޓަރެވެ. މިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުގައި މި މަޝްރޫއަށް އިންވެސްޓަރުން ހޯއްދަވަން މަސައްކަތް ކުރެއްވި އެވެ.

މިހާތަަނަށް މި މަޝްރޫއު ހިންގަން ބަޔަކު ޝައުގުވެރިކަން ފާޅު ނުކުރި ނަމަވެސް، ދެކުނުގައި އަޅަން ރާވާފައިވާ އަނެއް ބްރިޖު، ހިތަދޫ - ހުޅުދޫ ބްރިޖު އަޅަން މިސްރުގެ އަރަބް ކޮންސްޓްރަކްޝަން ގްރޫޕުގެ ހުށަހެޅުމެއް ލިބިފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox