މުޅި ކެރިއަރު އެއްކޮށް އެތުލެޓިކޯގައި ހުރުމުގެ ވިސްނުމެއް ސިމިއޯނީގެ ނެތް

Nov 15, 2023, 5:48 AM
މުޅި ކެރިއަރު އެއްކޮށް އެތުލެޓިކޯގައި ހުރުމުގެ ވިސްނުމެއް ސިމިއޯނީގެ ނެތް

މެޑްރިޑް (ނޮވެމްބަރު 15) - ކޯޗިން ކެރިއަރުގެ ބާކީ ބައި ނިންމާލާނީ އެތުލެޓިކޯ މެޑްރިޑްގައި ހުރެ ނޫން ކަމަށް މަޝްހޫރު ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.

އާޖެންޓީނާ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ސިމިއޯނީ، 53، އޭނާ ކުރިން ކުޅުނު އެތުލެޓިކޯގެ ކޯޗުކަމާ 2011 ވަނަ އަހަރު ހަވާލުވުމުގެ ކުރިން ގިނައިން ކޯޗުކޮށްދިނީ އާޖެންޓީނާ ކްލަބްތަކަށެވެ. އެ ގޮތުން، 2006 ވަނަ އަހަރު، އާޖެންޓީނާގެ ރޭސިން ކްލަބުން ކޯޗިން ކެރިއަރު ފެށި ސިމިއޯނީ ވަނީ އެ ގައުމުގެ، އެސްޓޫޑިއާންޓެސް، ރިވާ ޕްލޭޓް އަދި ސެން ލޮރެންޒޯ އަށް ކޯޗުކޮށްދީފަ އެވެ. އަދި އިޓަލީގެ ކަޓާނިއާގައި ވެސް މަސައްކަތް ކުރި އެވެ.

އެތުލެޓިކޯގެ ކޯޗުކަމާ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުވި ސިމިއޯނީ ވަނީ ދާދި ފަހުން 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެތުލެޓިކޯއާ އެކު ކޮންޓްރެކްޓް އާ ކޮށްފަ އެވެ.

އާޖެންޓީނާގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ސިމިއޯނީ ބުނީ މިއީ އެތުލެޓިކޯއާ އެކު އޭނާގެ ފަހު ކޮންޓްރެކްޓަށް ވުމުގެ ފުރުސަތު އެބައޮތް ކަަމަށެވެ.

"ޔަގީނުން ވެސް އަހަރެން ކޮންމެވެސް އެހެން ދިމާލެއްގައި ކޯޗިން މަސައްކަތް އަދި ކުރާނެ، އެއީ އަދި ވިސްނާފައި ނިންމަން ޖެހޭ ނިންމުމެއް،" ސިމިއޯނީ ބުންޏެވެ.

އާޖެންޓީނާ ގައުމީ ޓީމާ ހަވާލުވެދާނެތޯ އެހުމުން ސިމިއޯނީ ވަނީ އެއީ އަދި ވިސްނުމަށް ވެސް ނުގެންނަ ކަމެއް ކަމަށް ބުނެފަ އެވެ.

ސިމިއޯނީ ވަނީ އެތުލެޓިކޯ އަށް ރަނގަޅު ކާމިޔާބީތަކެއް ވެސް ހޯދައިދީފަ އެވެ. އެ ގޮތުން، ސްޕެނިޝް ލީގާއި ޔޫރޮޕާ ލީގާއި ޔުއެފާ ސުޕަ ކަޕް ވަނީ ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި ސްޕެނިޝް ކަޕާއި ސްޕެނިޝް ސުޕަ ކަޕް އެއް ފަަހަރު ކާމިޔާބު ކުރިއިރު، ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދެ ފަހަރު ދަތުރުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox