އައިބީސީ ވޯލްޑް ޓުއާގައި މި އަހަރު ވެސް "މޯލްޑިވްސް ޕްރޯ" ހިމަނައިފި

Feb 4, 2023, 3:35 AM
މިދިޔަ އަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯ އިވެންޓްގެ ތެރެއިން ރާއްޖޭގެ ޖާއްޓެ ރާޅާ އަޅަނީ.-- ފޮޓޯ: އަަދަދު

މިދިޔަ އަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯ އިވެންޓްގެ ތެރެއިން ރާއްޖޭގެ ޖާއްޓެ ރާޅާ އަޅަނީ.-- ފޮޓޯ: އަަދަދު

އިންޓަނޭޝަނަލް ބޯޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ވޯލްޑް ޓުއާގައި މި އަހަރު ވެސް "މޯލްޑިވްސް ޕްރޯ" ހިމަނައި، އައިބީސީގެ މި އަހަރުގެ ކަލަންޑަރު އިއުލާން ކޮށްފި އެވެ.

ބޮޑީބޯޑިންގެ ދުނިޔޭގެ އެންމެ މަތީ ފަންތީގެ މުބާރާތުގައި ހިމެނޭ އެއް ލެގު ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރުގެ ޖުލައި 29 އިން އޮގަސްޓް 7 މާލޭގައި ކުރިއަށްދިޔަ "މޯލްޑިވްސް ޕްރޯ" އަކީ މިދިޔަ އަހަރު އައިބީސީ ޓުއާގައި ކުރިއަށްދިޔަ ދެ ވަނަ އަށް އެންމެ އަގުބޮޑު މުބާާރާތެވެ. މި މުބާރާތުގައި ދުނިޔޭގެ 15 ގައުމަކުން މަޝްހޫރު ބޯޑަރުން ވާދަކުރި އެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ދިވެހި އެތުލީޓުން ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. މިގޮތުން ޖޫނިއާ ބައިގެ ފައިނަލްގައި އާމިން އުމަރު މޫސާ ވާދަކުރިއިރު، ޑްރޮޕް ނީ ބައިގެ ސެމީ ފައިނަލުގައި އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ވާދަކުރި އެވެ. މި ނަތީޖާތަކާ އެކު ދުނިޔޭގެ ރޭންކިންގައި ވެސް މި ދެ ކުޅުންތެރިން ހިމެނުނެވެ. އަހަރު ނިންމާލިއިރު، ކުޑަ އައްޔަ އޮތީ ޑްރޮޕް-ނީ ބައިގެ 12 ވަނައިގަ އެވެ.

އެ މުބާރާތުން ލިބުނު ތަޖުރިބާ އަށް ބަލައި ރާއްޖޭގެ ބައެއް ބޯޑަރުން އަންނަނީ ވޯލްޑް ޓުއާގެ ބައެއް މުބާރާތްތަކުގައި މިއަހަރު ވާދަކުރުމަށް މަސައްކަތް ކުރަމުންނެވެ. މި ގޮތުން ރާއްޖޭގެ ޗެމްޕިއަން، ކުޑަ އައްޔަ އަންނަނީ މޯލްޑިވްސް ޕްރޯ ހިމެނޭ ގޮތަށް ހަތަރު މުބާރާތެއްގައި ވާދަކުރުމަށް މަސައްކަތް ކުރަމުންނެވެ.

އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ މުބާރާތެއް އޭޝިއާ ސަރަހައްދުގައި ފުރަތަމަ ފަހަރަށް ބޭއްވުމަށް ފަހު އައިބީސީ އިން ބުނީ ރާއްޖޭގައި ބޭއްވި މުބާރާތަކީ އިންތިޒާމްގެ ގޮތުންނާއި ލެވެލްގެ ގޮތުން ބަލާއިރު، ވަރަށް ފެންވަރު ރަނގަޅު މުބާރާތެއް ކަމަށެވެ. އަދި ރާއްޖޭގައި ބޮޑީބޯޑިން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އެ އިދާރާއިން ހާމަކުރި އެވެ.

ރާއްޖޭގައި "މޯލްޑިވްސް ޕްރޯ އޮންނާނީ އޮގަސްޓް 3-12 އަށެވެ. އައިބީސީގެ 2023ގެ މުބާރާތްތައް އިއުލާންކުރިއިރު، މި އަހަރު ވެސް "މޯލްޑިވްސް ޕްރޯ" ހިމެނުނީ ދެ ވަނަ އަށް އެންމެ އަގުބޮޑު މުބާރާތުގެ ގޮތުގަ އެވެ. މިދިޔަ އަހަރާ ހިލާފަށް މި އަހަރުގެ މުބާރާތުގެ ފިރިހެން އޯޕަން ބައިގެ އެއް ވަނަ އަށް 3000 ޕޮއިންޓް ލިބޭނެ އެވެ. އެ ގޮތުން، 3000 ޕޮއިންޓަކީ ވޯލްޑް ޓުއާގައި އެއް މުބާރާތަކުން އެންމެ ގިނައިން ކުޅުންތެރިއަކަށް ލިބޭނެ އަދަދެވެ.

ރާއްޖޭގައި ބާއްވާ މުބާރާތުގައި ހަތަރު ކެޓަގަރީ އެއް ހިމަނާފައިވުމާއި، ޕޮއިންޓްގެ އަދަދަށް ބަލާއިރު އެންމެ މަތިން ޕޮއިންޓް ލިބޭ މުބާރާތަކަށް މޯލްޑިވްސް ޕްރޯ ވުމުގެ ސަބަބުން މި އަހަރު ގިނަ ބޯޑަރުންތަކެއް ރާއްޖެ އަންނާނެ ކަމަށް ބެލެވެ އެވެ.

އައިބީސީ ވޯލްޑް ޓުއާގައި މި އަހަރު ހިމެނި އެހެން މުބާރާތްތަކަށް ބަލާއިރު، ދެން އެންމެ ފާހަގަކޮށްލެވޭ މުބާރާތްތަކަކީ ވޯލްޑް ޗެމްޕިއަން، ކަނޑައަޅާ ކެނެރީ އައިލެންޑްސްގައި ބާއްވާ ފްރޮންޓޮން ކިންގް މުބާރާތާއި، ބްރެޒިލްގައި އޮންނަ އިޗްކޮޗިއާރާ ޕްރޯ އާއި ޗިލީގައި އޮންނަ އަންޓޮފަގަސްޓާ ބޮޑީބޯޑިން ފެސްޓިވަލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox