2022ގެ އެންމެ ފެންވަރު ރަނގަޅު ބޮޑީބޯޑިން މުބާރާތަކަށް ވިޒިޓް މޯލްޑިވްސް ޕްރޯ!

Jan 14, 2023, 10:40 AM
މޯލްޑިވްސް ޕްރޯގެ އިވެންޓަކަށް ފަހު ކުޑައައްޔަ ރާއްޖޭގެ ދިދަ ހިފައިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މޯލްޑިވްސް ޕްރޯގެ އިވެންޓަކަށް ފަހު ކުޑައައްޔަ ރާއްޖޭގެ ދިދަ ހިފައިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) އިން އިންތިޒާމްކޮށްގެން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ބޮޑީބޯޑިން ވޯލްޑް ޕްރޯ ޓުއާގެ މުބާރާތްތަކުގެ ތެރެއިން އެންމެ ފުރިހަމަ މުބާރާތުގެ ގޮތުގައި ރާއްޖޭގައި ބޭއްވި މޯލްޑިވްސް ޕްރޯ 2022 ކަމަށް ކަނޑައަޅައިފި އެވެ.

މޯލްޑިވްސް ޕްރޯ އަކީ ޖުލައި މަހުގެ 29 އިން އޮގަސްޓް 6 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ބޭއްވި ބޮޑީބޯޑިންގެ އެންމެ މަތީ ފަންތީގެ މުބާރާތެކެވެ. މި މުބާރާތުގައި ދުނިޔޭގެ 15 ގައުމަކުން ނަން މަޝްހޫރު އެތައް އެތުލީޓުންނެއް ވާދަކުރި އެވެ. އޭގެ ތެރޭގައި ދުނިޔޭގެ ޗެމްޕިއަނުންވެސް ހިމެނެ އެވެ.

"ވިޒިޓް މޯލްޑިވްސް ޕްރޯ 2022" އަށް ފަހު އައިބީސީ އިން ވެސް ވަނީ މުބާރާތުގެ އިންތިޒާމްތައް ރަނގަޅުކަން ފާހަގަކޮށްފަ އެވެ.

އޭޝިއާ ސަރަހައްދުގައިވެސް ބޭއްވި ފުރަތަމަ މުބާރާތާއި ގުޅޭގޮތުން މިދިޔަ އަހަރު އައިބީސީގެ ސީއީއޯ އަދި ވޯލްޑް ޓުއާ މެނޭޖާ ގްލެން ކުއެވޭސް ވިދާޅުވީ މުބާރާތުގެ އިންތިޒާމްތަކާއި ހިންގުންތެރިކަމަށް ބަލާއިރު، ރާއްޖޭގެ ބޮޑީބޯޑިން އެސޯސިއޭޝަނުން ކޮށްފައިވަނީ ފާހަގަކޮށްލަން ޖެހޭ ފެންވަރުގެ މަސައްކަތެއް ކަމަށެވެ.

ވޯލްޑް ޓުއާގެ 2022ގެ ހުރިހާ މުބާރާތެއް ނިމުމަށް ފަހު މި އަހަރުގެ މުބާރާތްތަކަށް ތައްޔާރުވަމުން އަންނައިރު މިދިޔަ އަހަރުގެ މުބާރާތްތަކާއި ގުޅޭ އެކި ވާހަކަތައް ދުނިޔޭގެ އެކި މީޑިއާތަކުގައި އަންނަނީ ފާހަގަކުރަމުންނެވެ.

އެ ގޮތުން ކޮވިޑުގެ މެދު ކެނޑުމަށްފަހު ބޭއްވި ފުރިހަމަ މުބާރާތުގެ ކާމިޔާބީ އާއި އެތުލީޓުންގެ މަސައްކަތް އަންނަނީ ފާހަގަކުރަމުންނެވެ. މީގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަވީ މިދިޔަ އަހަރުގެ އެންމެ ފުރިހަމަ މުބާރާތުގެ ގޮތުގައި ރާއްޖޭގައި ބޭއްވި މޯލްޑިވްސް ޕްރޯ ފާހަގަކުރުމެވެ.

"މިދިޔަ އަހަރުގެ އެންމެ ފުރިހަމަ މުބާރާތަކީ ރާއްޖޭގައި ބޭއްވި ވިޒިޓް މޯލްޑިވްސް ޕްރޯ، މުބާރާތުގެ ފޯރިއާއި، ބައިވެރިވުމާއި، ލައިވް ކުރުމަށް ބަލާއިރުވެސް މިއީ ވަރަށް ފުރިހަމަ މުބާރާތެއް" ބޮޑީބޯޑިންގެ ރިވިއުތައް ލިޔާ މީޑިއާތަކުގައި ލިޔެފައިވެ އެވެ.

ރިވިއުތަކުގައި ފާހަގަކޮށްފައިވާ ގޮތުން މޯލްޑިވްސް ޕްރޯ އަކީ ދުނިޔޭގެ ގައުމެއްގެ ރައީސަކު ބައިވެރިވި ދެ ވަނަ ވޯލްޑް ޓުއާ މުބާރާތެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހު، މޯލްޑިވްސް ޕްރޯގެ ހީޓުތައް ބައްލަވާލައްވަން ވަޑައިގެންނެވިކަން ފާހަގަކުރަމުން އައިބީސީ އިން ވަނީ އެއީ މުޅި މުބާރާތަށް ވެސް ލިބުނު ފުރިހަމަކަމެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.

ރައީސް ސޯލިހުގެ ކުރިން އައިބީސީ ޓުއާގެ އިވެންޓެއް ބައްލަވާލެއްވި ރައީސަކީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އެވެ. އޮބާމާ ވަނީ އެމެރިކާގެ ހަވާއީގައި 2015 ވަނަ އަހަރު ކުރިއަށްދިޔަ އައިބީސީ އިވެންޓެއް ބައްލަވާލައްވައިފަ އެވެ.

އައިބީސީ ވޯލްޑް ޓުއާ އިވެންޓުތަކުގެ ތެރެއިން ރާއްޖޭގެ އިވެންޓުވީ މުބާރާތުގެ ބައެއް ކެޓަގަރީތަކުގެ ޗެމްޕިއަނުން ކަނޑައެޅުމުގައި މުހިންމު އިވެންޓަކަށެވެ. މިދިޔަ އަހަރުގެ އަންހެން ޗެމްޕިއަންކަން ހޯދި އިޒަބެލާ ސޫސާ އަށް އެއް ވަނަ ލިބުމުގައި ރާއްޖޭގެ މުބާރާތުން އޭނާ ހޯދި ކާމިޔާބީއާ އެކު ލިބުނު ޕޮއިންޓްތައް މުހިންމު ދައުރެއް އަދާކުރި އެވެ.

މީގެ އިތުރުން ޑްރޮޕް ނީ ޑިވިޝަންގެ ޗެމްޕިއަންކަން ޑޭވިޑް ހަބާޑް އަށް ލިބުމާއި ޖޫނިއާ ބައި ގެބްރިލް މޮލީނާ ކާމިޔާބު ކުރުމުގައިވެސް ރާއްޖޭގެ ޕްރޯގައި އެ ދެ އެތުލީޓުން ޗެމްޕިއަންކަން ހޯދުން މުހިންމު ދައުރެއް އަދާކުރި އެވެ.

އައިބީސީ ވޯލްޑް ޓުއާގެ 2023ގެ އިވެންޓު ކަލަންޑަރު އަދި އިއުލާންކޮށްފަ އެއް ނުވެ އެވެ. ނަމަވެސް މިދިޔަ އަހަރުގައި ރާއްޖެ އިން އިންތިޒާމްކުރި ފުރިހަމަ އިވެންޓާ އެކު މި އަހަރު ވެސް މޯލްޑިވްސް ޕްރޯ ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox