"ވިޒިޓް މޯލްޑިވްސް ޕްރޯ 2022": ދިވެހިވަންތަ ޓްރެއިލާ ލޯންޗްކޮށްފި

Jul 15, 2022, 5:00 AM
ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ ޓްރެއިލާގެ މަންޒަރެއް.

ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ ޓްރެއިލާގެ މަންޒަރެއް.

މި މަހު ފަހުކޮޅު މާލޭ ރާޅުގަނޑު ސަރަހައްދުގައި ފަށާ "ވިޒިޓް މޯލްޑިވްސް ޕްރޯ 2022" ގެ ތައްޔާރީތަކާއި ދިވެހިވަންތަ ގިނަ ބައިބައި ހިމެނޭ ގޮތަށް ޓްރެއިލާ ލޯންޗްކޮށްފި އެވެ.

ދުނިޔޭގެ ޗެމްޕިއަން ބޮޑީބޯޑަރުން ވާދަކުރާ ވިޒިޓް މޯލްޑިވްސް ޕްރޯގައި ރާއްޖޭގެ ބޮޑީބޯޑަރުން ވެސް ފެންނާނެ އެވެ. މި މުބާރާތް އޮތީ މި މަހު 29 އިން އަންނަ މަހުގެ ހަތް ވަނަ ދުވަހަށެވެ. ރޭ މުބާރާތުގެ ޓްރެއިލާ ލޯންޗްކުރިއިރު، މުބާރާތަށް 15 ދުވަހުގެ ކައުންޓް ޑައުންއެއް ވެސް ވަނީ ފަށައިފަ އެވެ.

މުބާރާތުގެ ޓްރެއިލާ ދައްކާލިއިރު، އޭގެއިން މާނަފުން ވީޑިއޯ ތަކެއް ވަނީ ދައްކާލައިފަ އެވެ. އެގޮތުން ރާއްޖޭގެ ދިރިއުޅުމުގެ ކަންކަމާއި ގުދުރަތީ ރީތިކަން ދައްކުވައިދޭ މަންޒަރުތައް ހިމެނޭއިރު، ބޮޑީބޯޑަރުން ރާޅުތަކުގެ ތެރޭގައި އުޅޭ ހިތްގައިމު ވީޑިއޯތައް ވެސް ހިމެނެ އެވެ. އަދި ރާޅުގަނޑު ސަރަހަައްދު މަތިން ފެންނަ ގޮތަށް ވީޑިއޯއެއް ހިމަނާފައިވާއިރު، ބޮޑީބޯޑިންގެ ސަޕޯޓަރުންގެ ރޫހު ފެންނަ މަންޒަރުތައް ވެސް ޓްރެއިލާ އިން ފެނެ އެވެ.

މި މުބާރާތުގައި އެކި ގައުމުތަކުން 150 އެއްހާ އެތުލީޓުން ވާދަކުރާނެ އެވެ. ހަތަރު ކެޓަގަރީއަކުން ބައިވެރިވާ ވާދަކުރާ މި އިވެންޓަކީ ވޯލްޑް ޓުއާގެ ލެގެއް އޭޝިއާ ސަރަހައްދުގައި ބާއްވާ ފުރަތަމަ ފަހަރެވެ. އަދި މިއީ ޓުއާގައި ހިމެނޭ މުބާރާތްތަކުގެ ތެރެއިން ދެ ވަނަ އަށް އެންމެ ފައިސާގެ އިނާމްވެސް ބޮޑު މުބާރާތެވެ. މިގޮތުން އިނާމް ފައިސާގެ ގޮތުގައި 70،000 ޑޮލަރު ހަތަރު ކެޓަގަރީ އަކަށް ބަހާލެވޭނެ އެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގެ ލޯގޯ އަކީ ވެސް ދިވެހި ގިނަ ކުލަވަރުތަކެއް ހިމެނޭގޮތަށް ރާއްޖެ ރަމްޒުކޮށްދޭ ގޮތްތަކާ އެކު ފަރުމާކުރެވިފައިވާ ލޯގޯ އެކެވެ.

މިއީ ބޮޑީބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީބީއޭ) އަށް ވެސް ބޮޑު ތަޖުރިބާ އެކެވެ. މި ވަރުގެ މުބާރާތެއް ރާއްޖެ އަށް ގެނެސް ކާމިޔާބު ކަމާ އެކު އިވެންޓް ބޭއްވުމަށް، އެމްބީބީއޭ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ވިޒިޓް މޯލްޑިވްސްއާ ގުޅިގެން މި މުބާރާތް ކުރިއަށްދާއިރު، މިއީ ރާއްޖެ އިސްތިހާރު ކޮށްލަން ވެސް ލިބިގެންދާ ބޮޑު ފުރުސަތެކެވެ.

ދިވެހި ގިނަ ބޮޑީބޯޑަރުން ވެސް މި މުބާރާތުގައި ފެނިގެންދާއިރު، މިއީ އެ ބޮޑީބޯޑަރުންގެ ކެރިއަރުގައި ވެސް ހާއްސަ މުބާރާތަކަށްވާނެ އެވެ.

އެމްބީބީއޭގެ ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް) ވިދާޅުވީ، މިއީ ދިވެހި އެތުލީޓުންނަށް ވޯލްޑް ޓުއާގެ ކުރިއަށް ހުރި މުބާރާތްތަކުގައި ބައިވެރިވުމަށް ހުޅުވާލެވޭ ރަނގަޅު ފުރުސަތެއް ކަމަށެވެ. މިކަމުގެ ސަބަބުން އިންޓަނޭޝަނަލް މި ވަރުގެ މުބާރާތަށް އެކި އެކި ސަބަބުތަކާ ހެދި ބައިވެރިނުވެވި ތިބި ދިވެހި ބޮޑީބޯޑަރުންނަށް އިތުރު ހިތްވަރެއް ލިބޭނެ ކަމަށް ރަޝް ފާހަަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox