މޯލްޑިވްސް ޕްރޯ ޖޫނިއާ މެންސް ރައިސިން ސީރީސްގެ ޗެމްޕިއަންކަން އިޔަން އަށް

Aug 20, 2026, 9:55 PM
މިދިޔަ އަހަރުގެ ގައުމީ ބަނޑުފިލާ ޗެެލެންޖުގެ ތެެރެއިން އިޔަން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

މިދިޔަ އަހަރުގެ ގައުމީ ބަނޑުފިލާ ޗެެލެންޖުގެ ތެެރެއިން އިޔަން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ވޯލްޑް ޓުއާ އިވެންޓެއް ކަމަށްވާ މޯލްޑިވްސް ޕްރޯ 2026 ގެ ޖޫނިއާ މެންސް ރައިސިން ސީރީސް އިވެންޓްގެ ޗެމްޕިއަންކަން، ގައުމީ ބޮޑީބޯޑިން ޓީމުގެ އިޔަން އަހުމަދު ހޯދައިފި އެވެ. 

އޭޝިއާގެ ސަރަަހައްދުގެ އެތުލީޓުންނަށް ހާއްސަކުރި ޖޫނިއާ އިވެންޓުގައި ވާދަކުރީ ހަމައެކަނި ރާއްޖޭގެ ތިން އެތުލީޓުންނެވެ. އެއީ، އިޔަންގެ އިތުރުން، ނޫހު މުހައްމަދު ދުނައިމް އިރުޝާދު އަދި ދާއިން އަބްދުލް ފައްތާހު އެވެ. 

ތުލުސްދޫގެ މަޝްހޫރު ސާފް ޕޮއިންޓް، "ކޯކްސް" ރާޅުގަނޑުގައި ކުރިއަށްދިޔަ މިއަދުގެ ފައިނަލް ހީޓުގައި، މިދިޔަ އަހަރުގެ ޖޫނިއާ ލީގުގެ ޗެމްޕިއަންކަން ހޯދި އިޔަން ކާމިޔާބުކުރީ، 0.15 ޕޮއިންޓުގެ ފަރަގަކުންނެވެ. އިޔަންގެ އެންމެ ރަނގަޅު ދެ ރާޅުގެ ސްކޯ، 7.0 އާއި 6.90 އާ އެކު، ޖުމްލަ ޕޮއިންޓުގެ އަދަދަކީ، 13.90 އެވެ. އިޔަންގެ މައްޗަށް މި ފަހަރުގެ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދި ނޫހު އަށް ސްކޯކުރެވުނީ، 13.75 ޕޮއިންޓެވެ. ނޫހުގެ އެންމެ ރަނގަޅު ދެ ރާޅުގެ ސްކޯ އަކީ، 6.25 އާއި 7.50 ޕޮއިންޓެވެ. 

އައިބީސީ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އިޔަން ބުނީ، މޯލްޑިވްސް ޕްރޯގައި މި ލިބުނު ކާމިޔާބަކީ އެންމެ ފުރަތަމަ ބޮޑީބޯޑިން ފެށިއިރު ވެސް އުންމީދުކުރި ކަމެއް ކަމަށެވެ. އަދި، މި މަގާމަށް ވާސިލްވުމަށްޓަކައި، އާއިލާގެ ފަރާތުން ލިބުނު އެހީ އަކީ އެންމެ ބޮޑު ހިތްވަރު ކަމަށް އިޔަން ވަނީ ފާހަގަކޮށްފަ އެވެ. 

ދެން، މި އިވެންޓްގައި ވާދަކުރި، ދާއިން އަށް 6.0 ޕޮއިންޓް ޖުމްލަ ލިބުނުއިރު، އޭނާގެ އެންމެ ރަނގަޅު ދެ ރާޅުގެ ސްކޯ އަކީ، 2.75 އާއި 3.25 ޕޮއިންޓެވެ. 

އިޔަން އާއި ނޫހު ވަނީ މޯލްޑިވްސް ޕްރޯގެ މެންސް ރައިސިން ސީރީސް އިވެންޓްގައި ވެސް ވާދަކޮށްފަ އެވެ. ނޫހު އެ އިވެންޓުން ކެޓީ ކުއާޓާ ފައިނަލުގައި، ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބޯޑަރު، އަލީ ހުޝްރުވާން މުހައްމަދު (ކުޑަ އައްޔަ)އާ ވާދަކޮށެވެ. އަދި، އިޔަން އަށް އެ އިވެންޓް ނިމުނީ ތިން ވަނަ ބުރުގައި އާމިން އުމަރު މޫސާ އަތުން ބަލިވުމުންނެވެ. 

ކުޑަ އައްޔަ އާއި އާމިން ވަނީ، ކުއާޓާ ފަައިނަލުން މޮޅުވެ ސެމީ ފައިނަލުގައި ވާދަކޮށް، މޯލްޑިވްސް ޕްރޯގެ އޯޕަން ކެޓަގަރީއެއްގެ ސެމީން ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފަ އެވެ. 

ރައިސިން ސީރީސްގެ ސެމީ ފައިނަލް ހީޓުތައް މިއަދު ހެނދުނު ކުރިއަށްދިޔައިރު، ސެމީ ފައިނަލްގެ ފުރަތަމަ ހީޓުގައި، ކުޑަ އައްޔަ ނުކުތީ،  އެ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ދުނިޔޭގެ ވަރުގަދަ ބޮޑީބޯޑަރެއް ކަމަށްވާ ފްރާންސްގެ ޕިއޭރް ލުއިސް ކޮސްޓެސްއާ ދެކޮޅަށެވެ. ކޮސްޓެސް ކުރިހޯދީ 0.8 ޕޮއިންޓުގެ ފަރަގަކުންނެވެ. އޭނާ އަށް އެންމެ ރަނގަޅު ދެ ރާޅުގެ، 7.00 އާއި 7.40އާ އެކު ޖުމްލަ 14.0 ޕޮއިންޓް ލިބުނެވެ. ކުޑަ އައްޔަ، އެންމެ ފަހު ވަގުތާ ހަަމައަށް ވެސް ހިތްވަރު ދެއްކި އެވެ. ކުޑަ އައްޔަގެ އެންމެ ރަނގަޅު ދެ ރާޅަށް، 8.25 އާއި 5.35 ލިބުނުއިރު، ޖުމްލަ އަކީ، 13.60 ޕޮއިންޓެެވެ. 

ސެމީ ފައިނަލްގެ ދެ ވަނަ ހީޓުގައި، އާމިން ވާދަކުރާނީ، އަޝްރަފް ކައިރިން ކުރިހޯދި ކެނަރީ އައިލެންޑްގެ އާރްމީޑޭ ސޮލިވެރެސްއާ އެވެ. އަަރްމީޑޭ ވަނީ 15.50 ޕޮއިންޓް ހޯދައިފަ އެވެ. އެއީ، އެންމެ ރަނގަޅު ދެ ރާޅަށް، 8.0 އާއި 7.50 ޕޮއިންޓެވެ. އާމިން އަށް އެންމެ ރަނގަޅު ދެ ރާޅަށް، 7.0 އާއި 5.50 ލިބުނުއިރު، ޖުމްލަ އަކީ، 12.50 އެވެ. ފައިނަލުގައި ކޮސްޓެސްގެ ޖުމްލަ އަކީ، 18.50 އެވެ. އަދި އަރްމީޑޭ އަށް ލިބުނީ، 14.50 ޕޮއިންޓެވެ. 

މިއީ، ރާޅުގަނޑު ނޫން ސަރަަހެއްދެއްގައި މޯލްޑިވްސް ޕްރޯ ކުރިއަށްދިޔަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މޯލްޑިވްސް ޕްރޯ، ތިން ފަހަރު ބޭއްވީ ވެސް ރާޅުގަނޑުގަ އެވެ. ތުލުސްދޫގައި މީގެ ކުރިން އޭޝިއާގެ ސާފިން މުބާރާތް ވަނީ  ދެ ފަހަރު ހޯސްޓްކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox