ފްލޯޓިން ސިޓީގައި ސޯޝަލް ހައުސިން އަޅަން ގާނޫނު ތަނެއް ނުދޭ: ފައްޔާޒް

މިނިސްޓަރު ފައްޔާޒާއި ރައީސް މުހައްމަދު ނަޝީދު--

މިނިސްޓަރު ފައްޔާޒާއި ރައީސް މުހައްމަދު ނަޝީދު--

ދިވެހިރާއްޖޭގައި އަޅަން މަސައްކަތް ކުރާ ފްލޯޓިން ސިޓީ މަޝްރޫއު ހުއްޓުވާފައިނުވާނެ ކަމަށާއި އެހެންނަމަވެސް ޓޫރިޒަމް ލީޒްއެއްގެ ދަށުން ދޫކޮށްފައިވާ ފަޅުތަކުގައި ސޯޝަލް ހައުސިން ޕްރޮޖެކްޓުތައް ކުރިއަށް ގެންދަން ގާނޫނު ތަން ނުދޭ ކަމަށް އިނޮކޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

ފްލޯޓިން ސިޓީއެއް އެޅުމަށް ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑް ކުންފުންޏަށް 200 ހެކްޓަރުގެ ފަޅެކެވެ. އިކޮނޮމިކް ކައުންސިލުން މި މަޝްރޫއު ހުއްޓުވާފައިވާ ކަމަށް ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވަނީ ތުހުމަތު ކުރައްވާފަ އެވެ.

"ފްލޯޓިން ސިޓީ މަޝްރޫއު އިކޮނޮމިކް ކައުންސިލުން ނުހުއްޓުވަން، އެކަމަކު ފަހުން ޑަޗް ކުންފުނިން ހުށަހެޅި ހުށަހެޅުންތަކަށް ގާނޫނު ތަނެއް ނުދޭ، އެ ބަދަލުތައް މަޝްރޫއަށް ގެންނަން ޖެހޭނީ ގާނޫނު އިސްލާހުކުރަން، ގާނޫނުން އެކަމަށް ތަންނުދޭތީ ކައުންސިލުން އެ ހުއްދަ ނުދޭން ނިންމީ،" ނަޝީދުގެ ތުހުމަތުތަކާ ގުޅިގެން ފައްޔާޒް މި ނޫހަށް ވިދާޅުވި އެވެ.

"ފްލޯޓިން ސިޓީ މޯލްޑިވްސް" ގެ ނަން ދެވިފައިވާ މި އެއް ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ތެރޭގައި ރިސޯޓާއި ޑޮކްޔާޑާއި ލަގްޒަރީ ވިލާތަކުގެ އިތުރުން ދިވެހިންނަށް ވިއްކާލަން އަޅާ ގެތައް ހިމެނެ އެވެ.

އެ ކުންފުނިން އެންމެ ފަހުން މި މަޝްރޫއަށް ގެންނަން ހުށަހެޅި އިސްލާހަކީ ފްލޯޓިން ސިޓީގެ ރިސޯޓެއްގެ ފަޅެއްގެ ތެރޭގައި ސޯޝަލް ހައުސިންގެ އިތުރު ޕްރޮޖެކްޓެއް ކުރިއަށް ގެންދެވޭ ގޮތަށް އެއްބަސްވުމަށް ބަދަލު ގެނައުމަށެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި ޓޫރިޒަމް ލީޒްއެއްގެ ދަށުން ދޫކޮށްފައިވާ ފަޅުތަކެއްގައި ސޯޝަލް ހައުސިން މަޝްރޫއު ކުރިއަށްގެންދާ ނަމަ އެންމެ ފުރަތަމަ ޖެހޭނީ ގާނޫނަށް އިސްލާހު ގެންނާށެވެ. އަދި ގާނޫނު އެގޮތަށް އިސްލާހު ނުކުރާހާ ހިނދަކު އެކަމަށް އެއްބަސްނުވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝީދުގެ ނުރުހުން ސަރުކާރަށް

ފްލޯޓިން ސިޓީ ޕްރޮޖެކްޓެއްގެ ވާހަކަތައް ދެކެވުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އެވެ. އޭރު ފްލޯޓިން ރަށްތަކަކާއި ގޯލްފްކޯހެއް ހަދަން ޑަޗް ޑޮކްލެންޑްސް ކުންފުންޏާ ހަވާލުކުރި ކަމަށް އޭރުގެ ހަބަރުތަކުން ފެންނަން އެބަހުއްޓެވެ. ނަމަވެސް އެ ޕްރޮޖެކްޓު ވުޖޫދަކަށް ނާދެ އެވެ.

އޭގެ ފަހުން އަނެއްކާވެސް ހަމަ އެ ކުންފުންޏާއެކު ޖޮއިންޓް ވެންޗާއެއް ހަދައިގެން ފްލޯޓިން ރަށްތަކެއް ހަދަން މި ސަރުކާރުން ސޮއިކުރީ މާޗު، 2021 ގަ އެވެ.

ފްލޯޓިން ސިޓީ މަޝްރޫއު އިކޮނޮމިކް ކައުންސިލުން ހުއްޓުވާފައިވާ ކަމަށް ބުނެ ނަޝީދު ވަނީ އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި އުދާސްތައް ބަންޑުން ކޮށްލައްވާފަ އެވެ. އަދި އެކަން ހުއްޓުވުމަށް އެންވައިރަމެންޓު މިނިސްޓަރު ޝައުނާ ވެސް ވޯޓު ދެއްވި ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވާފައިވެ އެވެ.

"ޑަޗް ޑޮކްލެންޑްސްއަށް އެކަން ކުރެވޭނެ އެއްވެސް ގޮތެއް ސަރުކާރަކުން ނުދެއްކި، ގަބޫލު ކުރެވޭނީ އަޅުގަނޑު ނަން ހިމެނޭ ޕްރޮޖެކްޓެއް ކަމުން ކުރިއަށް ނުގެންދަވަނީ، އަޅުގަނޑު މިހާރު ގަސްދު ކުރަނީ ޑަޗް ޑޮކްލޭންޑްސް ކުންފުންޏަށް މިކަން މިހިނގާ މަގު ސާފުކޮށްދީ މި ރާއްޖޭގައި ތިކަން ނުވާނެ ކަމަށް ލަފާ އަރުވަން،" ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖުގައި ލިޔުއްވާފައިވެ އެވެ.

މިނިސްޓަރު ޝައުނާ ވަނީ ނަޝީދު ދައްކަވާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި ނަޝީދަށް މިނިސްޓަރު ފައްޔާޒް ވެސް ވަނީ ރައްދު ދެއްވާފަ އެވެ.

ފައްޔާޒް އެ ގުރޫޕުގައި ވިދާޅުވި ގޮތުގައި އެ ޕްރޮޕޯސަލް ހުއްޓުވަން ލަފާ ދެއްވީ ފައްޔާޒް ކަމަށާއި އެ މަޝްރޫއަކީ "ސްކޭމް"އެއް ކަމަށެވެ. މިގޮތުން، މިހާތަނަށް ސަރުކާރުން އެ ކުންފުންޏަށް ދޫކޮށްފައިވާ ތިން ފަޅެއް އެ ކުންފުނިން ވިއްކާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެފައިވެ އެވެ.

ބައިސަން މޯލްޑިވްސްއާ ހަވާލުކޮށްގެން އަޅާ ގެތަކުގެ ކޮންސެޕްޓް: މީގެ ފުރަތަމަ ގެތައް އަންނަ ރޯދަ މަހަށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނި. -- ފޮޓޯ: ބައިސަން މޯލްޑިވްސް
ބައިސަން މޯލްޑިވްސްއާ ހަވާލުކޮށްގެން އަޅާ ގެތަކުގެ ކޮންސެޕްޓް: މީގެ ފުރަތަމަ ގެތައް އަންނަ ރޯދަ މަހަށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނި. -- ފޮޓޯ: ބައިސަން މޯލްޑިވްސް

ބައިސަން މޯލްޑިވްސްއާ ހަވާލުކޮށްގެން އަޅާ ގެތަކުގެ ކޮންސެޕްޓް: ފޮޓޯ: ބައިސަން މޯލްޑިވްސް

"ސަރުކާރުން ފްލޯޓިން ރިސޯޓު އެޅުމަށް 5، 6 ފަޅު އެ ކުންފުންޏަށް މާލޭ ސަރަހައްދުން ދީފައިވަނީ މުޅިން ހިލޭ، އެހެންނަމަވެސް އެތަނުން ތިން ފަޅު ވަނީ އެތައް މިލިއަން ޑޮލަރަކަށް ވިއްކާލާފައި، ވިއްކާލި ފަޅުތައް ހިއްކުމަށް އަންނަނީ މަސައްކަތް ކުރަމުން، އެ ތަނުގައި ފްލޯޓިން ރިސޯޓެއް ނާޅާނެ،" ފައްޔާޒް ވިދާޅުވި އެވެ.

އަދި، އެ ކުންފުނިން މިހާރު މަސައްކަތް ކުރަމުން އަންނަނީ އިތުރު ފަޅެއްގައި ހަ ރިސޯޓެއް ހިއްކުމަށްފަހު، އެ ތަނުގައި ސޯޝަލް ހައުސިން ޕްރޮޖެކްޓު އެޅުމަށް ކަަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒުގެ ޖަވާބާ ގުޅިގެން ނަޝީދު ވަނީ މަޝްރޫއު ހުއްޓާލަން ކުންފުންޏަށް ލަފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުގައި ހުރި މައުލޫމާތަކުން އެނގޭ ގޮތުގައި މާލެ އަތޮޅުން ހަތަރު ފަޅެއް ޑަޗް ޑޮކްލޭންޑްސް ކުންފުންޏާ ހަވާލުކޮށްފައި އެބަހުއްޓެވެ. އެއީ ބަނޑޮހާ ބަރޮހާ ދޭތެރޭގައި އޮންނަ ފަޅަކާއި ހުވަފެންފުށީ ހުޅަނގުން އޮންނަ ފަޅަކާއި އާރަށުގެ އުތުރުން އޮންނަ ދެ ފަޅެކެވެ.

ފުރަތަމަ ތަރައްގީކުރަނީ އާރަށާ އެންމެ ކައިރިން އޮންނަ 200 ހެކްޓަރުގެ ފަޅެވެ. އެ ފަޅުގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ މަސައްކަތް ނިމުނު ފެބްރުއަރީ މަހުގެ 10 ގައި ވަނީ ބައިސަން މޯލްޑިވްސްއާ ހަވާލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox