މުއިއްޒުގެ ސަރުކާރުން ދަނީ ހައްދެއް ނެތި ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަންނަމުން: ނަޝީދު

ބޮޑު ބަދަލު ކެމްޕޭން ޖަލްސާގައި ނަޝީދު ވާހަކަ ދައްކަވަނީ --- ފޮޓޯ: އަދަދު ފައިލް

ބޮޑު ބަދަލު ކެމްޕޭން ޖަލްސާގައި ނަޝީދު ވާހަކަ ދައްކަވަނީ --- ފޮޓޯ: އަދަދު ފައިލް

ރައްޔިތުންގެ ޒާތީ ދިރިއުޅުމުގެ ތެރެއަށް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަންނަމުން ދަނީ އެއްވެސް ހައްދެއް، ހުދޫދެއް ނެތި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

މި ސަރުކާރު އައުމަށް ފަހު ރައްޔިތުންގެ ޒާތީ ދިރިއުޅުން ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނެ އާންމުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. ވަކިން ހާއްސަކޮށް އެއްވެސް ދިރާސާއެއް ހެދުމެއް ނެތި އެތައް ކަމެއް މަނާކުރަން ސަރުކާރުން އުޅޭތީ އާންމުންގެ ކަންބޮޑުވުން އެބައޮތެވެ. 

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް ވެސް ވާދަކުރައްވަމުން އަންނަ ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ސަރުކާރުން ކުރަމުންދާ ބައެއް ކަންކަމަށް ފާޑުވިދާޅުވެފަ އެވެ. މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުމަށް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ. 

Advertisement

"ހިލާފު ހުރި ކަންކަން މަނާކޮށް، ހެޑްލައިން ހައްދަވާ ސަރުކާރެއްގެ ގޮތުގައި. ސިނގިރޭޓު ނުބޮވޭ ވަރަށް އަގުބޮޑު ކޮށްފި، ވޭޕަކީ ބްލެކް މާކެޓުގައި އެކަނިނ ލިބޭ އެއްޗަކަށް ހަދައިފި، ޝީޝާ މަނާކުރައްވަން މަޝްވަރާ ކުރައްވަނީ، ސްމާޓް ފޯން ބޭނުންކުރުން މަދުކުރަން ވަކާލާތު ކުރައްވަނީ،" ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ސިނގިރޭޓު ޑިއުޓީ ދެގުނަކޮށްފަ އެވެ. ނަމަވެސް އެ ޑިއުޓީ ކުޑަކުރަން ދަނީ މަޝްވަރާ ކުރަމުންނެވެ. ވޭޕް މަނާކުރި ނަމަވެސް އަދިވެސް ކަޅު ބާޒާރުގައި ބަރާބަރަށް ވޭޕާއި އެއާ ގުޅޭ ސާމާނު ދަނީ ވިއްކަމުންނެވެ. ޝީޝާ މަނާކުރުމުގެ ވިސްނުމެއް ނެތް ކަމަށް ސަރުކާރުން ބުނެ އެވެ.

އިއްޔެގެ ވަގުތެއްގައި ސަރުކާރުން ވަނީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭންކުރާނެކަން ހާމަކޮށްފަ އެވެ. 

"ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަންނަވަނީ ހައްދެއް ހުދޫދެއް ނެތި. ދެން ހައްދަވާ ގޮތަކީ ލުއި ދެއްވާނެ ކަމަށް ދައްކަވަން، ކުރިން މަނާކުރެއްވި ކަންކަން ބަދަލުކުރައްވަނީ،" ނަޝީދު ވިދާޅުވި އެވެ. 

ބޮޑެތި މީހުންނަށް ވެސް ހިޔާލު ފާޅުކުރުމާއި ބަސް ބުނުމަށް އެތަކެއް ހުރަސްތަކެއް މި ސަރުކާރުން ދަނީ ކުރިމަތިކުރުވަމުންނެވެ. ރައްޔިތުންގެ ޒާތީ ދިރިއުޅުމަކީ ހުރުމަތްތެރިވެގެންވާ ކަންކަން ކަމަށް ގާނޫނުއަސާސީގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވެ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox