ސިފައިންގެ ހިތްވަރަކަށް ބަދަލު ނާދޭ، ކާމިޔާބު ހޯދޭނެ ކަމުގެ އިތުބާރު އެބައޮތް: ޝާޑު

Jun 17, 2022, 8:19 AM
ސިފައިންގެ ސެޓަރު ޝާޑު ޓީމާ މެދު އިތުބާރު ބޮޑު ކަމަށް ބުނެފައިވޭ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސިފައިންގެ ސެޓަރު ޝާޑު ޓީމާ މެދު އިތުބާރު ބޮޑު ކަމަށް ބުނެފައިވޭ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި ފަހަރުގެ އެސޯސިއޭޝަން ކަޕްގައި ދިވެހި ސިފައިންގެ ކްލަބް ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވި ކަމުގައިވިޔަސް އެންމެ ފަހުން ކުޅުނު ދެ މެޗުގައި ހޯދި ކާމިޔާބަށް ފަހު މިހާރު ސިފައިންގެ ޓީމުގެ ރޫހު ތަފާތު ކަމަށާއި، މުބާރާތުގައި ރަނގަޅު ކާމިޔާބެއް ލިބޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް ދިވެހި ސިފައިންގެ ކުލަބުގެ ކެޕްޓަން، ހުސައިން ޝާހިދު (ޝާޑު) ބުނެފި އެވެ.

ފުރަތަމަ މެޗުގައި ސްޕޯޓްސް ކުލަބު ސިޓީ އަތުން ސިފައިން ބަލިވީ ސީދާ ތިން ސެޓުންނެވެ. އޭގެ ފަހުން ދެވަނަ މެޗުގައި ޕޮލިސް ކުލަބު އަތުން 3-2 ސެޓުން ބަލިވި އެވެ. އެ މެޗު ޕޮލިހުން ކާމިޔާބުކުރީ ސިފައިން ދެ ސެޓު ހޯދާފައިވަނިކޮށް ފަހަތުން އަރާ ތިން ސެޓު ހޯދައިގެންނެވެ. ފުރަތަމަ ދެ މެޗުން ބަލިވި ކަމުގައިވިޔަސް ސިފައިން ވަނީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ފެންވަރު ދައްކާލައިފަ އެވެ. ލީގު ތާވަލްގެ އެއް ވަނައިގައި އޮތް ވަރުގަދަ ވެމްކޯ އަތުން ސީދާ ތިން ސެޓުން މޮޅުވިއިރު، އެންމެ ފަހުން ކުޅުނު މެޗުގައި އޮއްފު އެފްސީ އަތުން މޮޅުވީ ވެސް ސީދާ ތިން ސެޓުންނެވެ.

ޖުމްލަކޮށް ބަލާއިރު މިހާތަނަށް ސިފައިން ކުޅުނު ހަތަރު މެޗުގައި އެއް ފެންވަރެއްގައި ކުޅުނު އެއް ކުޅުންތެރިއަކީ އާދަމް ނަސީމް (އެޑަމް)ގެ އިތުރުން ޓީމު ލީޑުކުރުމުގެ ޒިންމާއާ ހަވާލުވެހުރި، ކެޕްޓަން އަދި ސެޓަރު ޝާޑު އެވެ.

އޮއްފު އެފްސީ އަތުން ހޯދި މޮޅަށް ފަހު ވާހަކަދައްކަމުން ޝާޑު ބުނީ ޓީމުގެ ފޯމު އަންނަނީ މިހާރު ރަނގަޅު ވަމުން ކަމަށާއި، ކުޅުންތެރިންގެ އިތުބާރު ވެސް މިހާރު ބޮޑުވެފައިވާ ކަމަށެވެ.

އެންމެ ފަހުން އޮތް އެސޯސިއޭޝަން ކަޕްގެ އެންމެ މޮޅު ސެޓަރުގެ މަގާމް ހޯދި ޝާޑު ބުނީ މީގެ ކުރިން ވެސް ސިފައިން ޓީމަކީ މެޗުތަކުން ބަލިވެފައި އޮތުމަށް ފަހު ލިބޭ ހަނި ފުރުސަތުގައި ވެސް ތަފާތު ދައްކައި ސެމީ އަށް ގޮސް އަދި ފައިނަލާއި މުބާރާތް ވެސް ކާމިޔާބުކޮށްފައި އޮތް ޓީމެއް ކަމަށެވެ. އެހެންކަމުން، ފުރަތަމަ ދެ މެޗުގައި ބަލިވި ކަމުގައިވިޔަސް ޓީމާ މެދު އިތުބާރު އޮތް ކަމަށް ޝާޑު ބުނެފައިވެ އެވެ.

"ސިފައިން ޓީމުގެ ތަފާތަކީ އަސްލު ބަލިވެފައި އޮންނައިރު ވެސް އިތުރު ހިތްވަރެއް ލައިގެން ނެރޭ ނަތީޖާ. ޓީމްގެ ރޫހު އަބަދުވެސް ތަފާތު. ފުރަތަމަ ދެ މެޗުން ބަލިވީމަ މާޔޫސްވި، އެކަމަކު ޔަގީންކަން އޮތް މިކަން ވާނެކަމުގެ. މިދިޔަ ދެ މެޗުގައި ވަރަށް ރަނގަޅަށް ކުޅެ ނަތީޖާ ނެރެފައި މިއޮތީ" ޝާޑު ބުންޏެވެ.

ޝާޑު ބުނީ މުބާރާތަށް ނުކުތްއިރު ބިދޭސީ ކުޅުންތެރިން ތިބީ އެއްކޮށް ފިޓުކޮށް ނޫން ކަމަށެވެ. އަދިވެސް މަނޫ ޖޯސެފް ބޭނުންވާ ވަރަށް ފިޓު ނުވެ އެވެ. އެހެން ނަމަވެސް ގޮންޖެހުންތަކާއެކު ވެސް ބިދޭސީ ކުޅުންތެރިން މިހާރު ސިފައިންގެ ސްޓައިލަށް ހޭނި ޓީމެއްގެ ގޮތުގައި މިހާރު ވަރުގަދަވެފައިވާ ކަން ޝާޑުގެ ވާހަަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.

ޝާޑު ބުނީ ބިދޭސީ ކުޅުންތެރިންގެ ކުޅުން ރަނގަޅުވަމުން އަންނައިރު، އެޑަމް ވެސް މިހާރު ހުރީ ތަފާތު މޮޅު ފޯމެއްގައި ކަމަށެވެ. ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި އެޑަމް ފިޓްކޮށް، ފޯމުގައި ހުރުމަކީ މުޅި ޓީމަށް ލިބޭ ހިތްހަމަޖެހުމެއްގެ ގޮތުގައި ޝާޑު ފާހަގަކުރި އެވެ.

އޮއްފު އަށް އަނިޔާގެ މައްސަލަ، ދިވެހި ކުޅުންތެރިން ލީޑު ކުރަން ޖެހޭ

ސިފައިން ކުލަބާއި ދެކޮޅަށް ކުޅުނު މެޗުގައި އޮއްފު އެފްސީ އަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އެ ޓީމުގެ އިތުބާރު އެޓޭކަރު، އިންޑިއާގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ، އަމިތު ގޫލިއާ އަށް އަނިޔާވުމެވެ. ދެ ވަނަ ސެޓުގެ ކުރީކޮޅު އަމިތުގެ ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާގެ ސަބަބުން މެޗުގައި ނުކުޅެވުނުއިރު، އޭނާ ވަނީ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އޭނާ އަށް މި މުބާރާތުގެ ބާކީ ހުރި މެޗުތަކުގައި ނުކުޅެވޭއިރު، ގައުމީ ލީގުގައި ވެސް ކުޅެވޭނެކަން ޔަގީނެއް ނޫނެވެ.

އޮއްފު އެފްސީގެ ކެޕްޓަން އަހުމަދު ޝިިމާއު (މާކޭ) ބުނީ ޓީމުގެ އެންމެ ލީޑު އެޓޭކަރަށް އަނިޔާވުމަކީ ބޮޑު ގޮންޖެހުމެއް ކަމަށެވެ. މިހާތަނަށް އޮއްފު ޓީމުން އައީ އަށް ވަރަށް ބޮޑަށް އަމިތު އަށް ބަރޯސާވެގެން ކަމަށް ޝިމާއު ފާހަގަކުރި އެވެ. އަނެއްކޮޅުން މި ލެވެލްގައި ކުޅޭއިރު، ޓީމްގެ މުހިންމު ބިދޭސީ ކުޅުންތެރިއާ އަށް އަނިޔާވުމަކީ ބާކީ ތިބި ކުޅުންތެރިންނަށް ވެސް އޭގެ އަސަރުކުރާނެ ކަމެއް ކަމަށް ޝިމާއު ބުންޏެވެ.

ޝިމާއު ބުނީ މި ދަނޑިވަޅަކީ ދިވެހި ކުޅުންތެރިން ކުރިއަށް އަރަައި ލީޑު ނަގަންވީ ވަގުތު ކަމަށެވެ. އަދި އޮއްފު އެފްސީގައި ތިބި ކުޅުންތެރިންނަށް ބަލާއިރު، އެކަން ކުރެވޭނެ ކަމަށް ޝިމާއު ގަބޫލުކުރެ އެވެ.

އޮއްފު އެފްސީ ލީގު ބުރުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފަ އެވެ. އެޓީމް މޮޅުވީ ގުޑީސް އާ ވާދަކުރި މެޗުގަ އެވެ. ވާދަވެރިކޮށް ދިޔަ އެ މެޗު އޮއްފުން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox