ހިޔާނާތްތެރިވާން ޖާގައެއް ނުދޭނަން، އެދެނީ ދައުލަތުގެ ބާރަކުން ނުފޫޒު ނުފޯރުވުމަށް: ސަރުކާރު

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އަދި ރައީސް މުހައްމަދު ނަޝީދު (ވ). އެމްޑީޕީގެ ދެ ލީޑަރުންގެ މެދުގައި ހިޔާލު ތަފާތުވުން ވަނީ އުފެދިފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އަދި ރައީސް މުހައްމަދު ނަޝީދު (ވ). އެމްޑީޕީގެ ދެ ލީޑަރުންގެ މެދުގައި ހިޔާލު ތަފާތުވުން ވަނީ އުފެދިފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހިޔާނާތްތައް ތަހުގީގު ކުރުމުގައި އެކަށީގެންވާ ނަތީޖާތަކެއް ސަރުކާރަށް ނެރެވިފައި ނުވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވުން އަމާޒުވެފައި ވަނިކޮށް އެއްވެސް ވަރަކަށް ހިޔާނާތްތެރިވުމަށް މި ސަރުކާރުން ޖާގަ ނުދޭނެ ކަމަށާއި މައްސަލަތައް ތަހުގީގު ކުރުމުގެ ފުރިހަމަ އިހުތިޔާރު މުއައްސަސާތަކަށް ދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރޭ ބުނެފި އެވެ.

އެމްޑީޕީގެ ސަރުކާރެއްގައި އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުން ތިބި ކަމަށް ބުނެ ނަޝީދު ގެންދަވަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އަދި، އެ މައްސަލަ އާއި ވެންޓިލޭޓަރު މައްސަލައިގެ ތަހުގީގު އެންމެ ފުރިހަމައަށް ކުރިއަށް ގެންގޮސްފައިނުވާ ކަމަށް ވިދާޅުވެ ނަޝީދުގެ ނުރުހުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު "އަދަދު"އަށް ވިދާޅުވީ މި ސަރުކާރުން އެއްވެސް މިންވަރަކަށް ހިޔާނާތްތެރިވުމުގެ ޖާގަ ނުދޭނެ ކަމަށެވެ. އަދި، އަނިޔާވެރިވެ ތަފާތުކުރުން ވެސް ނުގެންގުޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

"މި ސަރުކާރުން ހިޔާނާތްތެރިވުމަށް ޖާގައެއް ނުދޭނެ. އެއްވެސް މީހަކާ މެދު ތަފާތުކުރުން ނުގެންގުޅޭނެ. އެއްވެސް މީހަކަށް އަނިޔާވެރި ނުވާނެ އަދި އެއްވެސް މީހަކަށް އަނިޔާވެރިވުމަށް ފުރުސަތު ވެސް ނުދޭނެ،" އަލީ ޒާހިރު ވިދާޅުވި އެވެ.

މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު މުއައްސަސާތަކަށް ދީފައިވާ ކަމަށާއި ދައުލަތުގެ އެއްވެސް ބާރަކުން މައްސަލަތަކަށް ނުފޫޒު ނުފޯރުވުމަށް ސަރުކާރުން އެދޭ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

"ކޮންމެ މީހަކާ މެދު ވެސް ހުށަހެޅޭ އަދި ތުހުމަތު ކުރެވޭ މައްސަލައެއް ފުރިހަމައަށް ބަލައި ތަހުގީގު ކުރުމުގެ ފުރިހަމަ އިހުތިޔާރު މުއައްސަސާތަކަށް ވަނީ ދެވިފައި. އެފަދަ ކަމަކަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ،" ނަޝީދުގެ ވާހަކަތަކާ ގުޅިގެން ސަރުކާރުގެ ބަހެއް ހޯދުމަށް"އަދަދު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަލީ ޒާހިރު ވިދާޅުވި އެވެ.

"ސަރުކާރުން އެދެނީ ދައުލަތުގެ އެއްވެސް ބާރަކުން އަދި މުއައްސަސާއަކުން ވެސް އެއްވެސް ފަރާތަކަށް ނުފޫޒު ނުފޯރުވުމަށް،"

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރިގަދަވެފައިވާއިރު އެ ޕާޓީގެ ތެރޭގައި ބަހުގެ ހަމަލާތައް އިތުރުވެ މެމްބަރުންގެ މެދުގައި ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ.

އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ނަޝީދު ހުންނެވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއެކު އެވެ. ރައީސް ސޯލިހު ހުންނެވީ އެމަނިކުފާނުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއެކު އެވެ.

އިންތިއަށް ތާއީދުކުރައްވާ ނަޝީދުގެ އަރިސް މެމްބަރުން ގެންދަވަނީ އެމްޑީޕީގެ ބޮޑު ހިއްސާއެއް އޮތް ރައީސް ސޯލިހުގެ ސަރުކާރަށް ފާޑުކިޔުމާއި ބަހުގެ ހަމަލާތައް އަމާޒުކުރަމުންނެވެ.

ވަކިން ހާއްސަކޮށް ކޮރަޕްޝަންގެ މައްސަލަތައް ބެލުން ލަސްވެފައިވާތީ ސީދާ ނަޝީދު ވެސް އެމްޑީޕީގެ އެތެރޭގެ ޕްލެޓްފޯމްތަކާއި އެމަނިކުފާނުގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ.

"އެމްޑީޕީ އާއި އަޅުގަނޑު ވެސް ބޭނުންވަނީ ވަރަށް އާދައިގެ ކަމެއް. އެއްވެސް ސަރުކާރަކުން ހިޔާނާތްތެރި ނުވުން. އެކަކާއި އަނެކަކު ތަފާތު ނުކުރުން. އަނިޔާވެރި ނުވުން. އެމްއެމްޕީއާރުސީ މައްސަލަ އާއި ވެންޓިލޭޓަރު މައްސަލަ ބެލުން އެއީ އިތުބާރު ލިބޭނެ ކަންކަން،" ނަޝީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވި އެވެ.

ފައްޔާޒުގެ ފަޅީގައި ތިއްބެވި ސަރުކާރުގެ މެމްބަރުން ގެންދަވަނީ އެއީ އެމްޑީޕީގެ ސަރުކާރު ބަލިކަށިކޮށްލައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގެއްލުވާލަން ކުރައްވާ މަސައްކަތްތަކެއްގެ ގޮތުގައި ސިފަކުރައްވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox