ގްރާންޑޭ ބަލިކޮށް ސަސް ފަސް ވަނަ އަށް

Apr 14, 2022, 6:54 PM
ލަނޑު ޖެހުމަށް ފަހު ސަސްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އެފްއޭއެމް

ލަނޑު ޖެހުމަށް ފަހު ސަސްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އެފްއޭއެމް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ލީގު ތާވަލުގެ ފަސް ވަނަ އަށް ޖެހިލައިފި އެވެ.

ސަސް އިން މި ފަހަރު ލީގުގައި ހޯދި ތިން ވަނަ މޮޅާ އެކު ފަސް ވަނަ އަށް ޖެހިލީ ނުވަ މެޗުން 11 ޕޮއިންޓް ހަަަމަކޮށްގެންނެވެ. އެއީ ހަތަރު ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްގެންނެވެ. ކުރިން ފަސް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ހަ ވަނައިގައި މިހާރު އޮތީ އަށް މެޗުން 10 ޕޮއިންޓާ އެކު އެވެ.

މާދަމާރޭ ޔުނައިޓެޑް ވިކްޓްރީން ކްލަބް ގްރީން ސްޓްރީޓްސްއާ ކުޅޭނެ އެވެ. މެޗު ފަށާނީ 10 ޖަހާއިރު އެވެ.

ދަ ގްރާންޑޭ އިން ލީގުގެ ފުލުގައި އޮތީ ނުވަ މެޗުން އެއް ޕޮއިންޓް ހޯދައިގެންނެވެ. ސީޒަނުގައި މިހާތަނަށް ދަ ގްރާންޑޭ އިން ޕްރެޒިޑެންޓްސް ކަޕާއި ލީގުގައި ޖުމްލަ އެއްކޮށް ކުޅުނު 16 މެޗުން ވެސް އަދި މޮޅެއް ނުލިބެ އެވެ. ދެ މެޗުން އެއްވަރުވިއިރު، 14 މެޗުން ވަނީ ބަލިވެފަ އެވެ.

މިރޭގެ މެޗަށް ދެ ޓީމުގެ ފުރަތަމަ އެގާރަ އަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވެނީ ސަސްގެ ޓީމުގައި އަޔާޒް އަހުމަދު (އަޔާ) ހިމަނާފައިވުމެވެ. އަޔާ އަކީ ދަ ގްރާންޑޭ ދޫކޮށް މި ފަހަރު ސަސްއާ ގުޅުނު ކުޅުންތެެރިއެކެވެ. މެޗުގެ ހަތް ވަނަ މިނިޓްގައި މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލީ ވެސް އަޔާ އެވެ. ހިލޭ ޖެހުމަކުން އަޔާ ފޮނުވާލި ބޯޅަ ދަ ގްރާންޑޭގެ ކީޕަރު ހަސަން މުއާޒް ވަނީ މަތަކޮށްފަ އެވެ.

ދަ ގްރާންޑޭގެ ނައުފަލް (ވ) ކައިރިން ސަސްގެ އަޔާ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އެފްއޭއެމް

މެޗުގެ 12 ވަނަ މިނިޓްގައި ދަ ގްރާންޑޭގެ ފުރަތަމަ ހަމަލާ ފެނުނެވެ. އެ ޓީމުގެ އިސްމާއިލް ނަޒީހު އޭރިއާބޭރުން ޖެހި ބޯޅައިގައި ބާރެއްނެތްއިރު، ސަސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ ފަސޭހައިން ބޯޅަ އަތަށް ނަގައިފަ އެވެ. އޭގެ މިނިޓެއް ފަހުން ދަ ގްރާންޑޭގެ އޭރިއާތެރެއިން ސަސްގެ އިބްރާހިމް އަތީގް ހަސަން (އިއްބެ) ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ފުލުފުލުގައި ސަސް އިން އެޓޭކް ކުރަމުން ދިޔައިރު، މެޗުގެ 37 ވަނަ މިނިޓްގައި އެ ޓީމުގެ އަޔާ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު، އޭރިއާތެރެއިން ލިބުނު ބޯޅަ އަޔާ އަށް ރަނގަޅަށް ކޮންޓްރޯލް ނުކުރެވި ފުރުސަތު ގެއްލުނީ އެވެ. އޭގެ ދެ މިނިޓް ފަހުން ސަސް އިން ލީޑުނެގި އެވެ. މެޗުގެ 39 ވަނަ މިނިޓްގައި ސަސްގެ މުހައްމަދު އައްޒާމް ނެގި ހުރަހަކުން އިއްބެ ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ސަސް އަށް ލީޑުފުޅާކޮށްދޭން މެޗުގެ 41 ވަނަ މިނިޓްގައި ކޯނަރަކުން ހުރަސްވި ބޯޅައަކުން އެ ޓީމުގެ އަހުމަދު އައިހަމް މޫސާ ބޮލުުން ޖެހި ބޯޅަ ކީޕަރު މުއާޒް އަތުގައި ޖެހިފައި، ހުރަސް ދަނޑީގައި ޖެހިފައި ބޯޅަ ދިޔައީ ބޭރަށެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ތިން ވަނަ މިނިޓްގައި ދަ ގްރާންޑޭގެ ކެޕްޓަން ގާސިމް ސައްމާމު (ސަންމެ) ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. ހާފުގެ މެދަކާ ހަަމައިން ސަންމެ ޖެހި ބޯޅަ ދިޔައީ ކީޕަރު ޝަފީއު ބޯމަތިން އޮއްސިގެން ގޯލުގެ މަތި ކަނާ ދިމާލު ބޭރުންނެވެ.

ސަސްގެ ސަހާއު (ކ) ދަ ގްރާންޑޭގެ އަހުމަދު އަބްދުލް ސައްތާރު ކައިރިން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އެފްއޭއެމް

ސަސް އިން ލީޑުފުޅާކުރީ މެޗުގެ 60 ވަނަ މިނިޓްގައި ޔަސްފާދު ހަބީބު (މުލަކޭ) ޖެހި ގޯލުންނެވެ. އައްޒާމް ދިން ބޯޅައަކުން އޭރިއާ ރޮނގުކައިރިން މުލަކޭ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ބަދަލުތަކެއް ގެނެސްގެން، ދަ ގްރާންޑޭ އިން ގޯލެއް ޖެހޭތޯ ކުރި މަަސައްކަތް މެޗުގެ 70 ވަނަ މިނިޓްގައި ކާމިޔާބުކުރި އެވެ. ބަދަލަކަށް ކުޅެން އެރި ނަޖާހު އަބްދުލް ރަހީމް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

އަލުން ދެ ގޯލުގެ ލީޑެއް ނަގަން ސަސް އިން ކުރި މަސައްކަތުގައި މެޗުގެ 78 ވަނަ މިނިޓްގައި މުލަކޭ ޖެހި ބޯޅަ ދަ ގްރާންޑޭގެ ކުޅުންތެރިއަކު ފައިގައި ޖެހިފައި އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ދަ ގްރާންޑޭ އިން އެއްވަރުކުރަން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް މެޗުގެ 88 ވަނަ މިނިޓްގައި ސަސް އިން ވަނީ ކައުންޓަ އެޓޭކުގައި ތިން ވަނަ ގޯލެއް ޖަހައިފަ އެވެ. ބަދަލަކަށް ކުޅެން އެރި ސަސްގެ އަލީ ނަސޫހު ރަޝީދު (ޕިލާ) ހުސްކޮށްލާފައި ގޯލު ކުރިމައްޗަށް ނެގި ބޯޅަ ސަސްގެ މުަހއްމަދު ސަހާއު (ބޭލް) ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox