އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިން: އެންމެ ފަހުގެ ޗެމްޕިއަން އީރާނުން ރާއްޖެ ކޮޅަށް 17 ގޯލު ޖަހައިފި

Apr 10, 2022, 1:53 PM
އީރާންގެ ކުޅުންތެރިއަކު ކައިރިން ރާއްޖޭގެ ކެޕްޓަން އިންމި ބޯޅަ ހިފައިގެންދަނީ.--

އީރާންގެ ކުޅުންތެރިއަކު ކައިރިން ރާއްޖޭގެ ކެޕްޓަން އިންމި ބޯޅަ ހިފައިގެންދަނީ.--

ކިރްގިސްތާންގައި މިއަދު ފެށި އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އީރާނުން ރާއްޖޭގެ ފުޓްސަލް ޓީމު 17-0 އިން ބަލިކޮށްފި އެވެ.

މިއީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އީރާނުން ރާއްޖެ ކޮޅަށް 17 ގޯލު ޖެހި ދެ ވަނަ ފަހަރެވެ. މީގެ ކުރިން ފުޓްބޯޅައިގައި 1997 ވަނަ އަހަރު އީރާނުން ވަނީ ރާއްޖެ 17-0 އިން ބަލިކޮށްފަ އެވެ.

ފުޓްސަލްގައި އީރާނަކީ މި ވަގުތު ދުނިޔޭގެ ރޭންކިން ހަ ވަަނަ އެވެ. އޭޝިއާގެ ފުޓްސަލް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، އީރާނަކީ 12 ފަހަރު މި ބައްރުގެ ޗެމްޕިއަންކަން ހޯދި ޓީމެކެވެ. މިހާތަނަށް އޭޝިއާގެ ފުޓްސަލް މުބާރާތް 15 ފަހަރު ބޭއްވިއިރު، އިރާނަކީ 12 ފަހަރު ޗެމްޕިއަނުންނެވެ. އީރާނަށް ތަށި ނުލިބުނު ތިން ފަަހަރުގެ ތެރެއިން ދެ ފަހަރު އެ ޓީމު ދިޔައީ ތިން ވަނަ އެވެ. އަނެއް ފަހަރު އެ ޓީމަކީ ރަނަރަޕެވެ. އަނެއްކޮޅުން މިއީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި ރާއްޖެ ވާދަކުރާ ފުރަތަމަ ފަހަރެވެ.

ގައުމީ ފުޓްސަލް ޓީމު.

ކިރްގިސްތާންގެ ބިޝްކެކްގެ ގެޒްޕްރޮމް ސްޕޯޓްސް ކޮމްޕްލެކްސްގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އީރާނުން ރާއްޖެ ކޮޅަށް ހަ ގޯލު ޖެހި އެވެ. އަނެއް 11 ގޯލު ޖެހީ ދެ ވަނަ ހާފުގަ އެވެ.

ގިނަ ކުޅުންތެރިންތަކަކަށް ރާއްޖޭން ފުރުސަތު ދީގެން ގޯލު ޖަަހަން ފުރުސަތު ތަނަވަސްކުރެވޭތޯ ވެސް ބެލި އެވެ. އެކަމަކު، ގޯލެއް ޖެހޭގޮތެއްނުވި އެވެ. މެޗުގެ ފަހު ކޮޅަށް ދިޔައިރު، އީރާނުން މި ލެވަލްގައި ކުޅެފައި ހުރުމުގެ ތަޖުރިބާ ވަރަށް ބޮޑަށް ބޭނުންކޮށް، ގޯލުގެ ފަރަގު ބޮޑުކުރި އެވެ.

ކޮލިފައިންގައި ރާއްޖޭން ކުޅޭ ދެ ވަނަ މެޗުގައި މާދަމާރޭ 19:00 ގައި ކުޅޭނީ ކިރްގިސްތާނާ އެވެ. އަދި އަންގާރަ ދުވަހު ހަވީރު، ކޮލިފައިން ގްރޫޕްގެ ފަހު މެޗުގައި ތުރުކުމެނިސްތާނާ ބައްދަލުކުރާ މެޗު އޮތީ 16:00 ގަ އެވެ.

ގައުމީ ފުޓްސަލް ޓީމުން މިދިޔަ މަހު ތައިލެންޑްގައި ބޭއްވި އިންވިޓޭޝަނަލް ކަޕްގެ ފަސް ވަނަ ހޯދިއިރު، އެ މުބާރާތަށް ފަރިތަކުރުންތައް ބޭއްވީ އެފްއޭއެމްގެ މިނީ ޓާފާއި ގިޔާސުއްދީން ސްކޫލް ހޯލްގައި ހުރި މެޓް ދަނޑުގެ އިތުރުން ޕީކޭ ސަރަަހައްދު ފުޓްސަލް ދަނޑުގަ އެވެ.

ސަރުކާރު ތަކުން މާލޭގައި އަޅާފައިވާ ފުޓްސަލް ދަނޑުތަކަކީ އިންޓަނޭޝަނަލް ފުޓްސަލް ކުޅެން ބޭނުންވާ ސައިޒުގެ ދަނޑުތަކެއް ކަމަށް ނުވާއިރު، ޓާފުން އަޅާފައިވާ ދަނޑުތަކެއް ކަމަށްވާތީ އެ ތަންތަނުގައި ރަނގަޅު ޕްރެކްޓިހެއް ނުކުރެވެ އެވެ. އަދި ރާއްޖޭގައި ފުޓްސަލް އިންޑޯ ކޯޓެއް ނެތުމުން ބައިނަލްއަގުވާމީ މުބާރާތަކަށް ތައްޔާރުވާން ހުރި ގޮންޖެހުންތައް ވަރަށް ބޮޑެވެ.

ރަނގަޅު ޕިޗެއްގައި ޕްރެކްޓިސް ކުރަން ނުލިބި އޮއްވައި، ކިރްގިސްތާނަށް ކޮލިފައިން ކުޅެން ފުރަން ކައިރިވެފައި ވަނިކޮށް ފަހު ވަގުތު ޕްރެކްޓިސްތައް ކުރިއަށް ގެންދަން ލިބުނީ ހިރިޔާ ސްކޫލް ހޯލެވެ. މުބާާރާތަށް ފަރުުމާ ހަމައަށް ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިސްތައް ފަހުން ކުރިއަށް ދިޔައީ ހިރިޔާ ސްކޫލްގަ އެވެ. މިއީ ހިރިޔާ ސްކޫލް މެނޭޖްމަންޓާ މަޝްވަރާކޮށް، އެފްއޭއެމުން ހަމަޖައްސައިދިން ތަނެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox