ބެންޖޯ ތަފާތު ދައްކައި ސަސް މޮޅުކޮށްދީފި

ސަސްގެ ބެންޖޯ މިރޭގެ މެޗުގެ ތެެރެއިން: މޮޅު ކުޅުމެއް ދައްކައި މުހިންމު ގޯލުތަކެއް ޖެހި.- ފޮޓޯ: އެފްއޭއެމް

ސަސްގެ ބެންޖޯ މިރޭގެ މެޗުގެ ތެެރެއިން: މޮޅު ކުޅުމެއް ދައްކައި މުހިންމު ގޯލުތަކެއް ޖެހި.- ފޮޓޯ: އެފްއޭއެމް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ތަޖުރިބާކާރު ޑިފެންޑަރު، އަބްދުﷲ ހަނީފް (ބެންޖޯ) ތަފާތު ދައްކައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން ފަހަތުން އަރައި 2-1 އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) މޮޅުކޮށްދީފި އެވެ.

ބެންޖޯ، 37، މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އޭރިއާބޭރުން ޖެހި މޮޅު ގޯލާއި ސަސް މޮޅުކޮށްދޭން ކާމިޔާބުކުރި ހިލޭ ޖެހުމުގެ ސަބަބުންނެވެ. ސަސް އަށް މި މޮޅާ އެކު ގާތްގަނޑަކަށް ލީގުގެ ފުރަތަމަ ބުރުގައި ވަނީ ގަދަ ހައެއް ކަށަވަރުވެފަ އެވެ.

މި މޮޅާ އެކު ސަސް ހަ ވަނައިގައި އޮތީ ހަތް މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ހަތް ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އިން މާދަމާ ހަވީރު ކްލަބް އީގަލްސް އަތުން ހަ ވަރަަކަށް ގޯލުގެ ތަފާތު މޮޅުވެގެން ނޫން ގޮތަކަށްވ މި ބުރު ނިމޭއިރު ގަދަ ހަޔަކަށް ނޭރޭނެ އެވެ. ދަ ގްރާންޑޭ މި ސީޒަނުގައި މިހާތަނަށް ޕްރެޒިޑެންޓްސް ކަޕާއި ލީގު ހިމެނޭ ގޮތަށް ކުޅުނު 14 މެޗުން ވެސް އަދި މޮޅެއް ނުލިބެ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ 16 ވަނަ މިނިޓްގައި ދަ ގްރާންޑޭ އިން ލީޑުނެގީ އިސްމާއިލް ނަޒީހު ޖެހި ގޯލުންނެވެ. ސަސްގެ އޭރިއާތެރެއިން އެ ޓީމުގެ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) ބޯޅަ ސަލާމަތްކުރަން ޖެހި ބޯޅަ ކަނަށް ވަނީ ނަޒީހު ފައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޮސް އެވެ. އޭގެ އެއް މިނިޓް ކުރިން ނަޒީހު ޖެހި ބޯޅައެއް ޗެކް ހުއްޓުވި އެވެ. އެކަމަކު، ދެ ވަނަ ފަހަރަށް ނަޒީހަށް ލިބުނު ބޯޅައިގައި ފެނުނީ ނަސީބު ވެސް ރަނގަޅުކޮށެވެ.

ގޯލު ޖަހައި ދަ ގްރާންޑޭ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އެފްއޭއެމް

ސަސް އިން ފުރަތަމަ ހާފުގައި ގޯލެއް ޖަހަން ކުރި އެޓޭކްތައް ކާމިޔާބެއްނުވި އެވެ. އެ ޓީމުން ނަތީޖާ އަނބުރާލީ މެޗުގެ ފަހު 15 މިނިޓް ތެރޭ ބެންޖޯ ދެއްކި ތަފާތުންނެވެ. ބެންޖޯ ޖެހި ފުރަތަމަ ގޯލަކީ މި ފަހަރުގެ ލީގުގައި އެންމެ ދުރުން ޖެހި ގޯލެވެ. ހާފުގެ މެދެއްހާ ހިސާބުން ބެންޖޯ ޖެހި ބޯޅަ ގޯލަށް ވަންއިރު، ދަ ގްރާންޑޭގެ ކީޕަރު ހަސަން މުއާޒް ހުރީ ހަރަކާތް ހުއްޓިފަ އެވެ.

މި މެޗުން ސަސް އަށް ތިން ޕޮއިންޓް ހޯދައިދިން ގޯލު ވެސް ޖެހީ ބެންޖޯ އެވެ. މެޗުގެ 85 ވަަނަ މިނިޓްގައި ދަ ގްރާންޑޭގެ އޭރިއާ ރޮނގުމަތިން ލިބުނު ހިލޭ ޖެހުމަކުން ބެންޖޯ ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ކަނަށެވެ. އެ ގޯލަށް ފަހު ސަސްގެ ކުޅުންތެރިންނާއި އޮފިޝަލުން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ. އޭގެ ދެ މިނިޓް ފަހުން ސަސް އަށް ތިން ވަނަ ގޯލެއް ޖަހައިދޭން މުހައްމަދު ސަހާއު (ބޭލް) ޖެހި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.

މި ފަހަރުގެ ސީޒަނުގައި ބެންޖޯ އަންނަނީ ރަނގަޅު ކުޅުމެއް ދައްކައި، މެޗުތަކުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދަމުންނެވެ. ބެންޖޯ ވަނީ މިހާތަނަށް މި ފަހަރުގެ ލީގުގައި ހަތް މެޗުން ތިން ގޯލު ޖަހައިފަ އެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ގްރީން ސްޓްރީޓްސް ބައްދަލުކުރާނީ އީގަލްސްއާ އެވެ. އަދި މާދަމާރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނުކުންނާނީ ކްލަބް ވެލެންސިއާއާ ދެކޮޅަށެވެ. މިއީ ޕްރެޒިޑެންޓްސް ކަޕް ފައިނަލަށް ފަހު މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox