ހާމަކަންބޮޑު ހެކި ހުށަހެޅުމުން ވެސް، ނަޝީދަށް މަރުގެ އިންޒާރު ދިން ޔާފިސް ކުރީ ދައުވާއަށް އިންކާރު

ރައީސް ނަޝީދަށް އިންޒާރުދިން ޔާފިސް: އޭނާއާ ދެކޮޅަށް ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅައިފަ  -- ޕޯސްޓަރު: މުހައްމަދު އިސާމް/އަދަދު

ރައީސް ނަޝީދަށް އިންޒާރުދިން ޔާފިސް: އޭނާއާ ދެކޮޅަށް ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅައިފަ -- ޕޯސްޓަރު: މުހައްމަދު އިސާމް/އަދަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ފޭސްބުކުގައި ލިޔުނު، އިސްމާއިލް ޔާފިސްގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތު ކުރުމަށް ހާމަކަން ބޮޑު ހެކިތަކެއް ހުށަހެޅުމުން ވެސް، ކުށުގެ ތުހުމަތުތަކަށް އޭނާ ކޯޓުގައި މިއަދު އިންކާރުކޮށްފި އެވެ.

ހައްޔަރުކޮށްގެން ކޯޓަށް ގެންދިޔުމުން ނަޝީދު އަވަހާރަކޮށްލާނެ ކަމަށް އެތަނުގައި ވެސް ބުނި ޔާސިފްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއްގެ އިންޒާރު ދިނުމާއި އެފަދަ އަމަލަކަށް ހިތްވަރުދިނުމާއި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ ކްރިމިނަލް ކޯޓުގައި މިއަދު އުފުލުން އޭނާ ބުނީ "އަޅުގަނޑު ހުރިހާ ދައުވާތަކަކަށް ވެސް އިންކާރު" ކުރާ ކަމަށެވެ.

މިއަދުގެ އަޑުއެހުމަށް ވަކީލަކާ ނުލައި ހާޒިރުވި ޔާސިފް ބޭނުންވީ އޭނާގެ ޝަރީއަތް ދިފާއީ ވަކީލަކާ ނުލައި ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް ދައުލަތުން ހަމަޖައްސަދޭ ވަކީލަކު ނަގައިގެން ކުރިއަށް ދިޔުމަށް މައްސަލަ ބައްލަވާ ގާޒީ ދީބާނާޒް ފަހުމީ އޭނާއަށް ނަސޭހަތް ދެއްވި އެވެ. އެކަމަކު ޔާސިފް ބުނީ ދައުލަތުން ހަމަޖައްސައިދޭ ވަކީލަކަށް އިތުބާރު ނުކުރާނެ ކަމަށެވެ. ގާޒީގެ ނަސޭހަތް ތަކުރާރު ކުރެއްވުމުން ވަކީލަކު ނެގުމަށް ޔާސިފް އެންމެފަހުން އެއްބަސްވީ، އޭނާ ބޭނުން ވަގުތަކު ވަކީލު ވަކިކުރުމުގެ ހުއްދަ އޮންނާނެކަން ޔަގީން ކުރުމަށްފަހެވެ.

ކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ހުރި ޔާސިފްގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާތަށް ތަފްސީލުކޮށްދެއްވަމުން ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ ޓެރަރިޒަމްގެ އަމަލެއްގެ އިންޒާރު ދިނުމުގެ ދައުވާ ޔާސިފްގެ މައްޗަށް އުފުލީ "ﷲ އަށްޓަކައި ރައީސް ނަޝީދު ގެ ބޯ ކަނޑާލާނެ ކަމަށް" ފޭސްބުކްގައި ލިޔުމުން ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގާއި ޝަރީއަތުގެ އަޑުއެހުމެއްގައި ވެސް ނަޝީދު އަވަހާރަކޮށްލަންޖެހޭ ކަމަށް ބުނެ، އެފަދަ ފުރުސަތެއް އޭނާއަށް ލިބެއްޖެ ނަމަ، ޓެރަރިޒަމްގެ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ޔާސިފް ދީފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ޔާސިފްގެ މައްޗަށް ޓެރެރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ އުފުލީ "އިސްމާއިލް ޔާފިސް ބިން ހާލިދު" ގެ ނަމުގައިވާ ފޭސްބުކްގައި ހުޅުވާފައިވާ އެކައުޓުން ޓެރެރިޒަމްއަށް ހިތްވަރުދޭ ފަދަ ވާހަކަތަކެއް ލިޔެފައިވާތީ ކަމަށް ދައުލަތުން ބުންޏެވެ. އެގޮތުން ރައީސް ނަޝީދަކީ ކާފަރެއް ކަމަށާއި އެމަނިކުފާނަށް ހަމަލާދޭން ހިތްވަރުދޭ އެތައް ވާހަކައެއް ފޭސްބުކްގައި ޔާފިސް ދައްކާފައިވާ ކަމަށް ޝަފީއު ވިދާޅުވި އެވެ.

އޭގެ އިތުރުން، ޔާސިފްއަކީ ޓެރެރިސްޓު ޖަމާއަތެއް ކަމަށްވާ އައިއެސްގެ މެމްބަރެއްކަން ހާމަކޮށް، ސަރުކާރުގެ އިސްވެރިންނާއި ރައިސުލްޖުމްހޫރިއްޔާ އެ ޖަމާއަތަށް ބައިއަތު ހިފުމަށް ފޭސްބުކްގައި އޭނާ ގޮވާލި ކަމަށް ވެސް ދައުލަތުން މިއަދު ކޯޓުގައި ބުންޏެވެ.

ތިން ވަނަ ދައުވާ އިއްވަމުން ޝަފީއު ވަނީ އޭނާ ހައްޔަރު ކުރިއިރު، އެގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު އެކި ވަސީލަތްތަކުގައި ޓެރެރިޒަމްއަށް ހިތްވަރުދޭ، ލިޔުންތަކާއި ފޮޓޯތަކާއި ވީޑިއޯތައް ފެނިފައިވާތީ ކަމަށެވެ. އެގޮތުން ޔާފިސް ދިރިއުޅެމުން އައި ގެއިން ހޯދި ހަ ފޯނާއި އެސްޑީ ކާޑުތަކަކާއި ޕެންޑްރައިވެއްގައި ޓެރަރިޒަމަށް ހިތްވަރުދޭ ތަކެތި ރައްކާކޮށްފައި ހުރި ކަމަށް ދައުލަތުގެ ވަކީލު ޝަފީއު ވިދާޅުވި އެވެ. އަދި ޓެރަރިޒަމަށް ހިތްވަރުދޭ ފޮތް ވެސް އެގެއިން ފެނުނު ކަމަށް ދައުލަތުން ބުންޏެވެ.

ހާމަކަން ބޮޑު އެތައް ހެއްކެއް ޔާފިސްއާއި ދެކޮޅަށް ހުށަހެޅި

މި މައްސަލާގައި ގިނަ ހެކިތަކެއް ދައުލަތުން ހުށަހަޅާފައިވެ އެވެ. އެގޮތުން ޔާފިސް ހައްޔަރު ކުރުމުގެ ކުރިން އޭނާ މަސައްކަތް ކުރި ކެބް ޓެކްސީގެ ވައިބާ ގްރޫޕެއްގައި "އުޖޫރަދީގެން ކާފަރު އަންނި (ރައީސް ނަޝީދު) މަރާލާނެ މީހެއް ބޭނުން" ކަމަށް ބުނެފައިވާ ކަން ސާބިތު ކުރުމަށް، އެ ޓެކްސީ ސެންޓަރުގައި މަސައްކަތް ކުރާ މީހަކު ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.

ދެން ހުށަހަޅާފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ވަސީލަތްތަކުގައި ޓެރެރިޒަމްއަށް ތާއީދު ކުރާ ކަން ދޭހަވާ ވީޑިއޯތަކާއި ލިޔުންތަކުގެ އިތުރުން ހަނގުރާމަމަތީ ފޮޓޯތައް ހުރިކަން ސާބިތުކުރުމަށް އެ އެއްޗެހި ތަހުގީގު ކުރި އޮފިސަރުންނާއި ސައިބާ ކްރައިމް އެނަލެސިސް ރިޕޯޓް ތައްޔާރު ކުރި އޮފިސަރުންނެވެ. އަދި ރައީސް ނަޝީދު މަރާލާނެ ކަމުގެ އިންޒާރު ތަހުގީގުގައި ދީފައިވާތީ، އެކަން ސާބިތު ކުރުމަށް ވެސް ހެކިންގެ ގޮތުގައި ފުލުހުން ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން ޝަރީއަތުގެ މަޖިލީހުގައި ރައީސް ނަޝީދު މަރާލަން ޓެރެރިޒަމްގެ ހަމަލާއެއް ދޭނެ ކަމަށް ބުނެ އިންޒާރު ދީފައިވާކަން ސާބިތުކުރުމަށް އެ އަޑުއެހުން ކުރިއަށް ގެންދިޔަ ކޯޓް އޮފިސަރު ވެސް ހެކިވެރިއެއްގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.

ދައުލަތުން ބުނީ "ފުލުހުންނާއި ސިފައިން ކުޑަކަކުލަށް ތިރިކުރާނެ" ކަމަށާއި "މި ގައުމަށް ޖިހާދު ކުރާނެ ބަޔަކު އަންނާނެ" ކަމަށް ބުނެވެސް ޔާފިސް އިންޒާރު ދީފައިވާ ކަމަށެވެ. އަދި އެ ކަމަށް ބާރުދޭ ހެކި ހުރި ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނާ ގޮތުގައި ޔާފިސް ހަރުކަށި ފިކުރުގެ ފަލްސަފާ ގަބޫލުކުރަން ފެށީ "އިސްލާމީ ތަރިކަ" ކިޔާ ފޮތެއް ކިޔުމަށްފަހު އެވެ. އެ ފޮތް އޭނާ ކީ މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާގެ މައްޗަށް އިއްވި 25 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުން ދިޔައިރު ޖަލުގައި ކަމަށްވެ އެވެ. އޭގެ ފަހުން އޭނާގެ ވިސްނުން އެއްކޮށް ބަދަލުވި ކަމަށް ދައުލަތުން ތުހުމަތު ކުރެ އެވެ.

ޔާސިފްގެ ބުއްދިއާމެދު ސުވާލުތަކެއް

މިއަދުގެ އަޑުއެހުމުގައި ޔާފިސް ބުނީ އޭނާއަކީ ނުރައްކާތެރި ނަފްސާނީ ބައްޔެއް ކަމަށްވާ ޝިޒޮފްރީނިއާ އަށް މީގެ ކުރިން ބޭސްކޮށްފައިވާ މީހެއް ކަމަށެވެ. އަދި އޭނާ ހުރީ ޝިޒޮފްރީނިއާއަށް އިންޑިގެ ޑޮކްޓަރަކު ޑަޔަގްނޯސްކޮށްފައި ކަމަށް ވެސް ޔާސިފް ބުންޏެވެ.

ޔާސިފް އެހެން ބުނުމުން އޭނާގެ ސައިކޭޓްރިކް ރިޕޯޓެއް ތައްޔާރު ކުރުމަށް ގާޒީ ދީބާނާޒް ވަނީ ދައުލަތަށް އަންގަވައިފަ އެވެ. އަދި ދައުލަތުން ހުށަހެޅި ކިތާބީ ހެކީގެ ތެރޭގައި، މިދިޔަ އަހަރު އުނގޫފާރު ހޮސްޕިޓަލުން އޭނާ ނަފްސާނީ ބައްޔަށް ބޭސް ނަގާފައިވާކަން ވެސް ގާޒީ ފާހަގަ ކުރެއްވި އެވެ.

ނަމަވެސް ދައުލަތުން ބުނީ ޔާސިފްގެ ނަފްސާނީ މައްސަލައެއް ހުރިކަން މިހާރު ފާހަގަ ނުކުރެވޭ ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލައްވަމުން ގާޒީ ދީބާނާޒް ވިދާޅުވީ އަންނަ ޖެނުއަރީ މަހު އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ކަމަށާއި ދިފާއީ ވަކީލަކާއެކު އެ އަޑުއެހުން ކުރިއަށް ގެންދަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox