އިރާނަށް ހަމަލާދީ އެ ގައުމުގެ ސިޔާދަތަށް އެމެރިކާއިން އަރައިގަތީ ހައްގުން ކަމަކާ ނުލައި: ސްޓޭޓް މިނިސްޓަރު ސިއްދީގު

ތެހެރާނަށް ދެމުންދާ ހަމަލާތަކުގައި އެ ގައުމުގެ އިމާރާތްތައް ބިމާހަމަވެފައި --

ތެހެރާނަށް ދެމުންދާ ހަމަލާތަކުގައި އެ ގައުމުގެ އިމާރާތްތައް ބިމާހަމަވެފައި --

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނަށް ހަމަލާދިނީ ހައްގުން ކަމަކާ ނުލައި ކަމަށް ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަހުމަދު ސިއްދީގު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސިއްދީގު ވިދާޅުވީ އެމެރިކާއިން އިރާނަށް ހަމަލާދީ އެ ގައުމުގެ ސިޔާދަތަށް އަރައިގެންފައިވާ ކަމަށެވެ.

"ހައްގުން ކަމަކާ ނުލައި، އިސްލާމިކް ރިޕަބްލިކް އޮފް އީރާނަށް އެމެރިކާއިން ހަމަލާދީ އެގައުމުގެ ސިޔާދަތަށް މިއަދު އަރައިގެންފި އެވެ،" ސިއްދީގު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

އިރާނަށް ހަމަލާދެމުންދާ އިޒްރޭލާއި އެމެރިކާގެ މައްޗަށް އިރާނަށް ނަސްރު ދެއްވުން އެދި ދުއާ ވެސް އެ ޕޯސްޓުގައި ސިއްދީގު ކުރައްވާފައިވެ އެވެ.

"ހައްދާ ގެންގުޅުއްވާ އިލާހު، އެމެރިކާ އާއި ޒަޔަނިސްޓް އިޒްރޭލުގެ މައްޗަށް އީރާނުގެ ސަރުކާރަށާއި، ރައްޔިތުންނަށް ބޮޑުވެގެންވާ ނަސްރެއް ދެއްވައި ފާނދޭވެ،" އެ ޕޯސްޓުގައި ސިއްދީގު ލިޔުއްވާފައިވެ އެވެ.

ސިއްދީގު މިފަދައިން ވިދާޅުވިއިރު، މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވަނީ މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ދެމުންދާ ހަމަލާތައް ކުށްވެރި ކުރައްވައިފަ އެވެ.

މުއިއްޒު މިއަދު ވިދާޅުވީ އިރާނުން ދެމުންދާ ހަމަލާތަކާ ގުޅިގެން އަރަބި އިސްލާމީ ގައުމުތަކުގެ ވެރިންނަށް ގުޅައި އެ ގައުމުތަކާއެކު ރާއްޖެއިން އޮތްކަން ހާމަކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން ޔޫއޭއީގެ ރައީސަށް ރޭ ފޯނުން ގުޅުއްވައި ރާއްޖެއިން އެ ގައުމާއެކު އޮތްކަން ހާމަކުރައްވާފައިވާ ކަމަށާއި އިރާނުން ދޭ ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަރަބި އިސްލާމީ ގައުމުތަކުގެ ވެރިންނަށް އަޅުގަނޑު އިރާދަކުރެއްވިއްޔާ ގުޅާ ވާހަކަދެއްކުން، ރާއްޖޭގެ ސަޕޯޓް އެފަރާތްތަކަށް އޮތްކަން ދެންނެވުމުގެ މަސައްކަތް އެބަކުރިއަށް ގެންދަން. މިހާރު ރޭގައި އަޅުގަނޑު ވާނީ ޔޫއޭއީގެ ރައީސާ ވާހަކަދައްކާފައި ފޯނު ކޯލެއްގައި،" މުއިއްޒު ވިދާޅުވި އެވެ.

"ރާއްޖޭގެ ސަޕޯޓު ޔޫއޭއީއަށް މިދިމާވެގެން އުޅޭ، އިރާނުން ދެމުންދާ ހަމަލާތަކާ ގުޅިގެން ލިބެމުންދާ ގެއްލުންތަކާ ގުޅިގެން މީހުންވެސް މަރުވޭ އެބަ. އިމާރާތްތަކަށްވެސް ގެއްލުންވޭ އެބަ. އެކަމާ ގުޅޭގޮތުން ރާއްޖޭގެ ފަރާތުން ދިވެހި ރައްޔިތުންގެ އެބޭފުޅުންނާ އެކީގައި ތިބިކަން ދަންނަވާފައިވާނެ."

މީގެއިތުރުން މިއަދު ސައުދީ އަރަބިއްޔާ އާއި ބަހުރައިން އާއި އޮމާން އަދި ގަތަރުގެ ވެރިންނަށް މިއަދު ގުޅުއްވައި އެ ގައުމުތަކާއެކު ވެސް ތިއްބެވިކަން ހާމަކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެ ވާހަކަތައް މުއިއްޒު ދެއްކެވިފަހުން، އެމެރިކާ އާއި އިޒްރޭލުން އިރާނަށް ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން ތަކުރާރުކޮށް ނޫސްވެރިން ސުވާލު ކުރަން ފެށުމުން މުއިއްޒު ވަނީ އެމެރިކާއިން އިރާނަށް ދެމުންދާ ހަމަލާތައް ވެސް ގޯސް ކަމަށް ވިދާޅުވެފަ އެވެ.

"އިޒްރޭލުން ހަމަލާ ދިނުން ގޯސް، އިޒްރޭލުން އެއީ ވަރަށް ހަރުކަށިކޮށް ދަންނަވަމުން މި ދަނީ، އެއީ ޓެރަރިސްޓު ގައުމެއް ދެއްތޯ، ފަލަސްތީނު އެ ދަނީ ސުންނާފަތި ކުރަމުން. އެމެރިކާއިން އެ ދޭ ހަމަލާ ވެސް ގޯސް، ހުރިހާ ފަރާތެއް ވެސް ގޯސް،" މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުން މަސައްކަތް ކުރާނީ އަރަބި އިސްލާމީ ގައުމުތަކާއެކު ކަމަށް މުއިއްޒު ވިދާޅުވި އެވެ. އިރާނަކީ ރާއްޖެ ވެސް ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރެކެވެ. މިއީ އިސްލާމީ ގައުމުތަކުގެ މައްޗަށް ބިނާވެފައިވާ ޖަމާއަތެކެވެ.

ހަމަލާތަކާ ގުޅިގެން ނެރުނު ބަޔާނުގައި އިސްވެ ހަމަލާދިން އިޒްރޭލާއި އެމެރިކާގެ ނަން ވެސް ދިވެހި ސަރުކާރުން ގެނެސްފައި ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox