އަބްދުﷲ ސޯދިގު

24 ލިޔުން

ހިތަދޫ އުތުރަށް ވާދަކުރަނީ ސިނާ އާއި ސޯބެހަބަރު

ހިތަދޫ އުތުރަށް ވާދަކުރަނީ ސިނާ އާއި ސޯބެ

ސިނާނުގެ ގޮނޑި ގެއްލުނީ ދަރަންޏާ އެއްގޮތަށް ފައިސާ ނުދައްކާކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުން. ޕީއެންސީގެ ޕްރައިމަރީ ސިނާނު ކާމިޔާބު ކުރެއްވިއިރު ސޯބެއަށް ޓިކެޓު ލިބުނީ ޕްރައިމަރީއަކާ ނުލައި. ސޯބެ ވަނި އައްޑޫގެ މޭޔަރުކަން ތިން ދައުރެއްގައި އަދާކުރައްވާފައި. މި ބައި-އިލެކްޝަން އޮންނާނީ ޖޫން މަހުގެ ހަވަނަ ދުވަހު.

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޓިކެޓު އަނެއްކާ ވެސް ސިނާނަށްހަބަރު

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޓިކެޓު އަނެއްކާ ވެސް ސިނާނަށް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ، އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާނު ކާމިޔާބު ކުރައްވައިފިއެވެ. ސިނާނުގެ ގޮނޑި ކުރިން ގެއްލުނީ ސާބިތު ދަރަންޏެއް އޮތުމުން ކަމަށްވީ ނަމަވެސް، މިހާރު އެ ފައިސާ ދައްކާފައިވާތީ އޭނާއަށް އަލުން އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ. އަންނަ ޖޫން މަހު ބާއްވާ މި އިންތިޚާބުގައި ސިނާނާ ވާދަކުރައްވާނީ އެމްޑީޕީގެ ޓިކެޓު ކަށަވަރުކުރައްވާފައިވާ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.