00:00:00
logologo
ވޯޓްލެވޭ އާބާދީ
282,395
އަލަށް ވޯޓްލެވޭ
27,006
ޖުމްލަ ވޯޓް ފޮށި
574
party logo

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް )ޕީއެންސީ) އަކީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު އުފެއްދި ސިޔާސީ ޕާޓީ އެކެވެ. އެ ޕާޓީ އުފެއްދީ، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު އުފެއްދެވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ އެތެރޭގައި އުފެދުނު މައްސަލަތަކުގެ ތެރޭގައި އެ ޕާޓީ އޮއްވައި، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވުމާ އެކު، ޝަރުއީ ކޯޓުން އެ ޕާޓީ، ކުރީގެ ޒައީމް މައުމޫނުއާ ހަވާލުކޮށްފާނެ ކަމަށް ބިރު އޮތުމުންނެވެ. ނަމަވެސް ޔާމީނަށް ޕީޕީއެމް ގެއްލިގެން ނުދިޔުމުން، ޕީއެންސީން ޕީޕީއެމްއާ އެކު އިއްތިހާދެއް ހަދައިގެން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރި އެވެ. ޕީއެންސީން އެ އިންތިހާބުގައި ކާމިޔާބު ކުރީ މާވަށު ދާއިރާ އާއި މަޑުއްވަރީ ދާއިރާ އަދި ފެލިދޫ ދާއިރާ އެވެ. ޕީއެންސީ އާއި ޕީޕީއެމް ހިންގަމުން ދަނީ އެއް ޕާޓީއެއްގެ ގޮތުގަ އެވެ. ބޭނުންކުރަނީ އެއް އޮފީހެކެވެ. ބޮޑެތި ނިންމުންތައް ނިންމަނީ ދެ ޕާޓީގެ ސެނެޓު ގުޅިގެންނެވެ. ޕީއެންސީ މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކީ ޑރ. މުހައްމަދު މުއިއްޒެވެ.

ރެޖިސްޓްރީކުރި ތާރީހު
31st Jan 2019
މެންބަރުންގެ އަދަދު
3,159
ކާމިޔާބު ކުރެވިފައިވާ ރިޔާސީ އިންތިޙާބު
0

ޕާޓީގެ ކެންޑިޑޭޓް

candidate picture
ޕްރޮފައިލް ބަލާލުމަށް