Advertisement

ސަލީމް ވިދާޅުވާ ގޮތުން ޕީޕީއެމް އުފައްދަން މައުމޫނަށް ވިސްނަވައިދެއްވީ އޭނާ

5 އޭޕްރީލް 2024 - 11:15 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފައިލް ފޮޓޯ/އަދަދު


ސަލީމް ވިދާޅުވާ ގޮތުން ޕީޕީއެމް އުފައްދަން މައުމޫނަށް ވިސްނަވައިދެއްވީ އޭނާ

5 އޭޕްރީލް 2024 - 11:15 0

ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފައްދަވަން ކުރީގެ ރައީސް މައުމޫނު އަރިހަށް އެންމެ ފުރަތަމަ ވަޑައިގެންނެވި ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކަމަށް އޭނާ ރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރާ ކެމްޕެއިނުގައި ރޭ ބޭއްވި ޖަލްސާއެއްގައި، ސަލީމް ވިދާޅުވީ ޑީއާރްޕީ ދޫކުރައްވައި ޕީޕީއެމް އުފައްދަވަން ކުރީގެ ރައީސް މައުމޫނަށް ފުރަތަމަ ލަފާ ދެއްވުމުން އެމަނިކުފާނު ކޯފާވި ކަމަށެވެ. ޕީޕީއެމް އުފައްދަވަން މައުމޫނު އެއްބަސްވެވަޑައިގެންނެވީ ސަލީމް ވިދާޅުވި ގޮތުގައި ތިން ފަހަރެއްގެ މަތިން ވާހަކަ ދައްކައިގެންނެވެ.

"ރައީސް މައުމޫނު އަރިހަށް ގޮސް އަޅުގަނޑުމެން ދެންނެވިން، ތެދެކޭ ޑީއާރްޕީ މިހާރު އެއޮތީ ގޮއްސައޭ، އަޅުގަނޑުމެން އެހެން ޕާޓީއެއް އުފައްދަން ޖެހޭނޭ. ރައީސް މައުމޫނު އަޅުގަނޑުމެން ދެކެ ކޯފާވި، އެކަން ހުއްޓުވި، [ވިދާޅުވީ] ތިޔަކަން ތިޔަހެނެއް ނުވާނޭ، އަޅުގަނޑުމެން ދުލެއް ނުދެން،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވި ގޮތުގައި މިހާރުގެ އިސްވަޒީރު އަބްދުއް ރަހީމް އަބްދުﷲ ވެސް އޭނާ އާ އެކު އެފަހަރު ރައީސް މައުމޫނު އަރިހަށް ވަޑަައިގެންނެވި އެވެ. ޕާޓީ އުފައްދަވަން ބާރު އަޅުއްވަން ދެވަަނަ ފަހަރަށް މައުމޫނު އަރިހަށް ވަޑައިގެންނެވީ ހުސައިން މަނިކު ދޮންމަނިކާ އެކުގައި ކަމަށާއި އެފަހަރު ވެސް މައުމޫނު އެއްބަސްވެވަޑައި ނުގެންނެވި ކަމަށް ސަލީމް ވިދާޅުވި އެވެ.

"ތިން ވަނަ ދުވަހެއްގައި ގޮސްގެން ރައީސް މައުމޫނު އެއްބަސްވީ ޕީޕީއެމް އުފައްދަން، މިއީ އަޅުގަނޑުމެން ކުރި މަސައްކަތް " ސަލީމް ވިދާޅުވި އެވެ.

ޕީޕީއެމް އުފެއްދުމުގެ މަސައްކަތް ފަށައި މެންބަރުން އިތުރުކުރަން ފުރަތަމަ ކުރި ދަތުރަކީ އޭދަފުށްޓަށް ކުރި ދަތުރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.