Advertisement

ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި ބައިވެރިވާން ޔާމީން އެދިވަޑައިގަނެފި

7 އޭޕްރީލް 2024 - 01:01 0


ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި ބައިވެރިވާން ޔާމީން އެދިވަޑައިގަނެފި

7 އޭޕްރީލް 2024 - 01:01 0

ޕީޕަލްސް ނެޝަނަލް ފްރަންޓު އުފައްދަން ބާއްވާ ޖަލްސާގައި ބައިވެރިވުމުގެ ހުއްދައަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު އެދިވަޑައިގެންފި އެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ކޮރަޕްޝަން އަދި ރިޝްވަތު ދިނުމުގެ ކުށެއް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދުގަ އެވެ. ނަމަވެސް ބޭރަށް ނުކުމެވަޑައިގަތުމުގެ ހުއްދަ އޮވެ އެވެ.

އެކަމަކު، ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން އެމަނިކުފާނަށް އޮތީ ރަސްމީކޮށް މަނާކޮށްފަ އެވެ. އެހެންނަމަވެސް ޕީއެންއެފްގެ ޖަލްސާތަކުގައި ޔާމީން ގަވާއިދުން ބައިވެރިވެ އެވެ. ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި ބައިވެރިވުމުގެ ހުއްދައަށް ޔާމީން އެދިވަޑައިގަތީ އިއްޔެ ކަމަށް އެ ޕާޓީގެ އޮފިޝަލުން ބުނެ އެވެ.

"ރައީސް ޔާމީން މިނިވަންކުރުމުގެ ވައުދު މަތީ ހުންނެވި ކަމަށް ރައީސް މުއިއްޒު ވަނީ އިއްޔެ ވިދާޅުވެފަ. ރައީސް ޔާމީން ޕާޓީ ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި ބައިވެރި ވުމުގެ ހުއްދައަށް އެދި ގާނޫނީ ޓީމުގެ ފަރާތުން މިއަދު މިވަނީ އެދި ސިޓީ ފޮނުވާފަ. ބަހާ އަމަލާ ދިމާވޭތޯ ރައްޔިތުން ނިންމަވާނެ،" އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަމާލް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހިޔާލުތަފާތުވެ، ވެރިކަން ހިންގާ ޕީޕީއެމްއިން ވަކިވެ، ޔާމީން އާ ޕާޓީއެއް އުފައްދަން މަސައްކަތް ކުރައްވަން ފެއްޓެވީ ނޮވެމްބަރު، 2023، ގަ އެވެ. ޔާމީން ވިދާޅުވީ އެމަނިކުފާނު ޕީޕީއެމްއިން ބާކީކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީން މިނިވަން ކުރާނެކަމުގެ ވައުދާއެކު ވެރިކަމަށް އައި ނަމަވެސް ސަރުކާރުން ފަހުން ބުނެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމައެކަނި ވައުދުވެވަޑައިގަތީ ޝަރީއަތަށް ނުފޫޒު ނުފޯރުވުމަށް ކަމަށެވެ. އެހެންކަމުން ޔާމީން މިނިވަން ކުރުމުގެ ވައުދު ފުދިފައިވާ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.