00:00:00
logologo
ވޯޓްލެވޭ އާބާދީ
282,395
އަލަށް ވޯޓްލެވޭ
27,006
ޖުމްލަ ވޯޓް ފޮށި
574

ކެންޑިޑޭޓް ނަންބަރު

މުހައްމަދު ނާޒިމް

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)

candidate photo
އުފަން ތާރީޙް
21st Mar 1969
އުފަން ރަށް
ކ. މާލެ
މިހާރު ރަށްވެފިވެފައިވާ ރަށް
ކ. މާލެ
އަނބިކަނބަލުން
އަފާފު އަބްދުލް މަޖީދު
ދަރިން
3
ތައުލީމު
މާސްޓާޒް ޑިގްރީ
ތަޖުރިބާ
އަސްކަރިއްޔާގެ ތަޖުރިބާ ވިޔާފާރި ހިންގުމުގެ ތަޖުރިބާ މަޖިލީހުގެ މެމްބަރެއް، އަދި ޕާޓީގެ ރައީސްއެއްގެ ހައިސިއްޔަތުން ސިޔާސީ ތަޖުރިބާ
ހިއްސާވި ވިޔަފާރި
އާރުސީސީ ކޮމްޕެނީ

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސްއަކީ އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ މުހައްމަދު ނާޒިމެވެ. އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާ ތަމްސީލް ކުރައްވާ މެމްބަރެވެ. އަބްދުއްރަޝީދު އާއި އައިޝަތު މޫސާއަށް ލިބިވަޑައިގެންނެވި 10 ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ދަރިކަލަކީ ނާޒިމެވެ. މާލެއަށް އުފަންވެ، މާލޭގައި އުޅެ ބޮޑެވެ، ގައުމީ ހިދުމަތް ފެއްޓެވި އެވެ. ނާޒިމަކީ ދިވެހި އަސްކަރިއްޔާ އަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އޮފިސަރެކެވެ. އަސްކަރިއްޔާގެ ހިދުމަތުން ރިޓަޔާ ކުރެއްވީ ޖެނުއަރީ 2011 ގަ އެވެ. އެއަށް ފަހު، ފެބްރުއަރީ 7، 2012 ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމާ އެކު، ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ޑިފެންސް މިނިސްޓަރަކަށްވެ ވަޑައިގަތެވެ. އަދި, 2013 ވަނަ އަހަރު އިންތިހާބުވެވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ޑިފެންސް މިނިސްޓަރަކީ ވެސް ނާޒިމެވެ. ބޮޑު އާއިލާއަކާއެކު އާދައިގެ ދިރިއުޅުމެއްގައި އުޅެ ބޮޑުވީ މި ފުރަމާލޭގަ އެވެ. ކިޔަވައި ވިދާޅުވީ މަޖީދިއްޔާ ސްކޫލުންނެވެ. އުމުރުން 19 އަހަރުގައި އަސްކަރީ ހިދުމަތާ ގުޅިވަޑައިގަތީ މާޗް 11، 1987 ގައި، އޭރު އަމަލުކުރަމުން ގެންދިޔަ ސަރުކާރު ސްކޫލަކުން ތައުލީމް ހާސިލްކުރާ ފަރާތްތައް ދައުލަތަށް ހިދުމަތްކުރަން ޖެހޭ ސިޔާސަތުގެ ދަށުންނެވެ. ނާޒިމް ވަނީ ރާއްޖޭގައި ހިންގި ހުރިހާ އަސްކަރީ ތަމްރީނެއް ފުރިހަމަކުރައްވާފަ އެވެ. ޖޫނިއާ ޕްރައިވެޓްގެ ރޭންކުން ހިދުމަތް ފެއްޓެވި ނާޒިމް ކޮމިޝަންޑް އޮފިސަރަކަށްވީ 2001 ވަނަ އަހަރުގަ އެވެ. އަދި 2011 ގައި އަސްކަރީ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަ ކުރެއްވީ ކާނަލްގެ ރޭންކުގަ އެވެ. މާސްޓަ އޮފް މިލިޓަރީ ސައިންސް ފުރިހަމަ ކުރައްވައި، ޔުނައިޓެޑް ނޭޝަންސް މިލިޓަރީ އޮބްޒާވާ ކޯސް ފުރިހަމަ ކުރެއްވުމުގެ އިތުރުން އޭނާއަކީ އޭޝިއާ-ޕެސިފިކް ސެންޓަރ ފޯރ ސެކިއުރިޓީ ސްޓަޑީޒްގެ އެލުމްނައިއެކެވެ. އާއިލީ ވިޔަފާރި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ކުރިއެރުވުމަށްޓަކާ ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި، އެކަމުގައިވެސް ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވެ އެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް، ނާޒިމުގެ ގެއިން ފިސްތޯލައެއް ފެނުނު ކަމަށް ބުނެ، އޭނާ ޖަލަށްލި އެވެ.