Advertisement

ނާޒިމް ވެސް ރައީސް މުއިއްޒާއި ބައްދަލުކުރައްވައިފި

20 ޑިސެންބަރު 2023 - 15:31 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އެމްއެންޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ރައީސް ޑރ.މުހައްމަދު މުއިއްޒާ ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް


ނާޒިމް ވެސް ރައީސް މުއިއްޒާއި ބައްދަލުކުރައްވައިފި

20 ޑިސެންބަރު 2023 - 15:31 0

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް ވެސް ރައީސް އޮފީހުގައި ބައްދަލު ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މި ބައްދަލުވުން ކުރިއަށްދިޔަކަން ހާމަކޮށް އެ އޮފީހުގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ވަނީ މި ބައްދަލުވުމުގެ ފޮޓޯތައް އާންމުކޮށްފަ އެވެ. މި ބައްދަލުވުމާއި ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

ކާނަލް ނާޒިމްގެ އިތުރުން އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު އަދިޖުމްހުރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ މިއަދު ރައީސް މުއިއްޒު އާ ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައި މި ވަނީ ރައީސް އަދި ނައިބު ރައީސް އަޒުލުކުރުމުގެ މަސައްކަތްތަކެއް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ.

ރިޔާސީ އިންތިހާބުގައި އެމްއެންޕީ އަދި އެމްޑީއޭއިން ރައީސް މުއިއްޒުއަށް ތާއީދުކުރީ ދެވަނަ ބުރުގަ އެވެ. އެމްއެންޕީއިން ފުރަތަމަ ބުރުގައި ވާދަކުރި ނަމަވެސް 1,900 އެއްހާ ވޯޓާއެކު ލިބުނީ ހަތް ވަނަ އެވެ. ނަމަވެސް އަލަށް އުފެއްދި ކެބިނެޓުގެ ދެ ސްލޮޓެއްވެސް އެ ޕާޓީއަށް ވަނީ ލިބިފަ އެވެ.