Advertisement

ގާސިމް، ނާޒިމް އަދި ސިޔާމުގެ ދާއިރާ ޕީއެންސީން ދޫކޮށްލައިފި

24 ޖަނަވަރީ 2024 - 10:19 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އެމްއެންޕީގެ ރައީސް ނާޒިމް އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އަދި އެމްޑީއޭގެ ލީޑަރު ޝިޔާމް


ގާސިމް، ނާޒިމް އަދި ސިޔާމުގެ ދާއިރާ ޕީއެންސީން ދޫކޮށްލައިފި

24 ޖަނަވަރީ 2024 - 10:19 0

ވިހި ވަނަ ރައްޔިތުންގެ މަޖިލިސް ހޮވަން އަންނަ މާޗް މަހު ބާއްވާ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވާދަކުރައްވާ ދާއިރާތަކަަށް، ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކެންޑިޑޭޓުން ނުނެރެން ނިންމާފައިވާ ކަން އެނގިއްޖެ އެވެ.

"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި މިފަހަރުގެ އިންތިހާބުގައި ވެސް ގާސިމާއި ސިޔާމް ވާދަކުރައްވާނީ މިހާރުވެސް ތިއްބެވި ދާއިރާތަކަށެެވެ. ވަރަށް ކުރިއްސުރެ ރައްޔިތުންގެ މަޖިލީހުގައި ގާސިމް ތަމްސީލުކުރައްވަމުން ގެންދަވަނީ އަމިއްލަ ރަށް، މާމިގިލި ހިމެނޭ މާމިގިލި ދާއިރާ އެވެ. ސިޔާމް ފުރުއްވަމުން ގެންދަވަނީ ދ. މީދޫ ދާއިރާ އެވެ.

މިހާރު ދަނގެތީ ދާއިރާގެ މެމްބަރަކަށް ހުންނެވި އެމްއެންޕީގެ ލީޑަރު ނާޒިމު މިފަހަރު ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާއަށެވެ. އެ ދާއިރާ މިހާރު ތަމްސީލު ކުރައްވަނީ އިމްތިޔާޒު ފަހުމީ އެވެ.

މި ތިން ދާއިރާގެ އިތުރުން ވެލިދޫ ދާއިރާ އަށް ވެސް ކެންޑިޑޭޓަކު ނުނެރެން ޕީއެންސީ/ޕީޕީއެމުން ވަނީ ނިންމައިފަ އެވެ. އެއީ އެމްޑީއޭގެ ކައުންސިލް މެމްބަރު މުހައްމަދު އައްބާސް ވާދަކުރައްވާ ދާއިރާ އެވެ.

މިކަމާ ގުޅޭ ގޮތުން ޕީއެންސީން ރަސްމީކޮށް ބަހެއް ނުބުނި ނަމަވެސް، އެ ޕާޓީގެ ބައެއް އިސް އޮފިޝަލުން މިކަން ކަށަވަރުކޮށް ދެއްވި އެވެ.

ޕީއެންސީން އެ ދާއިރާތައް އެހެން ޕާޓީތަކަށް ދޫކޮށްލަން ނިންމި އިރު ރިޔާސީ އިންތިހާބުގެ ފަހު ބުރުގައި އެޕާޓީއާ އެކު މަސައްކަތް ކުރީ އެމްއެންޕީއާއި އެމްޑީއޭ އެކަންޏެވެ. ގާސިމްގެ ޖޭޕީން އެ ބުރުގައި ފާޅުގައި ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށްފައެއް ނުވެ އެވެ.

ރިޔާސީ އިންތިހާބު ނިމި، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރު އުފެދުނު ފަހުން ޖޭޕީން އެމަނިކުފާނާ އެކު މަޝްވަރާތަކެއް ކުރި އެވެ. އެހެން ނަމަވެސް ޖޭޕީން އެކަން ކަށަވަރެއް ނުކޮށްދެ އެވެ.

ހަތަރު ދާއިރާއެއް އެހެން ތިން ޕާޓީއަށް ދޫކޮށްލާއިރު އަންނަ ހޮނިހިރު ދުވަހު ޕީއެންސީއާއި ގުޅިފައިވާ ޕާޓީތަކުން ޕްރައިމަރީ ބާއްވާނީ 76 ދާއިރާއަކަށް ކަން ވެސް ވަނީ އެނގިފަ އެވެ.

އަންނަ މަޖިލީހުގައި 93 ދާއިރާއެއް ހިމެނޭއިރު، ޕްރައިމަރީއަކާ ނުލައި ޕީއެންސީގެ ޓިކެޓު މިހާރު ކަށަވަރު ވެފައިވަނީ 13 ކެންޑިޑޭޓަކަށެވެ.