
އަހުމަދު ޒިޔާދު
4 ލިޔުން
ކޮލަމްރިސޯޓުތަކުގެ ކުލީގެ މުއްދަތު ދިގުވުމާއި ގައުމުގެ މުސްތަގުބަލު
ދިވެހިރާއްޖޭގެ ރިސޯޓުތަކުން އިންވެސްޓަރުންނަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ރަށްތައް ކުއްޔަށްދޭ މުއްދަތު 99 އަހަރަށް އިތުރުކޮށްފައިވަނީ ގައުމީ މަސްލަހަތަށްވުރެ ބޮޑަށް ސަރުކާރުތަކުގެ ވަގުތީ މާލީ ބޭނުންތައް ފުއްދުމަށެވެ. މިގޮތަށް މުއްދަތު އިތުރުކުރުމާއި ޖޫރިމަނާތައް މާފުކުރުމުގެ ސަބަބުން، ދައުލަތަށް ލިބެންޖެހޭ ދެމެހެއްޓެނިވި އިގުތިސާދީ މަންފާ ނުލިބި ގައުމުގެ މާލިއްޔާއަށް ބޮޑެތި ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.
ކޮލަމްޒުވާނުންނާއި ޒަމާނީ މަސައްކަތުގެ މާހައުލު
ދިވެހި ޒުވާނުން މަސައްކަތްތަކާ ދުރުވަނީ ކަންނެތްކަމުން ކަމަށް ބުނާ ބުނުމަކީ ހަގީގީ ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ނޫނެވެ. ޒުވާނުން ވަޒީފާއަށް ނުކުތުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދިރިއުޅުމުގެ ހަރަދުތަކާ ނުބައްދަލު ދަށް އުޖޫރައާއި، މަސައްކަތުގެ މާހައުލުގައި ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ނެތުމެވެ. އެހެންކަމުން، ވަޒީފާގެ ބާޒާރުން ދިވެހިން އެކަހެރިވާ ސަބަބުތައް ދެނެގަތުމަށް އިލްމީ ދިރާސާތަކެއް ކުރުން މުހިންމެވެ.
ކޮލަމްގައުމީ އިގުތިސާދު ނާޒުކު ފައްތަރެއްގައި!
ރާއްޖޭގެ އިގުތިސާދީ ހާލަތު ނާޒުކުވެ، ޑޮލަރު ލިބުމުގެ ދަތިކަމާއި ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ކުދި ވިޔަފާރިތައް ހުއްޓުމުގެ ބިރު ހީވެ، ބާޒާރުގައި ތަކެތީގެ އަގު އުފުލި އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.
