Advertisement

ގާނޫނުއަސާސީއަށް ގެންނަ ބަދަލު ރެފަރެންޑަމް ނުބާއްވަނީސް އޭޖީ އޮފީހުގެ ވެބްސައިޓެއްގައި ޝާއިއުކޮށްފި


ގާނޫނުއަސާސީއަށް ގެންނަ ބަދަލު ރެފަރެންޑަމް ނުބާއްވަނީސް އޭޖީ އޮފީހުގެ ވެބްސައިޓެއްގައި ޝާއިއުކޮށްފި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ފާސްކުރި "ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު" ގާނޫނުއަސާސީގެ ބައެއްގެ ގޮތުގައި ހިމަނައި އެޓާނީ ޖެނެރަލްގެ އޮފީހުން ބަލަހައްޓާ "އެމްވީލޯ" ވެބްސައިޓުގައި ޝާއިއުކޮށްފި އެވެ.

ގާނޫނުއަސާސީއަށް އެ ވެބްސައިޓުގައި ދިޔުމުން ކޮންސޮލިޑޭޓުކޮށްފައިވާ ކަމަށް ފެންނަ ސްކްރީންޝޮޓް


"އެމްވީލޯ" ވެބްސައިޓަކީ އެޓާނީ ޖެނެރަލް އޮފީހުން ބަލަހައްޓަމުން އަންނަ ވެބްސައިޓެކެވެ. އެއީ ރާއްޖޭގައި އަމަލުކުރެވޭ އެންމެހައި ގާނޫނުތައް، އެ ގާނޫނުތަކަށް ގެނެވޭ އަދާހަމަ ބަދަލުތަކާއެކު އެއް ތަނަކުން ބަލައިލެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ޑޭޓާބޭސްއެކެވެ.

އަދަދު އަށް މައުލޫމަތު ލިބިފައިވާ ގޮތުގައި އެ ބަދަލުތައް ވެސް ހިމަނައި ގާނޫނުއަސާސީގެ މާއްދާތައް ޝާއިއުކުރުމަށް ފަހު މިހާރު ވަނީ ނަގާފަ އެވެ. އެ ވެބްސައިޓުގައި ގާނޫނުއަސާސީއަަށް ދިޔުމުން މިހާރު ވެސް އެންމެ މަތީގައި އިން ސުރުހީގެ ދަށުގައި އިނީ "މި ގާނޫނުއަސާސީއަށް ގެނެސްފައިވާ އަށްވަނަ އިސްލާހު ހިމެނޭ ގޮތަށް" ކޮންސޮލިޑޭޓްކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، އެ ބަދަލު ގާނޫނުއަސާސީގައި ހިމެނޭނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ އަގުލަބިއްޔަތު ލިބިގެންނެވެ. އެ ވޯޓު ނެގުމަށް ހަމަޖެހިފައި އޮތީ މި ހިނގާ އޭޕްރިލް 4 ވަނަ ދުވަށެވެ.

އެ ބިލަކީ ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރުން ހަ މަސްދުވަސް އުނިކުރަން ފާސްކޮށްފައިވާ ބިލެކެވެ. ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ބުނާ ގޮތުން މިފަދަ ބަދަލެއް ގެންނަން ނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ތާއިދު ލިބިގެން މެނުވީ އެ ބިލު ތަސްދީގެއް ނުކުރެވޭނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކުރުމާމެދު ރައްޔިތުން ދެކޭ ގޮތްް ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު އޮތީ އަންނަ ހޮނިހިރު ދުވަހު އެވެ.