Advertisement

ހުލާސާކޮށް އިއްޔެ: އިބްރާގެ ދައުވަތު އުޝާމް އަށް

about 2 hours 0

ބަންޑާރަ ނައިބު އުޝާމް އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއީލް


ހުލާސާކޮށް އިއްޔެ: އިބްރާގެ ދައުވަތު އުޝާމް އަށް

about 2 hours 0

އެޕްރީލް 4, ގައި ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ބަހުސެއް ކުރުމުގެ ދައުވަތު ހާއްސަ މަޖިލީހުގެ މެންބަރު އަދި ފެހި ގާނޫނުއަސާސީ ޑްރާފްޓު ކުރި ކޮމިޓީގެ މުގައްރިރު އިބްރާހިމް އިސްމާއީލް (އިބްރާ)، ބަންޑާރަ ނައިބު އަހުމަދު އުޝާމަށް އިއްޔެ ދެއްވި އެވެ.

އެ ވޯޓު ނަގަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށާއި މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ފާސްކުރުމާމެދު ރައްޔިތުން ދެކޭ ގޮތް ދެނެގަތުމަށެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ބޭނުންވަނީ ރައީސް މުހައްމަދު މުއިއްޒު އެވެ. އެއީ މުއިއްޒުގެ މެނިފެސްޓޯގައި އަދި ވައުދު ފޮތުގައި ހިމެނޭ ކަމެއް ނޫނެވެ. މި ވާހަކަތައް މުއިއްޒު ދައްކަވަން ފެއްޓެވީ ވެރިކަމަށް ވަޑައިގަތުމަށް ފަހު އެވެ. އެ ބިލު ފާސްކުރީ މުއިއްޒުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުންނެވެ.

މި ވޯޓުގައި ސަރުކާރުން ކެމްޕޭން ކުރަމުން އަންނަނީ ދެ އިިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށެވެ. އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ކުރީގެ ފަނޑިޔާރުންނާއި، ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ މެންބަރުން ގެންދަނީ އެ ކަމާ ދެކޮޅަށް ވަކާލާތު ކުރައްވަމުންނެވެ.

ފެހި ގާނޫނުއަސާސީ އެކުލަވާލުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް މެންބަރު ކަމަށްވާ އިބްރާ ދެކޭ ގޮތުގައި މިއީ "ގާނޫނީ ނަޒަރަކުން ސައްހަކަމެއް ނެތް، ދެކޮޅުނުޖެހޭ" ހުށަހެޅުމެކެވެ.

އޭނާ ވަނީ މިކަމުގައި އުޝާމަށް ކެރޭނަމަ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ބަހުސް ކުރުމަށް ދައުވަތު ދެއްވާފަ އެވެ. ނަމަވެސް އިބްރާ ވިދާޅުވީ "އޭނާއަށް ނުކެރޭނެ" ކަމަށެވެ.

"އަހުރެންނަށް ގަބޫލުކުރެވެނީ، ރައްޔިތުންގެ ވޯޓަކަށް މި ހުށަހަޅާ ބިލް ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ މަފްހޫމަށް ނުފެތޭ ކަމަށެވެ،" އިބްރާ އެކްސްގައި ލިޔުއްވި އެވެ.

މުހިއްމު ބައެއް ހަބަރު