Advertisement

ޔަހޫދީންނާމެދު ހޭއަރާކަށް ނުވޭބާ؟


ޔަހޫދީންނާމެދު ހޭއަރާކަށް ނުވޭބާ؟

ޔަހޫދީންގެ ދަށުވެފައިވާ އެމެރިކާގެ ސަރުކާރާއި އަދިވެސް ޔަހޫދީންގެ ޖަމާއަތަށް އެއްބާރުލުންދޭ ބައިގަނޑުން އިރާނަށް ހަމަލާދީގެން ފެށި ހިނގަމުންދާ ބޮޑު ހަނގުރާމައާ ހުރެ ދުނިޔޭގެ ހުރިހާ ގައުމަކަށް އެތައް ގޮތަކުން ގެއްލުންވަމުން މިހިރަ ދަނީއެވެ. މުޅި ދުނިޔޭގެ ވިޔަފާރީގެ އޮޕަރޭޝަންތައް ގުޅުވާލަދޭ ނާރެސްތައްކަމަށްވާ މުހިންމު ބަނދަރުތަކާއި ސަރަހައްދުތައް ނާމާންވެއްޖެއެވެ. ތެލުގެ އަގު އިންތިހާއަށް އުފުލި އިގުތިސާދީ ކާރިސާއަކާ ދިމާއަށް ދުނިޔެ މިހިރަގެން ދަތުރުކުރަނީއެވެ. އަދިވެސް އިންސާނުން ޔަހޫދީންނާމެދު ހޭއަރާކަށް ނުވޭބާވައެވެ؟

ޔަހޫދީންގެ ސިޔާސަތުތަކާއި އެމީހުންގެ ދިރިއުޅުން ބައްޓަންކުރަނީ، ދޮގާއި މަކަރުގެ މައްޗަށެވެ. ރިޝްވަތުގެ ކަޅުފައިސާއާއި ނިފާގު ސިޔާސަތުތަކާއި އޮޅުވާލުމާއި ހީލަތްތެރިކަމުގެ މައްޗަށެވެ. އެމީހުންނަކީ އެމީހުންގެ އެދުންތަކާ ޖެހުމުން އެއްވެސް ހަމައަކަށް އަދި އުސޫލަކަށް ބަލާބައެއް ނޫނެވެ. އޭދޭހެވެ! ފޮތެއްގެ އަހުލުވެރި ބަޔެކެވެ. އެކަމަކު ޤުރުއާނުގައި މިސާލުޖައްސަވާފައިވާ ފަދައިން އެފޮތް ބުރަކަށިމަތީގައި އުފުލާ ހިމާރުތަކެއް ފަދަ ބަޔެކެވެ. އެހެންވީމާ ގޮތެއް ފޮތެއް ހުންނަ ބަޔެއް ނޫނެވެ.

ޔަހޫދީންނަކީ ހަމައެއް ލަމައެއް ހުންނާނެ ބަޔެއް ނޫންކަން އަންގައިދޭ އެކައްޗަކީ އެބައިމީހުން ގަބޫލުކުރާ އަގީދާގައި ހުންނަ ހަމަނުޖެހޭ ކަމެވެ. ތައުބާ ސޫރަތުގެ 30 ވަނަ އާޔަތް ބައްލަވާށެވެ! އުޒައިރުގެފާނަކީ އެއީ ﷲ ގެ ދަރިކަލެއް ކަމަށް ޔަހޫދީން ބުނާކަމުގައި އެއާޔަތުގައިވެއެވެ. މިފަދަ ތާކުންތާކު ނުޖެހޭ އަގީދާއެއްގެ ވެރި ބަޔެއްގައި ހުންނާނީ ކޮން ކަހަލަ މަސަލަސްކަމެއްހެއްޔެވެ؟

އަލްބަޤަރާ ސޫރަތުގެ ފަސްދޮޅަސް އެއްވަނަ އާޔަތުން އެނގޭ ގޮތުގައި، ޔަހޫދީންނަކީ ނަބީބޭކަލުންނާއި ހެޔޮލަފާ މީހުންނާ އަބަދުވެސް ހަނގުރާމަކޮށް ދެކޮޅު ހެދި ބަޔަކެވެ. އަދި އެކަމުގެ ސަބަބެއްކަމުގައި އެއާޔަތުން އެނގެނީ ޔަހޫދީންނަކީ ހައްދުފަހަނައަޅާ ދާ ބަޔަކުކަމުގައިވުމެވެ. އެމީހުންނަކީ އެމީހުންގެ ދުނިޔަވީ އެދުންތަކާ ޖެހުމުން ދެކޮޅު ހަދާ އަނިޔާވެރިގަތުމުގައި އިމެއް ހައްދެއް ނެތް ބަޔެއްކަން މިއާޔަތަށް ވިސްނުމުން އެނގެއެވެ. އަދި އެބައިމީހުން އަނިޔާވެރިވުމުގައި ނަބިއްޔަކަށް، ހެޔޮލަފާ މީހަކަށް ބެލުމެއް ނުވާއިރު، އަވަށްޓެރި ގައުމަކަށް، ނުވަތަ އެބައިމީހުންނާއެކު މުއާހަދާއެއް އޮތް ގައުމަކަށް އެމީހުން ނުބަލާނެކަމީ ގުރުއާނުން އެނގެން އޮތް ހަގީގަތެކެވެ.

އިލްމު ފޮރުވުމާއި ހަގީގަތް އޮޅުވާލުމަކީ ޔަހޫދީންގެ ސިފައެއްގެ ގޮތުގައި ޒަމާނުއްސުރެ ދުނިޔޭގެ ތަހުޒީބު ހުރިހާ މުޖުތަމައަކުން ގަބޫލުކޮށްފައިވަނީ ވެސް ކަމެއް ވެގެންނެވެ. އެބައިމީހުންނަކީ އެބައިމީހުންގެ މައްޗަށް ބާވާލެއްވުނު ފޮތްފޮތުގައި ހުރި އިލްމު ފޮރުވައި ހަގީގަތް އޮޅުވުމުގައި އަރާތިބި ބަޔެއްކަން އަލްމާއިދާ ސޫރަތުގެ 68 ވަނަ އާޔަތްވެސް ހެކިދެއެވެ.

މިހާރު ހިނގަމުންމިދާ ހަނގުރާމައިގައި ވެސް މިދެންނެވިހާ ސިފަތައް ފެންނަލެއް ހާދަހާވާ ފުރިހަމަޔޭ އަޅުގަނޑު ހިތަށް އަރައެވެ. ޔަހޫދީން ހަނގުރާމަކުރާނެ ގޮތުގެ މިސާލު އަލްޙަޝްރު ސޫރަތުގެ 14 ވަނަ އާޔަތުގައި ބަޔާންވެފައިވާލެއް ފުރިހަމަކަމާއެވެ. "ރައްކާތެރި ކުރައްވާފައިވާ ރަށްތަކެއްގައި ތިބެގެން، ނުވަތަ ފާރުތަކެއްގެ ނިވަލުގައި ތިބެގެން މެނުވީ، އެމީހުން އެންމެން އެކުގައި (ނުކުމެ) ތިޔަބައިމީހުންނަކާ ހަނގުރާމައެއް ނުކުރާނެއެވެ. އެމީހުންގެ މެދުގައި ހިނގާ ހަނގުރާމަ ގަދަފަދަ ވެގެންވެއެވެ. އެމީހުންގެ ހިތްތައް ބައިބައިވެގެންވާ ހާލު، ތިބާ ހީކުރަނީ، އެމީހުންނަކީ، އެންމެން އެކަތިގަނޑަކަށްވެފައިވާ ބަޔެއްކަމުގައެވެ. އެއީ، އެމީހުންނަކީ، ނުވިސްނޭ ބަޔަކުކަމުގައިވާ ކަމަށްޓަކައެވެ."

ޔަހޫދީ ދައުލަތްތަކާއި އިރާނާ ދެމެދު ހިނގަމުންދާ ބޮޑު ހަނގުރާމައިގެ ހަބަރުތައް ދިރާސާކުރާ ބަޔަކަށް މިއާޔަތުގައި މާތް ﷲ އަންގަވައި ހަބަރުކުރައްވާފައިވާ ސިފަކުރެއްވުމަކީ ކަނޑައެޅިގެން ދާއިމަށް ދެމިގެންވާ ކޮންފަދަ ބޮޑު މުއުޖިޒާތެއްކަން ސާފުވާނެއެވެ.

ކީރިތި ޤުރުއާނުން އެނގޭ ގޮތުގައި، ޔަހޫދީންނަކީ ހަގީގީ ކެރުމެއް ހިތްވަރެއް ވެސް ހުންނަ ބަޔެއް ނޫނެވެ. ކޮންމެ ކަމެއް ހާސިލުކޮށް ގަތުމުގެ ވަސީލަތަކަށް އެބައިމީހުން ހަދަނީ ދެފުށްދެގޮތްކަން ގެނެސްގަނެ ނިފާގުކަން ކުރިއަށް ނެރުމާއި ރިޝްވަތުގެ ހަޑިހުތުރު އަމަލުތަކެވެ. ޔަހޫދީންނަކީ ގިނަގިނައިން ދޮގުހަދައި އަދި ރިޝްވަތާއި އެނޫންވެސް ހަރާން މުދާކެއުމަށް ދެވިހިފައިފައިވާ ބަޔަކުގެ ގޮތުގައި އަލްމާއިދާ ސޫރަތުގެ 42 ވަނަ އާޔަތުގައި ސިފަކުރައްވާފައިވެއެވެ.

އަލްބަޤަރާ ސޫރަތުގެ 14 ވަނަ އާޔަތުގައި ޔަހޫދީންގެ ދެފުށްދެގޮތްކަން ސިފަކުރައްވާފައިވެއެވެ. " އަދި އީމާންވި މީހުންނާ އެމީހުން ބައްދަލުވެއްޖެނަމަ، އެމީހުން ބުނެއުޅެނީ، ތިމަންމެން މިތިބީ އީމާންވެގެންނެވެ. އެމީހުންގެ ޝައިތާނުންނާ އެމީހުން އެއްތަންވެއްޖެނަމަ، އެމީހުން ބުނެއުޅެނީ، ތިމަންމެންވަނީ، ކަށަވަރުންވެސް ތިޔަބައިމީހުންނާ އެކުގައެވެ. ހަމަކަށަވަރުން ތިމަންމެންނީ، ފުރައްސާރަކުރާ ބަޔަކީމުއެވެ." ހަމަ މިހާރުވެސް ޔަހޫދީންނާއި އެމީހުންގެ ފަޅިއަށް އަރާތިބި ދައުލަތްތަކުގެ ޕޮލިސީތައް ހުރީ މިބީދައަކަށް ނޫންތޯއެވެ.

ޔަހޫދީންނަށް އެބައިމީހުންގެ ނަބީބޭކަލުންގެ ދޫދޫފުޅުމަތިން ލައުނަތް ހައްގުވެގެންދިޔައީ ހަމަ ކަމެއް ވެގެންނެވެ. އަލްމާއިދާ ސޫރަތުގެ ހަތްދިހަ އަށްވަނަ އާޔަތުގައިވެއެވެ. "އިސްރާއީލުގެދަރިންގެ ތެރެއިން ކާފަރުވި މީހުންނަށް، ދާވޫދުގެފާނާއި، މަރްޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނުގެ ދޫފުޅުމަތިން ލައުނަތް ލައްވާފައިވެއެވެ. އެއީ އެމީހުން އުރެދުނު ކަމަށްޓަކައެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅައިދާކަމުގައި އެމީހުން ވީކަމަށްޓަކައެވެ."

ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި ޔަހޫދީންގެ ވާހަކަ ބަޔާންކުރައްވައި އެބައިމީހުންގެ މައްޗަށް ހޭލުންތެރިކަން އުފައްދަވައިވަނީ އެއީ ވިސްނާފިކުރުކުރުމަށްޓަކައެވެ. ޔަހޫދީ ސިފަތަކުން އިންސާނިއްޔަތު ސަލާމަތްކުރުމަށްޓަކައެވެ. ޔަހޫދީ ގޮތްތަކަކީ އެގޮތްތައް ކުރިއަށް ނެރޭހާ ހިނދަކު ފަސާދައާއި ފަގީރުކަން ނޫން އެއްޗެއް ދުނިޔެއަށް އާންމު ނުވާނެ ފަދަ ނުބައި އަދި ދެރަ އުސޫލުތަކެކެވެ. އިންސާނުންގެ ދުނިޔެ ތަހުޒީބު ތަނަކަށް ވަނީ ޔަހޫދީ ސިފަތަކުން އެ ދުނިޔެ ސަލާމަތްކުރެވުނު މިންވަރެއްގެ މައްޗަށެވެ.

ޔަހޫދީ ދަރިކޮޅުގައި ވެސް ރަނގަޅު ހެޔޮލަފާ މީހުން އުޅެފައިވެއެވެ. ޔަހޫދީންގެ ތެރެއިން ނަބީބޭކަލުން ފޮނުއްވުނެވެ. ހެޔޮ ލަފާ ސާލިހު އަޅުވެރިން ޔަހޫދީންގެ ތެރޭގައި އުޅެފައިވެއެވެ. ހަމަ މިގޮތަށް ޔަހޫދީއަކަށްވާނީކީ ވަކި ދަރިކޮޅަކަށް ތިމާ ނިސްބަތްވީމާ އެއް ނޫނެވެ. އަދި ތިމާ ދިންނަވާނީ ޔަހޫދީއަކަށް ވެގެން ނުވަތަ ނުވެގެންނެއް ވެސް ނޫނެވެ.

ޤުރުއާނުގައި އައިސްފައިވާ ޔަހޫދީ ސިފަތަކުން ސިފަޖެހިގެން ޔަހޫދީންގެ ސިޔާސަތުތައް ނަގަހައްޓަމުންދާ ކޮންމެ މީހަކީ ޔަހޫދީއެކެވެ. އަދި އެފަދަ ކޮންމެ ދައުލަތަކީ ވެސް ޔަހޫދީ ދައުލަތެކެވެ. ޤުރުއާނުގެ ބަސްފުޅުތައް ތެދެވެ. އެއީ ﷲ ގެ މުއުޖިޒާތެވެ. އެފޮތުގައި ޔަހޫދީންގެ ސިފަތައްކަމުގައި އެންގެވި ސިފަތައް އިންސާނުންގެ ތެރޭގައި ފެތުރެމުން ދިޔަ ވަރަކަށް އިންސާނިއްޔަތު ހަމަ ހިނގަމުންދާނީ ހަލާކާއި ގެއްލުމުގެ މަގަށެވެ. ފެންނަމުން މިދަނީ އެމަންޒަރެވެ.