about 2 hours 0
ލީވާން އަލީ ނާސިރު
ޕީސީބީގެ އިސްވެރިން
about 2 hours 0
ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގައި ހިޔާނާތުގެ މައްސަލަތައް އިންތިހާއަށް ގޮސް، ކުންފުނީގެ ބައެއް އިސްވެރިން ނުހައްގު މުއްސަނދިކަން ހޯދާ ކަމަށް ތުހުމަތު ކުރެވިފައި ވާއިރު، ޑިރެކްޓަރުންގެ މާލީ ބަޔާންތައް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ދޫކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) އިން ދެކޮޅު ހަދައިފި އެވެ.
ކުންފުނިތަކުގެ ޑިރެކްޓަރުންގެ މާލީ ބަޔާންތައް ހޯދުމަށް "އަދަދު" ނޫހުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅި ސުވާލުތަކަށް ޖަވާބު ނުދީ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) އެ މައްސަލަ ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
ނަމަވެސް އެ އޮފީހެއްގައި ހުންނަ މައުލޫމާތު ގާނޫނުގެ ދަށުން ދޫކުރުމަކީ ލާޒިމު ކަމެކެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑާއި، ޝަކުވާ ހުށަހެޅުމާއި އަދި ފިޔަވަޅު އެޅުމުގެ އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ކޮންމެ މީލާދީ އަހަރެއްގެ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުގެ ކުރިން، ކޮންމެ ޑިރެކްޓަރަކުވެސް ފާއިތުވި އަހަރުގެ މާލީ ބަޔާން ކުންފުނީގެ ވެބްސައިޓުގައި ޝާއިއުކުރުމުގެ އިތުރުން ޕީސީބީއާ ލިޔުމުން ހިއްސާކުރަން ޖެހެއެވެ.
ނަމަވެސް، މި މުއްދަތު ހަމަވެގެން ދިޔައިރުވެސް ގިނަ ކުންފުނިތަކަކުން މި އުސޫލަށް އަމަލުކޮށްފައި ނުވާތީ، "އަދަދު" ނޫހުން ވަނީ ޕީސީބީއަށް ތިިރީގައިވާ މައުލޫމާތު ހޯދަން ހުށަހަޅާފައެވެ:
ޕީސީބީން މައުލޫމާތު ދިނުމުގެ ބަދަލުގައި މި މައްސަލަ ފިނޭންސް މިނިސްޓްރީއަށް ބަދަލުކުރި ނަމަވެސް، މިއަދާ ހަމައަށްވެސް ފިނޭންސް މިނިސްޓްރީން ވެސް މިކަމުގައި އެއްވެސް ޖަވާބެއް ދީފައި ދީފައެއް ނުވެ އެވެ.
Comment