Advertisement

ކޯޗިން އިން ރިޓަޔާކުރާ އުމުރަށް ނުދާ ކަމަށް ކްލޮޕް ބުނެފި

about 1 hour 0


ކޯޗިން އިން ރިޓަޔާކުރާ އުމުރަށް ނުދާ ކަމަށް ކްލޮޕް ބުނެފި

about 1 hour 0

މިއުނިކް (މާޗް 25) - ކޯޗުކަން ކުރުމުން ރިޓަޔާކުރާ އުމުރަށް އަދި ނުދާ ކަމަށް ލިވަޕޫލާއި ބޮރޫޝިއާ ޑޯޓްމަންޑްގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

މައިންޒް އިން 2001 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ކްލޮޕް، ޑޯޓްމަންޑްގެ ކޯޗުކަމާ ހަވާލުވީ 2008 ވަނަ އަހަރު އެވެ. ޑޯޓްމަންޑްގެ ކޯޗުކަމުން، 2015 ވަނަ އަހަރު މެއި މަހު ވަކިވިއިރު، އެ އަހަރުގެ އޮކްޓޫބަރުގައި ލިވަޕޫލާ ހަވާލުވި އެވެ. އެ ޓީމުގައި ނުވަ އަހަރު ހޭދަކޮށް، 2024 ވަނަ އަަހަރު މެއި މަހު އެ ޓީމު ދޫކޮށްލަން ނިންމީ އެވެ. އޭގެ ފަހުން، މިހާތަނަށް ގިނަ ޓީމުތަކާ ހަވާލުވާން އޮފާތަކެއް ލިބުނު ނަމަވެސް، ކްލޮޕް ވަނީ އެ ހުށަހެޅުންތަކަށް ފުރަގަސްދީފަ އެވެ.

ލިވަޕޫލް ދޫކޮށްލައި، ރެޑްބުލް ފުޓްބޯލް ގްރޫޕްގެ ގްލޯބަލް ހެޑްގެ ޒިންމާ އުފުލަމުން އަންނަ، އުމުރުން 58 އަހަރުގެ ކްލޮޕް، ސްޕެއިނުގެ ރެއާލް މެޑްރިޑާ ހަވާލުވާން އުޅޭ ކަމުގެ އަޑުތަކެއް މީޑިއާގައި ފެތުރިފައިވާއިރު، ކްލޮޕް ވަނީ ރެއާލުން އޭނާ އަށް ނުގުޅާ ކަމަށް ބުނެފަ އެވެ. އަދި، ރެއާލްގެ ފޯނު ކޯލެއް އޭނާގެ އިތުރުން، އޭޖެންޓް، މާކް ކޯސިކާ އަށް ވެސް ނުލިބޭ ކަމަށް ވަނީ ބުނެފަ އެވެ.

"އަހަރެންގެ އުމުރަށް ބަލާއިރު މި ވަގުތު މި އުޅެނީ ވަރަށް އެޑްވާންސްކޮށް، ދެން ކޯޗިންގައި އަހަރެން މި ހުރީ ހުރިހާ ކަމެއް ނިންމާލައިގެނެއް ނޫން. އަހަރެން ރިޓަޔާކުރާ އުމުރަކަށް ވެސް ނުދޭ. ކާކަށް ކުރިއަށް އޮތް އަހަރުތަކުގައި ވާނެ ކަންތައްތަކެއް އެނގޭނީ، އެކަމަކު، މި ވަގުތަށް ޔަގީން، އަހަރެން އެއްވެސް ކަމެއް ނިންމާފައެއް ނެތް،" މަޖެންޓާ ޓީވީގެ ވޯލްޑް ކަޕް ޝޯއެއްގައި ކްލޮޕް ބުންޏެވެ.

ލިވަޕޫލް ދޫކޮށްލަމުން ދިން އިންޓަވިއުއެއްގައި ކްލޮޕް ވަނީ އިނގިރޭސި އިތުރު ކްލަބަކަށް ކޯޗުކޮށްނުދޭނެ ކަމަށް ބުނެފަ އެވެ. ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މި އަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަހު، ޖަރުމަނު ގައުމީ ޓީމުން ހޫލިއަން ނާގަލްސްމަން ވަކިވެއްޖެނަމަ، ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުން އެ ވަޒީފާ ހުށަހަޅާނީ، ކްލޮޕަށެވެ.