Advertisement

ކްލޮޕްގެ އޭޖެންޓް ދެއްކި ވާހަަކަ ޔުނައިޓެޑާއި ޗެލްސީން ދޮގުކޮށްފި

18 ފެބުރުވަރީ 2026 - 11:05 0


ކްލޮޕްގެ އޭޖެންޓް ދެއްކި ވާހަަކަ ޔުނައިޓެޑާއި ޗެލްސީން ދޮގުކޮށްފި

18 ފެބުރުވަރީ 2026 - 11:05 0

ލައިޕްޒިގު، ޖަރުމަނު (ފެބްރުއަރީ 18) - ލިވަޕޫލްގެ ކޯޗުކަމުން ޖަރުމަނުގެ ޔާގަން ކްލޮޕް ވަކިވި ފަހުން އޭނާ އަށް މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީގެ ހުށަހެޅުން ލިބުނު ކަމަށް ކްލޮޮޕްގެ އޭޖެންްޓް، މާކް ކޯސިކާ ދެއްކި ވާހަކަ ޔުނައިޓެޑާއި ޗެލްސީން ދޮގުކޮށްފި އެވެ.

މައިންޒް އިން 2001 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ކްލޮޕް، ޑޯޓްމަންޑްގެ ކޯޗުކަމާ ހަވާލުވީ 2008 ވަނަ އަހަރު އެވެ. ޑޯޓްމަންޑްގެ ކޯޗުކަމުން، 2015 ވަނަ އަހަރު މެއި މަހު ވަކިވިއިރު، އެ އަހަރުގެ އޮކްޓޫބަރުގައި ލިވަޕޫލާ ހަވާލުވި އެވެ. އެ ޓީމުގައި ނުވަ އަހަރު ހޭދަކޮށް، 2024 ވަނަ އަަހަރު މެއި މަހު އެ ޓީމު ދޫކޮށްލަން ނިންމީ އެވެ.

އަންނަ ސީޒަނުގައި ކްލޮޕް، ރެއާލާ ހަވާލުވާނެ ކަމަށް ވާހަކަ ދެކެވޭއިރު، ކްލޮޕް އަންނަނީ މިހާރު އަދާކުރަމުން އަންނަ ރެޑްބުލް ފުޓްބޯލް ގްރޫޕްގެ ގްލޯބަލް ހެޑްގެ މަގާމުގެ ޒިންމާތައް އަދާކުރަން ގިނަ ފޯރަމްތަކުގައި ބައިވެރިވަމުންނެވެ.

ކްލޮޕްގެ މަސައްކަތާ ބެހޭގޮތުން، ޓްރާންސްފާމާކެޓަށް ދިން އިންޓަވިއުއެއްގައި ކޯސިކާ ބުނީ، ލިވަޕޫލުން ކްލޮޕް ދިޔަ ފަހުން އޭނާ އަށް ގިނަ ޓީމުތަކެއްގެ އޮފާ ލިބުނު ކަމަށާއި ޕްރިމިއާ ލީގުގައި ލިވަޕޫލްގެ އެންމެ ވާދަވެރި ޔުނައިޓެޑާއި ޗެލްސީން ވެސް މަޝްވަރާތަކެއް ކުރި ކަމަށެވެ. އެކަމަކު، ކްލޮޕް ވަނީ ވަރަށް ސާފުކޮށް އިނގިރޭސި އިތުރު ޓީމެއްގެ ކޯޗަކަށް ނުހުންނާނެ ކަމަށް ބުނެފައިކަން ވެސް ކޯސިކާ ފާހަގަކުރި އެވެ.

އެއާ އެކު، އިނގިރޭސި އެކި މީޑިއާތަކުން ކުރި ސުވާލުތަކަށް ދިން ޖަވާބުގައި، ޔުނައިޓެޑާއި ޗެލްސީން ވަނީ ކޯސިކާގެ އެ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް ބުނެފަ އެވެ.

އެކަމަކު، ލިވަޕޫލްގެ ކޯޗުކަމާ ކްލޮޕް ހަވާލުވުމުގެ ކުރިން، އެއް ފަހަރެއްގައި ޔުނައިޓެޑުން ކްލޮޕް ގެންނަން ހުށަހެޅި ކަމަށް މީގެ ކުރިން ޔުނައިޓެޑްގެ އެކި އޮފިޝަލުން ވަނީ ބުނެފަ އެވެ.