Advertisement

ރާއްޖެ ވަޑައިގެން އުޅުއްވާ ޓްރަމްޕުގެ މަންދޫބު މަރާލަން ދިވެއްސަކު ގޮވާލައިފި

about 1 hour 1

ޓްރަމްޕުގެ މަންދޫބު ގޯ: އޭނާ މަރާލަން ގޮވާލާފައި މި ދަތުރު އިއުލާނު ކުރި ދުވަހު -- ފޮޓޯ: ރޮއިޓާސް


ރާއްޖެ ވަޑައިގެން އުޅުއްވާ ޓްރަމްޕުގެ މަންދޫބު މަރާލަން ދިވެއްސަކު ގޮވާލައިފި

about 1 hour 1

މިވަގުތު ދިވެހިރާއްޖެ ވަޑައިގެން އުޅުއްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މަންދޫބު ސާޖިއޯ ގޯ މަރާލަން ދިވެއްސަކު ގޮވާލައިފި އެވެ.

ޓްރަމްޕުގެ އެޑްވައިޒަރެއްގެ ރޯލު ވެސް އަދާ ކުރައްވާ ގޯއަކީ ސައުތު އަދި ސެންޓްރަލް އޭޝިއާއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަ މަންދޫބެވެ. އަދި އޭނާއަކީ އެމެރިކާ ސަރުކާރުގެ އޮފިޝަލުންގެ ތެރޭގައި ހިމެނޭ އެންމެ ނުފޫޒުގަދަ އެއް ލީޑަރެވެ.

ގޯ މަރާލަން ގޮވައިލީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކްގައި ހުސެއިން އަހުސަންގެ ނަމުގައި ހިންގާ އެކައުންޓަކުންނެވެ. ގޯ މަރާލަން ޖެހޭ ކަމަށް އެ އެކައުންޓުން ބުނީ ރާއްޖެއަށް ކުރައްވާ ދަތުރު އިއުލާނު ކުރި ދުވަހު އެވެ.

"އެންމެން ނުކުމެ ރަޖަމްކޮށް މަރާލަންވީ. ސާޖިއޯ ގޯ އެބަ ރާއްޖެ އާދޭ ދިވެހި ސަރުކާރާ ބައްދަލު ކުރަން. އޭނާއަކީ އެމެރިކާ މީހެއް،" އިނގިރޭސިން ކުރި ޕޯސްޓެއްގައި އެ އެކައުންޓުން ބުނެފައިވެ އެވެ.

ރާއްޖޭގައި ގޯއަށް މަރުގެ އިންޒާރު ދިން މައްސަލަ ތަހުގީގު ކުރަމުންދޭތޯ އަދަދު އިން މިއަދު ސުވާލު ކުރުމުން އެކަމާ ގުޅޭ ގޮތުން ފުލުހުން އެއްޗެއް ބުނެފައެއް ނުވެ އެވެ.

ސާޖިއޯ ގޯ މަރާލަން އިންޒާރު ދީފައި


ސާޖިއޯ ގޯ މަރާލަން ގޮވައިލިއިރު، އެމެރިކާގެ އަސްކަރީ ބޭސްތަކަށް އިރާނުން ހަމަލާދޭން ރައީސް މުހައްމަދު މުއިއްޒު ވަނީ މިއަދު ހިތްވަރުދެއްވައިފަ އެވެ.

"މި ހަނގުރާމަ ކުރާ ދެ ފަރާތަށް، އިރާނަށް ހަމަލާ ދޭ އެމެރިކާ އާއި އިޒްރޭލުގެ ތަންތަނަށް [އަސްކަރީ ބޭސްތަކަށް] އެ ސަރަހައްދުގެ މުސްލިމުންނަށް ގެއްލުން ނުވާ ގޮތަށް އެކަން ހިނގުމަކީ ކަން ނޭނގެ މިކަން ވާން ޖެހޭނެ ގޮތަކީ. އެއީ ދިވެހި ސަރުކާރުގެ ސިޔާސަތަކީ،" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޓްރަމްޕުގެ މަންދޫބު ގޯއާ ބައްދަލު ކުރައްވާނެ ކަމަށް ވެސް މުއިއްޒު މިއަދު ވިދާޅުވި އެވެ. އެކަމަކު އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ފަށައިގެން އުޅޭ ހަނގުރާމައާ ގުޅޭ ގޮތުން ދައްކާނެ އެއްވެސް ވާހަކައެއް ނެތް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުންވަނީ ބަލަން ކޮބައިތޯ ދައްކަން ބޭނުންވާ ވާހަކައަކީ. މި ހަނގުރާމައާ ބެހޭ ގޮތުން ވާހަކައެއް ދައްކަންޏާ އަޅުގަނޑު ދައްކާނެ ވާހަކައެއް ނޯންނާނެ. ރާއްޖޭގެ އެއްވެސް ސަރަހައްދެއް ނުލިބޭނެ މި ހަނގުރާމައަށް އަދި އެއްވެސް ހަނގުރާމައެއް ކުރާކަށް. އެކަމެއް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.

އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދޭން ރައީސް މުއިއްޒު މިއަދު ހިތްވަރުދެއްވިއިރު، އިރާނުން ގަލްފުގެ ގައުމުތަކަށް ދިން ހަމަލާތައް އެމަނިކުފާނު އަދި ދިވެހި ސަރުކާރުން މީގެ ކުރިން ވަނީ ކުށްވެރިކޮށްފަ އެވެ. ހާރިޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ހަނގުރާމައިގައި ޝާމިލުވާ "ހުރިހާ ފަރާތަކުން ދޭ ހަމަލާތައް ވެސް ރާއްޖެއިން ކުށްވެރިކުރާ" ކަމަށެވެ.

އޭގެ އިތުރުން، "ރެ އާއި ދުވާލު" އިޒްރޭލަށް ހަމަލާދިނުމަށް ވެސް ރައީސް މުއިއްޒު ވަނީ މިއަދު ގޮވައިލެއްވި އެވެ. އަދި ވިދާޅުވީ އިރާނުން އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދިނުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް ބޭނުންވެވަޑައިގަންނަވާ ގޮތެއް ކަމަށެވެ.

"އެ ހަނގުރާމަ ޖެހޭނީ މިހާރުން މިހާރަށް ހުއްޓެން. އެ ހަނގުރާމައިގައި ހަމަލާދޭ އެއްވެސް ފަރާތަކުން ދެމުން އެ ދަނީ ދީގެންވާނެ ހަމަލާއެއް ނޫން. އިރާނުން ހަމަލާ ދެންޏާ ދޭން ޖެހޭނީ ސީދާ އިޒްރޭލަށް. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތް. އިޒްރޭލަށް ހަމަ ހަމަލާ ދޭންވީ ހަމަ ރެއާއި ދުވާލު. އަޅުގަނޑުމެން ވަރަށް ބޭނުން އެކަން އެގޮތަށް ދާން. އެހެނެއް ނޫން މުސްލިމު އަަރަބި ގައުމުތަކަށް ހަމަލާދިނީމައި މުސްލިމުން މަރުވާނީ. މުސްލިމުންގެ ތަންތަން ހަލާކުވާނީ،" މުއިއްޒު ވިދާޅުވި އެވެ.