about 2 hours 4
ހަސަން މުހައްމަދު
މުއިއްޒު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ: ވިދާޅުވީ ހަނގުރާމައާ ގުޅިގެން އެމެރިކާއާ ދައްކާވެނ ވާހަކައެއް ނޯންނާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް
about 2 hours 4
އެމެރިކާއިން ގަލްފުގެ އަރަބި ގައުމުތަކުގައި ގާއިމުކޮށްފައިވާ އަސްކަރީ ބޭސްތަކަށް އިރާނުން ހަމަލާ ދިނުމަށް ރައީސް މުހައްމަދު މުއިއްޒު ހިތްވަރުދެއްވައިފިި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އަރަބި ގައުމުތަކުގެ ރައްޔިތުންނަށް ގެއްލުންނުވާ ގޮތަށް އެ ގައުމުތަކުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް އިރާނުން ހަމަލާދިނުމަކީ އެމަނިކުފާނު ތާއީދު ކުރައްވާ ސިޔާސަތެއް ކަމަށެވެ.
"މި ހަނގުރާމަ ކުރާ ދެ ފަރާތަށް، އިރާނަށް ހަމަލާ ދޭ އެމެރިކާ އާއި އިޒްރޭލުގެ ތަންތަނަށް [އަސްކަރީ ބޭސްތަކަށް] އެ ސަރަހައްދުގެ މުސްލިމުންނަށް ގެއްލުން ނުވާ ގޮތަށް އެކަން ހިނގުމަކީ ކަން ނޭނގެ މިކަން ވާން ޖެހޭނެ ގޮތަކީ. އެއީ ދިވެހި ސަރުކާރުގެ ސިޔާސަތަކީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެކަމަކު، އަރަބި ގައުމުތަކުގެ ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އިރާނުން ދެމުންދާ ހަމަލާތައް ވެސް ރައީސް މުއިއްޒު ކުށްވެރިކުރެއްވި އެވެ.
އެހެނެއް ނޫން މުސްލިމު އަަރަބި ގައުމުތަކަށް ހަމަލާދިނީމައި މުސްލިމުން މަރުވާނީ. މުސްލިމުންގެ ތަންތަން ހަލާކުވާނީ،" އެމަނިކުފާނު ވިދާޅުވި އެވެ.
އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދޭން ރައީސް މުއިއްޒު ހިތްވަރު ދެއްވިއިރު އެމެރިކާ ސަރުކާރުގެ ވަރަށް އިސް އޮފިޝަލަކު މިވަގުތު ހުންނެވީ ރާއްޖޭގަ އެވެ. ރާއްޖެ ވަޑައިގެން އުޅުއްވަނީ އެމެރިކާ ސަރުކާރުން ދެކުނާއި މެދުތެރޭ އޭޝިއާގެ ގައުމުތަކަށް ކަނޑައަޅާފައި ހުންނެވި ހާއްސަ މަންދޫބު ސާޖިއޯ ގޯ އެވެ. ރާއްޖެއަށް ކުރައްވާ ދަތުރުގައި ރައީސް މުއިއްޒުއާ ބައްދަލު ކުރަން ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ހަނގުރާމައާ ގުޅޭ ގޮތުން ރާއްޖެއިން އެމެރިކާއާ ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ. އަދި ހަނގުރާމައިގެ އެއްވެސް ކަމަކަށް އެމެރިކާއަށް އެހީތެރިކަން ފޯރުނުކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުންވަނީ ބަލަން ކޮބައިތޯ ދައްކަން ބޭނުންވާ ވާހަކައަކީ. މި ހަނގުރާމައާ ބެހޭ ގޮތުން ވާހަކައެއް ދައްކަންޏާ އަޅުގަނޑު ދައްކާނެ ވާހަކައެއް ނޯންނާނެ. ރާއްޖޭގެ އެއްވެސް ސަރަހައްދެއް ނުލިބޭނެ މި ހަނގުރާމައަށް އަދި އެއްވެސް ހަނގުރާމައެއް ކުރާކަށް. އެކަމެއް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.
އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދޭން ރައީސް މުއިއްޒު މިއަދު ހިތްވަރުދެއްވިއިރު، އިރާނުން ގަލްފުގެ ގައުމުތަކަށް ދިން ހަމަލާތައް އެމަނިކުފާނު އަދި ދިވެހި ސަރުކާރުން މީގެ ކުރިން ވަނީ ކުށްވެރިކޮށްފަ އެވެ. ހާރިޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ހަނގުރާމައިގައި ޝާމިލުވާ "ހުރިހާ ފަރާތަކުން ދޭ ހަމަލާތައް ވެސް ރާއްޖެއިން ކުށްވެރިކުރާ" ކަމަށެވެ.
އޭގެ އިތުރުން، "ރެ އާއި ދުވާލު" އިޒްރޭލަށް ހަމަލާދިނުމަށް ވެސް ރައީސް މުއިއްޒު ވަނީ މިއަދު ގޮވައިލެއްވި އެވެ. އަދި ވިދާޅުވީ އިރާނުން އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދިނުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް ބޭނުންވެވަޑައިގަންނަވާ ގޮތެއް ކަމަށެވެ.
"އެ ހަނގުރާމަ ޖެހޭނީ މިހާރުން މިހާރަށް ހުއްޓެން. އެ ހަނގުރާމައިގައި ހަމަލާދޭ އެއްވެސް ފަރާތަކުން ދެމުން އެ ދަނީ ދީގެންވާނެ ހަމަލާއެއް ނޫން. އިރާނުން ހަމަލާ ދެންޏާ ދޭން ޖެހޭނީ ސީދާ އިޒްރޭލަށް. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތް. އިޒްރޭލަށް ހަމަ ހަމަލާ ދޭންވީ ހަމަ ރެއާއި ދުވާލު. އަޅުގަނޑުމެން ވަރަށް ބޭނުން އެކަން އެގޮތަށް ދާން. އެހެނެއް ނޫން މުސްލިމު އަަރަބި ގައުމުތަކަށް ހަމަލާދިނީމައި މުސްލިމުން މަރުވާނީ. މުސްލިމުންގެ ތަންތަން ހަލާކުވާނީ،" މުއިއްޒު ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment