Advertisement

ލަ ސޯނިޔާ ޔުނިޓީ ފުޓްސަލް ކަޕް ޗެމްޕިއަންކަން ޕެންތާސް އަށް

about 1 hour 0

ލަ ސޯނިޔާ ޔުނިޓީ ކަޕް ޗެމްޕިއަންކަން ހޯދި ޕެންތާސް އިން ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: ލަ ސޯނިޔާ ޔުނިޓީ ފުޓްސަލް ކަޕް


ލަ ސޯނިޔާ ޔުނިޓީ ފުޓްސަލް ކަޕް ޗެމްޕިއަންކަން ޕެންތާސް އަށް

about 1 hour 0

ރ، މަޑުއްވަރީގައި މިހާތަނަށް ބޭއްވި އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް، "ލަ ސޯނިޔާ ދި ޔުނިޓީ ކަޕް 2026"ގެ ޗެމްޕިއަންކަން ޕެންތާސް ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.

މަޑުއްވަރީ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލުގައި ޕެންތާސް އިން ވަނީ 4-1 އިން ސްޕާޓަންސް ސްޕޯޓްސް ކްލަބް އަތުން މޮޅުވެފަ އެވެ. ޕެންތާސް އިން މުބާރާތުގެ ތަށި އުުފުލާލީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެވެ.

ފައިނަލް މެޗުގައި ޕެންތާސްގެ ލަނޑުތައް ޖެހީ މުހައްމަދު މައިލާން އާއި އަހުމަދު އަފްލާޒް، ކޮންމެ ކުޅުންތެރިއަކު ދެ ގޯލެވެެ. ސްޕާޓަންސްގެ ހަމައެކަނި ލަނޑު ޖެހީ ޓީމުގެ ކެޕްޓަން ރިލްވާން އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ، ޕެންތާސްގެ އިބްރާހިމް އަސްވަދު (ގަބޭ) އެެވެ.

މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ "ކިންގް" އަކަށް ހޮވިފައިވަނީ، ޕެންތާސްގެ މައިލާން އެވެ. ގަދަ ފަހެއްގެ ތެރޭގައި، މައިލާންގެ އިތުރުން ދެން ޕެންތާސް އިން ހިމެނެނީ، މުހައްމަދު އައްޒާމް އަދި ގަބޭ އެވެ. ދެން، ހިމެނެނީ، ސްޕާޓަންސްގެ ހުސެއިން ހާޒިމް އާއި ހުސެއިން ޝަރީފް (އޮންލީ) އެވެ.

އެންމެ އުންމީދީ ކުޅުންތެރިއަކަށް، އެފްސީ ޔުނައިޓެޑްގެ އިބްރާހިމް ހާލިސް ހަލީލް ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ ޕެންތާސްގެ ހުސެއިން ރިޔާހު އެވެ. އަދި ފެއާ ޕްލޭ ޓީމަކީ، ހަބުލް ބަބުލް އެވެ.

ޔުނިޓީ ކަޕްގެ ޗެމްޕިއަންކަން ހޯދި ޕެންތާސް އަށް 40،000 ރުފިޔާ ދިންއިރު، ރަނަރަޕް، ސްޕާޓަންސް އަށް 20،000 ރުފިޔާ ލިބިގެންދިޔަ އެވެ. އަދި، ގްރޫޕް ސްޓޭޖު ފަަހަނައަޅައި ދިއުމުން ލިބޭ ބޯނަހާ އެކު، އިނާމް ފައިސާ އެ އަށް ވުރެން އިތުރުވާނެ އެވެ.