Advertisement

ޔުނިޓީ ކަޕް: ސްޕާޓަންސް އަށް އެއް ވަނަ، ބީބީ ނިއު ޖެނެރޭޝަނަށް އުންމީދެެއް

about 1 hour 0

ސްޕާޓަންސް ޓީމަށް ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އޮންލީ.---- ފޮޓޯ: ލަ ސޯނިޔާ ޔުނިޓީ ފުޓްސަލް ކަޕް


ޔުނިޓީ ކަޕް: ސްޕާޓަންސް އަށް އެއް ވަނަ، ބީބީ ނިއު ޖެނެރޭޝަނަށް އުންމީދެެއް

about 1 hour 0

ރ، މަޑުއްވަރީގައި މިހާރު ކުރިއަށްދާ އަގުބޮޑު ފުޓްސަލް މުބާރާތް، "ލަ ސޯނިޔާ ދި ޔުނިޓީ ކަޕް 2026" ގައި ކުޅުނު މެޗުތަކުން ސްޕާޓަންސް ސްޕޯޓްސް ކްލަބް އާއި ބީބީ ނިއު ޖެެނެރޭޝަނުން ބޮޑު މޮޅެއް ހޯދައިފި އެވެ.

ގްރޫޕް އޭގައި ރޭ ސްޕާޓަންސް އިން 9-0 އިން ޔުނީކް ސްޕޯޓްސް ކްލަބް ބަލިކުރިއިރު، ގްރޫޕް ބީގައި ގޯޓް ބުލްސް އަތުން ނިއު ޖެނެރޭޝަން މޮޅުވީ 6-0 އިންނެވެ.

ސްޕާޓަންސް އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދީފައިވަނީ، ހުސެއިން ޝަރީފް (އޮންލީ)، ޖުނައިދު (ޖެންނޭ) އަދި ރިލްވާން، ކޮންމެ ކުޅުންތެރިއަކު ދެ ގޯލުގެ އިތުރުން ސުހައިލް (ބަމްޕުޗު)، ނާހީ އަދި ބަދީއު، ކޮންމެ ކުޅުންތެރިއަކު ލަނޑެކެވެ.

މި މޮޅާ އެކު، މި ގްރޫޕްގެ އެއް ވަނަ މަގާމު ސްޕާޓަންސް އިން ޔަގީންކުރީ ތިން މޮޅާ އެކު، ނުވަ ޕޮއިންޓް ހޯދައިގެންނެެވެ. ދެ ވަނައިގައި އޮތް ޔުނައިޓެޑާއި ތިން ވަނައިގައި އޮތް ކާޅު ސްޕޯޓްސް ކްލަބަށް ތިން ޕޮއިންޓް ލިބިފައިވެ އެވެ. ޔުނީކް ވަނީ ތިން މެޗުން ބަލިވެ ކަޓައިފަ އެވެ. ގްރޫޕްގެ ފަހު މެޗުގައި މިރޭ، ކާޅު ބައްދަލުކުރާނީ ޔުނައިޓެޑާ އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް މި ގްރޫޕުން ސެމީގެ އަނެއް ޖާގަ ލިބޭނެ އެވެ.

ރޭގެ މެޗުގައި ބީބީ ނިއު ޖެނެރޭޝަންގެ މާހިލް (މާއްޕެ) ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. އަނެއް ލަނޑުތައް ޖެހީ، މުއީން އާއި ތަހުޝީން (ތައްޓު) އެެވެ.

ގްރޫޕް ބީގެ އެއް ވަނައިގައި ދެ މެޗުން ވެސް މޮޅުވެ، ހަބުލް ބަބުލް އޮތީ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޕެންތާސް އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ބީބީ ނިއު ޖެނެެރޭޝަން އަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އަދި، ފުލުގައި އޮތް ގޯޓް ބުލްސް ތިން މެޗުން ބަލިވެ ޕޮއިންޓެއް ނުލިބި ވަނީ ކަޓައިފަ އެވެ.

މި ގްރޫޕްގެ ފަހު މެޗުގައި މިރޭ ހަބުލް ބަބުލް އިން ކުޅޭނީ ޕެންތާސްއާ އެވެ. މި މެޗުން ޕޮއިންޓެއް ހޯދައިގެން ވެސް ޕެންތާސް އަށް ސެމީގެ ޖާގަ ހޯދޭނެ އެވެ. ބީބީ ނިއު ޖެނެރޭޝަނަށް ފުރުސަތެއް އޮތީ ޕެންތާސް ބަލިވެގެންނެވެ. ސެމީގެ ޖާގަ މި ވަގުތު ވެސް ޔަގީންކޮށްފައިވާ ހަބުލް ބަބުލް ބަލިވެގެން ނޫން ނަތީޖާ އަކުން ނިމިއްްޖެނަމަ، އެ ޓީމަށް ގްރޫޕްގެ އެއް ވަނަ ލިބޭނެ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މިރޭ ނިމޭނެ އެވެ. ސެމީ ފައިނަލް މެޗުތައް އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުގެރޭގަ އެވެ. އަދި، ފައިނަލް މެޗު އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުގެރޭގަ އެވެ.