Advertisement

ޔުނިޓީ ކަޕްގެ ފައިނަލުގައި ސްޕާޓަންސް އާއި ޕެންތާސްގެ ކުރިމަތިލުމެއް

about 2 hours 0

ސްޕާޓަންސްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: ލަ ސޯނިޔާ ޔުނިޓީ ފުޓްސަލް ކަޕް


ޔުނިޓީ ކަޕްގެ ފައިނަލުގައި ސްޕާޓަންސް އާއި ޕެންތާސްގެ ކުރިމަތިލުމެއް

about 2 hours 0

ރ، މަޑުއްވަރީގައި މިހާރު ކުރިއަށްދާ އަގުބޮޑު ފުޓްސަލް މުބާރާތް، "ލަ ސޯނިޔާ ދި ޔުނިޓީ ކަޕް 2026"ގެ ސެމީ ފައިނަލު މެޗުތަކުން މޮޅުވެ، ޕެންތާސް ސްޕޯޓްސް ކްލަބާއި ސްޕާޓަންސް ސްޕޯޓްސް ކްލަބުން މުބާރާތުގެ ފައިނަލުގައި ވާދަކުރަން ޖެހިއްޖެ އެވެ.

ޖުމްލަ އެކު، އަށް ޓީމާ އެކު، ކުރިއަށްދިޔަ މި މުބާރާތުގައި ރޭ ކުޅެފައިވަނީ ސެމީ ފައިނަލް މެޗުތަކެވެ. ސެމީ ފައިނަލް ފުރަތަމަ މެޗުން ހަބުލް ބަބުލް އަތުން ސްޕާޓަންސް މޮޅުވީ 7-1 އިންނެވެ. ދެ ވަނަ ސެމީ ފައިނަލުގައި ކާޅު ސްޕޯޓްސް ކްލަބްގެ މައްޗަށް ޕެންތާސް އިން ކުރިހޯދީ 3-1 އިންނެވެ.

ސްޕާޓަންސް އިން ހަބުލް ބަބުލް ކޮޅަށް ލަނޑުތައް ޖެހީ ސުހައިލް (ބަމްޕުޗު) ތިން ގޯލާއި ނާހީ ދެ ގޯލާއި ހާޒިމް އަދި ރިލްވާން، ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ. ހަބުލް ބަބުލްގެ ހަމައެކަނި ލަނޑު ޖެހީ ސަރާއު އެވެ. ޕެންތާސް އިން ރޭގެ މެޗުގައި އައްޒާމް ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ މައިލާން އެވެ. އަދި، މެޗުގައި ކާޅުގެ ހަމައެކަނި ލަނޑު ޖެހީ ނިސާހު އެވެ.

ޕެންތާސް ޓީމުގެ އައްޒާމް ރޭގެ މެޗުގެ ތެރެއިން.--- ފޮޓޯ: ލަ ސޯނިޔާ ޔުނިޓީ ފުޓްސަލް ކަޕް


މަޑުއްވަރީގައި ބާއްވާ އެންމެ އަގުބޮޑު މުބާރާތް ކަމަށްވާ ޔުނިޓީ ކަޕްގެ ޗެމްޕިއަން ޓީމަށް 40،000 ރުފިޔާ ދޭން ނިންމާފައިވާއިރު، ރަނަރަޕަށް 20،000 ރުފިޔާ ލިބިގެންދާނެ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި އަނެއް ބުރަށް ދާ ކޮންމެ ޓީމަކަށް 1500 ރުފިޔާ ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި، މި ގޮތަށް ބަލާއިރު، ޗެމްޕިއަންކަން ހޯދާ ޓީމަކަށް ޖުމްލަ އެކު، 43000 ރުފިޔާ ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ.

ޔުނިޓީ ކަޕް، ބޭއްވުމުގެ އެންމެ ބޮޑު މަގުސަދެއްގެ ގޮތުގައި ލަ ސޯނިޔާ އިން ފާހަގަކޮށްފައިވަނީ، ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އާލާކޮށް، ކުރިއަރަމުން އަންނަ ފުޓްސަލް ކޮމިއުނިޓީގެ މެދުގައި ފޯރިގަދަ އިވެންޓެއް ކުރިއަށްގެންދިއުމަށެވެ.